Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިމްޕޯޓް ޑިއުޓީ މާފުކުރުން

ސަރަޙައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައިފި

އިސްތިސްނާވާ މުދަލުގެ ތެރޭގައި ދުންފަތް ހިމެނޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 އޯގަސްޓު 2020 | ހޮނިހިރު 03:16
މާލޭގެ ވިޔަފާރި ބަނދަރުގައި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އެމްވީ އައިބީރިއަން މަގަތުފާލަމުގައި އަޅާފަ

މާލޭގެ ވިޔަފާރި ބަނދަރުގައި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އެމްވީ އައިބީރިއަން މަގަތުފާލަމުގައި އަޅާފަ

މާލެ ސަރަޙައްދު ފިޔަވައި، ދިވެހިރާއްޖޭގެ ސަރަޙައްދީ ބަނދަރުތަކަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މާފުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައިޝާއިއުކޮށްފިއެވެ.

މި ގަވާއިދުގައި ވާގޮތުން މާލެ ސަރަޙައްދު ފިޔަވައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފީސް ޤާއިމުކުރެވި، މުދާ ބަލައި ފާސްކޮށް ކްލިއަރކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ފަސް ބަނދަރެއްގައެވެ. އެއީ ހދ. ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރާއި ސ. ހިތަދޫ ސަރަޙައްދީ ބަނދަރާއި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން ސ. ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.

Advertisement - newsAdvertisement

ކަސްޓަމްސް އިން ބުނީ މި ގަވާއިދުގެ ދަށުން އިމްޕޯޓް ޑިއުޓީ މާފުކުރެވޭނީ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށެއްގައި (ނުވަތަ އެރަށަކާއި ގުޅިފައިވާ ރަށެއްގައި) ގުދަން ކުރެވޭ ނުވަތަ އެރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ ތަކެތިން ކަމަށެވެ. އަދި އައުޓަރ އެންކަރޭޖްގައި ބާއްވައިގެން ބަނދަރުގެ ބައިއެރިވުމެއް ނެތި ބާލާ ތަކެއްޗަށް އިމްޕޯޓް ޑިއުޓީ މަޢާފުކުރެވޭނީ، އެތަކެތި އެ ސަރަހައްދީ ބަނދަރަކަށް ބާލާ ކްލިއަރކުރާނަމަ ކަމަށް ވެސް މި ގަވާއިދުގައި ވެއެވެ.

މީގެ އިތުރުން މުދަލުގެ ފައިނަލް ޑެސްޓިނޭޝަން ބަނދަރަކީ މި ގަވާޢިދުގައި ބަޔާންކޮށްފައިވާ ބަނދަރެއްކަމުގައި ކާގޯ މެނިފެސްޓުގައި ބަޔާންކުރެވިފައި އޮތުމާއި ސަރަހައްދީ ބަނދަރުތަކުން އެތެރެކުރާ މުދާކަމުގައި ބަލާނީ އެ ބަނދަރަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ އޮފީސް ކޯޑަށް ޑިކްލަރޭޝަން ނިންމާ، އެބަނދަރުތަކުގައި ހުންނަ ކަސްޓަމްސް އޮފީހުން ބަލައިފާސްކޮށް ކްލިއަރކުރާ މުދަލުންވެސް ޑިއުޓީ މާފްކުރެވޭނެ ކަމަށެވެ.

އިސްތިސްނާވާ މުދަލުގެ ތެރޭގައި ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކް ސިނގިރޭޓް އަދި މިފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައެވެ. އަދި ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތަކާއި އޫރުމަހާއި، އޫރުމަސް އެކުލެވޭ ބާވަތްތައްވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރާ ބިލް އަންނަ ހޯމަ ދުވަހަށް ނިންމަނީ!

ތެލުން ނަގާ ޑިއުޓީ 10 ޕަސެންޓުން 5 ޕަސެންޓަށް ދަށްކުރާ ބިލް އަންނަ ހޯމަ ދުވަހަށް ނިންމަނީ!

12 ޖޫން 2017
ތެލުގެ ޑިއުޓީ  ސުން ޕަސެންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފި

ތެލުގެ ޑިއުޓީ  ސުން ޕަސެންޓަށް ހެދުމަށް އިދިކޮޅު މެމްބަރުން ހުށަހަޅުއްވައިފި

12 ޖޫން 2017
ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

ތެލުގެ ޑިއުޓީން ފަސް ޕަސެންޓް ދަށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފި

11 ޖޫން 2017
ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

02 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު