Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުއާހަދާތައް ތަސްދީގުކުރުން

ތިން މުއާހަދާއެއް ތަސްދީގު ކުރުމަށް މަޖިލީހުން ރުހުންދީފި

އައި.ސީ.އީ.އެސް.ސީ.އާރު ގައި ސޮއިކޮށް، ތަޞްދީޤުކޮށްފައިވަނީ 19 ސެޕްޓެމްބަރ 2006 ގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 09:24
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރާއްޖޭގައި ތިން މުއާހަދާއެއް ތަސްދީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ތަސްދީގު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވަނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯ.ޕީ.އައި.ސީ.އީ.އެސް.ސީ.އާރު) އާއި ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓަބްލިޝިންގ އިންޓަނޭޝަނަލް ސޯލަރ އެލައިންސްގެ އިތުރުން އިންޓަރނޭޝަނަލް ކޮންވެންޝަން ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސްއަޕިއަރެންސް (ސީ.އީ.ޑީ) އެވެ.

Advertisement - newsAdvertisement

އޯޕީއައިސީއީއެސްސީއާރު ތަސްދީގު ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީގައި ވަނީ އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމަށްވާ އޯޕީއައިސީއީއެސްސީއާރު އާއި ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓަބްލިޝިންގ އިންޓަނޭޝަނަލް ސޯލަރ އެލައިންސް ތަޞްދީޤުކުރުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު، ދިވެހިރާއްޖެއިން ތަޞްދީޤު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އ.ދ. އިން 1966 ވަނަ އަހަރު އޯޕީއައިސީއީއެސްސީއާރު އެކުލަވާލާފައިވަނީ، 1948 ވަނަ އަހަރު އ.ދ އިން އިޢުލާން ކުރި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރު ނުވަތަ ޔުނިވަރސަލް ޑެކްލެރޭޝަން އޮންހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރ.) ގައިވާ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ތަންފީޒު ކުރެވޭނެ މުޢާހަދާއެއް އެކުލަވާލުމުގެ މަޤްޞަދުގައެވެ.

ދިވެހިރާއްޖެއިން މި މުޢާހަދާގައި ސޮއިކޮށް، ތަޞްދީޤު ކޮށްފައިވަނީ 19 ސެޕްޓެމްބަރ 2006 ގައެވެ. އެގޮތުން އައިސީއީއެސްސީއާރު ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދެއެވެ.

ފްރޭމްވަރކް އެގްރިމަންޓް ފޮރ އެސްޓަބްލިޝިންގ އިންޓަނޭޝަނަލް ސޯލަރ އެލައިންސްގެ ފައުންޑިންގ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއި އެކު ރާއްޖެއިން ބައިވެރިވިއެވެ.

މި އެލަޔަންސްގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވުމަށްޓަކައި ރާއްޖޭގެ ފަރާތުން 10 އޭޕްރީލް 2015 ގައި ރާއްޖެ ވަނީ ސޮއިކޮށްފައެވެ. އަދި އެ ފްރޭމްވޯކް އެއްބަސްވުން ތަޞްދީޤު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ވަނީ 27 ފެބްރުއަރީ 2019 ގައި ރުހުން ދެއްވައި، 30 އޭޕްރީލް 2009 ގައި ރައީސުލްސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައެވެ.

އަދި މި ފްރޭމްވަރކް އެގްރިމަންޓަށް ބައެއް އިޞްލާޙުތައް ގެނެސް، އެ އެގްރިމަންޓުގައި އ.ދ ގެ އެންމެހައި މެންބަރު ޤައުމުތަކަކަށް ބައިވެރިވެވޭގޮތަށް މިހާރު އިޞްލާޙު ކޮށްފައިވާތީ، މި ފްރޭމްވަރކް އެގްރިމަންޓު އަލުން ތަޞްދީޤު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް އަލުން ހުށަހަޅައި މި އެގްރިމަންޓަށް ގެނެވިފައިވާ އިޞްލާޙުތައް ހިމެނޭ ގޮތަށް ރުހުން ހޯދުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން 1 ޑިސެންބަރު 2019 ގައި ވަނީ ލަފާދީފައެވެ.

ސީ.އީ.ޑީ ތަސްދީގު ކުރުމާއި ގުޅިގެން މަޖިލީހުގެ ލަފަޔަކަށް ފޮނުވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މުއާހަދާ ތަސްދީގުކޮށް، މުއާހަދާގައި ހިމެނޭ ކަންކަން ދިވެހި ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ހިމެނުމުން ' އެންފޯސްޑް ޑިސްއެޕިއަރެންސް' ގެ އަމަލެއް މުސްތަގުބަލުގައި ހިންގާ ހާލަތެއްގައި ވެސް ތަހުގީގީ އިދާރާތަކުން ޚާއްސަ އިޖުރާއަތުތަށް ސާފުވެ، އެ އަމަލުގެ ސަބަބުން ގެއްލުން ލިބިފައިވާ ފަރާތްތަކަށް ބަދަލު ލިބިދެވޭނެ އިންތިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު