Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިއާގެ ޙާލަތު

އިންޑިއާއިން 3 މިލިއަން މީހުންނަށް ކޮވިޑް ޖެހިއްޖެ

22 އޯގަސްޓު 2020 | ހޮނިހިރު 14:39

69،800ށް ވުރެ ގިނަ މީހުން މިއަދު ޕޮޒިޓިވް ވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޯގަސްޓު 2020 | ހޮނިހިރު 14:39
އިންޑިއާއަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ޤައުމު

އިންޑިއާއަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ޤައުމު

އަވައްޓެރި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 3 މިލިއަނަށް އަރައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ އެންމެ ފަހުގެ އަދަދުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައިވެސް އިންޑިއާއިން ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން 69،800ށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، ހޮނިހިރު ދުވަހު ވަނީ އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 3 މިލިއަނަށް އަރާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ އަދަދުތައް ކުއްލި ގޮތަކަށް މައްޗަށް ގޮސްފައިވަނީ އެ ޤައުމުގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދީނީ ހަރަކާތެއް ކަމަށްވާ "ގަނޭޝް ޗަތުރްތީ" ފާހަގަ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްތަނަކަށް އެއްވަމުންދާތީއެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށް އަރާފައިވާއިރު، އެގައުމަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ގައުމެވެ. އެގޮތުން އެންމެ ގިނައިން ކޮވިޑް-19ގެ ކޭސްތައް ފެނިފައިވަނީ އެމެރިކާއިންނެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ކޮވިޑް-19 ގެ ކޭސްތައް ފެނިފައިވަނީ ބްރެޒިލް އިންނެވެ.

އޭގެ އިތުރުން، އިންޑިއާއިން މަރުވި މީހުންގެ އަދަދުވެސް ބައިލައްކައަށްވުރެ އިތުރުވެފައިވާއިރު، މަރުވި މީހުންގެ ޖުމުލަ އަދަދު އުޅެނީ 56،209 ގައެވެ. އިންޑިއާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރާފައިވަނީވެސް މިހިނގާ އޯގަސްޓް މަހުގެ ތެރޭގައެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ ނިސްބަތަށް ބަލާއިރު، އެހެން ޤައުމުތަކަށްވުރެ އިންޑިއާގައި މަރުވި މީހުންގެ ނިސްބަތް ދަށްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އޭގެން ދޭހަވަނީ އިންޑިއާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އެހެން ޤައުމުތަކާ އަޅާބަލާއިރު، ރަނގަޅަށް ކޮންޓްރޯލް ކުރެވޭކަން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

އޭގެ އިތުރުން، އެހެން ޤައުމުތަކާ އަޅާބަލާއިރު، މަރުވި މީހުންގެ އަދަދު ބައިލައްކައަށް އަރަން ހޭދަވި މުއްދަތުވެސް އިންޑިއާގައި ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ

އެންމެ ހިނގާ

1

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

2

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

5

"އިންޑިއާ އައުޓް" އިން "ޝުކުރިއްޔާ އިންޑިއާ" އަށް މުއިއްޒުގެ ބަހުރުވަ ބަދަލުވި ވާހަކަ އިންޑިއާގެ ނޫސްތަކުގެ ސުރުޚީތަކުގައި

އިތުރަށް ކިޔާލަން

28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
23 މެއި 2017

މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި

23 މެއި 2017
މެންޗެސްޓަރ އެރީނާ އަށް ދިން ހަމަލާއާ ގުޅިގެން "ހިތުގައި ޖެހިއްޖެ" ކަމަށް އާރިއާނާ ބުނެފި
20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
01 މާރިޗު 2017

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

01 މާރިޗު 2017
ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް