Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓްރީގެ ބެލުމުގެދަށުގައި ހުރި ބިންތައް ދޫކުރު

މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ދޫކުރުމުގެ ލަފަޔަކަށް އެދިފައިވާނެ: މަހްލޫފް

މިނިސްޓަރުކަމާ ހަވާލުވި ފަހުން އަދި ބިން ދޫނުކުރަން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 05:24
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް

ޔޫތު މިނިސްޓްރީގެ ބެލިމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްގެން ތަރައްގީ ކުރުމަށް އިކޮނޮމިކް ކައުންސިލުގެ ލަފަޔަލަށް އެދިފައިވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު މިނިސްޓަރު މަހްލޫފް ހާޒިރުކޮށްފައިވާއިރު ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު، ހުސެން ޝަހީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، މީގެ ކުރިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ދޫކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މިނިސްޓަރުކަމާ ހަވާލުވި ފަހުން އެގޮތަށް ބިން ދޫކޮށްފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ބޭނުން ކުރުމަށް ހުއްދަ ލިބުން ހައްގު ފަރާތްތަކަށް އެފުރުސަތު ނުލިބި، މާލޭގައި އުޅޭ ތަފާތު ކުށްތަކަށް އަރައިގަންނަ މީހުންނަށް އެފަދަ ބިންތައް ދޫކޮށްފައިވާ ކަމަށް ޝަމީމް ފާހަގަކުރެއްވުމުން، މިނިސްޓަރު މަހްލޫފް ވަނީ އެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން ނޫން ކަމަށާއި އެއީ މީގެ ކުރިން ހައުސިންގ މިނިސްޓްރީ އާއި ބައެއް ފަރާތްތަކާއި ދެމެދު ވެވުނު އެއްބަސްވުންތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ މިގޮތަށް ބިންތައް ދޫކޮށްފައިވާ އިރު، އެގްރިމެންޓެއް ހެދި ބިން ދޫކޮށްފައިވާ ކަން ފެންނަން އޮތީ ދެ ފަރާތަކާއި އެކު ކަމަށާއި އެއްބައެއްގެ އަތުން ތަޅުދަނޑިއެއް ފެނިފައިވާ ކަމަށް ފާހަގަކޮށްފައެވެ. އަދި މިކަމަށް ހައްލު ހޯދުމަށް ކެބިނެޓަށް ކަރުދާހެއް ހުށައަޅައި މަޝްވަރާ ކުރެވެމުންދާ ގޮތަށް ބަލާ އިރު، އާންމުކޮށް އިއުލާންކޮށްގެން ރަޖިސްޓަރ ކޮށްފައިވާ ޖަމިއްޔާ އަކަށް ނުވަތަ ކުލަބަކަށް އެތަންތަން ދޫކޮށްގެން އެތަންތަން ހިންގުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރި ވިދާޅުވިއެވެ.

އެހެން ނަމަވެސް އެތަންތަން ދޫކުރާނީ ދައުލަތުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެތަންތަން ހިންގަން އެއްބަސްވާ ބަޔަކަށް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މަހްލޫފް ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި އެއްވެސް ކުޅިވަރު ޖަމިއްޔާއެއް އޮތްކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ކަމެއް އުޅޭކަމަށް ވާނަމަ ކޮމިޝަނަރު އޮފް ސްޕޯޓްސް ނުވަތަ ކުޅިވަރާބެހޭ މަޖިލީހުން އެކަންތައް ބަޔާންކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކުޅިވަރުގެ ހުރިހާ އެސޯސިއޭޝަންތައް ވެސް ހިނގާނީ ޔޫތު މިނިސްޓްރީ އިން ހަމަޖައްސައިދޭ ފައިސާއިން ކަމަށާއި އެހެންނަމަވެސް މިނިސްޓްރީ އިން އެކަން ކުރާނީ އެކަމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓްތައް ހޯދުމަށްފަހު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު