Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކަރަންޓީން ރިލީޒް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 5 ކުޑަކުދިން

ތ. އޮމަދޫ އިން އުމުރުން ދެ އަހަރުގެ ކުއްޖަކު ވެސް ވައިރަސަށް ޕޮޒިޓިވްވެފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2020 | ހޯމަ 03:10
ތ. އޮމަދޫ

ތ. އޮމަދޫ

ކަރަންޓީން ރިލީޒް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީ އިން ހާމަކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން ޕޮޒިޓިވްވި ހުރިހާ ކުދިންނަކީ ވެސް އުމުރުން 11 އަހަރުން ދަށުގެ ކުދިންނެވެ. އެގޮތުން ރ. ދުވާފަރުން އުމުރުން ތިން އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، ތ. އޮމަދޫ އިން އުމުރުން ދެ އަހަރުގެ ކުއްޖަކާއި، ހަތަރު އަހަރުގެ ކުއްޖެއްގެ އިތުރުން 11 އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ލ. ގަމުން 8 އަހަރުގެ ކުއްޖަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

Advertisement - newsAdvertisement

މި ހުރިހާ ކުދިންނަކީ ވެސް ދިވެހި ކުދިން ކަމަށާއި، މިކުދިންގެ ތެރޭގައި ހިމެނެނީ ހަތަރު ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު ކަމަށް އެޗްއީއޯސީ އިން ބުނެއެވެ.

މީގެއިތުރުން، ދުވާފަރުން އުމުރުން 55 އަހަރުގެ ދިވެހި އަންހެނަކު ޕޮޒިޓިވްވެފައިވާ އިރު، ރ. ކިނޮޅަހުން 53 އަހަރުގެ ފިރިހެނަކު ވަނީ ޕޮޒިޓިވްވެފައެވެ. ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުން 33 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެފައިވެއެވެ. ސ. ހިތަދޫ ކަރަންޓީން ފެސިލިޓީ އިން 24 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކަރަންޓީން ރިލީޒް ސާމްޕަލް ނަގަނީ އަތޮޅު ތެރޭގެ ރަށަކަށް ގޮސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހުއެވެ.

އާދިއްތަ ދުވަހު އެކަނިވެސް ރާއްޖެ އިން 119 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި މީހުންގެ ތެރެއިން 100 މީހުންނަކީ ދިވެހިންނެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 110 މީހުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 6779ށް އަރާފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް

13 ފެބުރުއަރީ 2017
ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ކުޅުދުއްފުށީ ހޮސްޕިޓަލް
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު