Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވުން

ބާސާއަށް ސޮއިކުރި ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

23 އޯގަސްޓު 2020 | އާދީއްތަ 18:47

ޕިޔަނިޗް މިވަގުތު ހުރީ ހޯމް-އައިސޮލޭޝަނުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 އޯގަސްޓު 2020 | އާދީއްތަ 18:47
ދާދި ފަހުން ބާސެލޯނާއަށް ސޮއިކުރި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް

ދާދި ފަހުން ބާސެލޯނާއަށް ސޮއިކުރި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް

ދާދި ފަހުން ބާސެލޯނާއަށް ސޮއިކުރި ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ބާސާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޕިޔަނިޗް މިވަގުތު ހޯމް-އައިސޮލޭޝަނުގައި ހުރިއިރު، އޭނާ ހޯމް-އައިސޮލޭޝަނުގައި 14 ދުވަސް ހޭދަކުރާނެއެވެ.

ބާސާއިން އާދީއްތަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ ޕިޔަނިޗް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ސްޕެއިންއަށް ދަތުރުކުރާނީ ހޯމް-އައިސޮލޭޝަނުގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ. އެހެންކަމުން ބާސާއިން ޕްރީ-ސީޒަން ފަށަން ޖެހޭނީ ޕިޔަނިޗް ނުލައެވެ.

ކުރިއަށް އޮތް ސީޒަނަށް ބާސާއިން ޔުވެންޓަސްއަށް ކުޅެމުން އައި އުމުރުން 30 އަހަރުގެ ޕިޔަނިޗްގެ ސޮއި ހޯދީ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އާތޫރް މެލޯ ޔުވެންޓަސްއަށް ވިއްކާލުމަށްފަހުއެވެ.

ޕިޔަނިޗް ބާސާއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. ބާސާއިން ޕިޔަނިޗް ހޯދުމަށް 60 މިލިއަން ޔޫރޯ ޔުވެންޓަސްއަށް ދެއްކިއިރު، ބޯނަހުގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދައްކާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2016 ވަނަ އަހަރު ރޯމާ ދޫކޮށް ޔުވެންޓަސްއާ ގުޅުނު ޕިޔަނިޗް ވަނީ އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އެޓީމަށް ކުޅެދިން 178 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ޔުވެންޓަސް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އިޓާލިއަން ލީގު ހަތަރު ފަހަރު ހޯދުމުގެ އިތުރަށް ޕިޔަނިޗް ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި

26 އޯގަސްޓު 2017
ޑެމްބެލޭ ބާސާއަށް ސޮއިކޮށްފި
26 އޯގަސްޓު 2017

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ
18 އޯގަސްޓު 2017

ބާސާއަށް ޑްރެކްސްލާ ނުވިއްކާނެ

18 އޯގަސްޓު 2017
ބާސާއަށް ޑްރެކްސްލާ ނުވިއްކާނެ
13 އޯގަސްޓު 2017

ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟

13 އޯގަސްޓު 2017
ބްރެޒިލްގެ މިޑްފީލްޑަރ ޕައުލީނިޔޯ ބާސާއަށް ބަދަލުވަނީ.؟
10 އޯގަސްޓު 2017

ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް

10 އޯގަސްޓު 2017
ބާސާއަށް ޑެމްބެލޭ ދޫކުރެވޭނީ 135 މިލިއަން ޕައުންޑަށް: ޑޯޓްމަންޑް
15 ޖުލައި 2017

ސެމޭޑޯ ބާސާއަށް

15 ޖުލައި 2017
ސެމޭޑޯ ބާސާއަށް
12 ޖޫން 2017

ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި

12 ޖޫން 2017
ބާސާއަށް ބަދަލުވާން އުޅޭ ވާހަކައަށް ކުޓީނިއޯ ރައްދުދީފި
13 މެއި 2017

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް
16 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް

16 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ސޮސައިޑާޑް އަތުން ބާސާއަށް ހަނި މޮޅެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް