Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިސްޓަރ އަމީން ކޮމިޓީއަށް ހާޒިރުކުން

އަމީނާއި ބިޑް ކޮމިޓީ ހޯމަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަނީ

ކޮމިޓީގެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އޯގަސްޓު 2020 | އާދީއްތަ 19:10
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހުގައި ވާހަކަދައްކަވަނީ

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހުގައި ވާހަކަދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާއި ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމު ކުރި، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ބަލާއި ދިރާސާކުރުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި ބިޑް ކޮމިޓީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިކޮމިޓީގެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

Advertisement - newsAdvertisement

ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުމަށް ހެލްތު މިނިސްޓްރީއަށް މަޖިލީހުގެ އިދާރާއިން ދަންނަވާފައިވާ ދެންނެވުމަށް ހެލްތު މިނިސްޓްރީން މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީގައި ކޮމިޓީ ބައްދަލުވުމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުރުން މިނިސްޓްރީގެ 10 ބޭފުޅަކު ހާޒިރުވާނެކަމަށް ވަނީ ބުނެފައެވެ.

އޭގެތެރޭގައި ހިމެނެނީ ޑެޕިޔުޓީ މިނިސްޓަރ ކަމުގައި ތިއްބެވި އަބޫބަކުރު އަބްދުލްކަރީމް އާއި ނިޝާމާ މުހައްމަދު އެވެ. އަދި ޕާރމަނަންޓް ސެކެޓްރީ އައިޝަތު ސާމިޔާ، ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް އާއި ތަސްލީމާ އެވެ. އަދި ލީގަލް އޮފިސަރުންގެ މަގާމުގައި ތިއްބެވި އަލީ ޝިހާމް އާއި އަހުމަދު އަސްލަމް އާއި ފައިނޭންޝަލް އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އަސްލަމްވެސް ކޮމިޓީއަށް ހާޒިރުވާނެކަމަށް ސިޓީގައި ބުނެފައިވެއެވެ. އަދި އެސިސްޓެންޓް ޑިރެކްޓަރ ފާތުމަތު ލިމްޔާ އާއި އެސިސްޓެންޓް ބަޔޯމެޑިކަލް އިންޖިނިއަރ ހާޝިމް އަބޫބަކުރުވެސް ކޮމިޓީއަށް ހާޒިރުވާ ބޭފުޅުންގެ ތެރޭގައި ހިމެނެއެވެ.

އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ހެލްތު މިނިސްޓަރ ވަނީ މިމައްސަލަ ބަލާ ނިމެންދެން އަމިއްލައަށް މަސައްކަތުން އެކަހެރިވެވަޑައިގަންފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ކުންފުންޏާ އެކަން ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ހެލްތު މިނިސްޓްރީން އެންމެ ކުރިއްސުރެ ބުނަމުން އައި ވާހަކަތައް ވެސް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުގައި ވަނީ ދޮގުކޮށްފަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު