Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލަންކާގެ ވިޔަފާރިތައް ހިމާޔަތްކުރުމުގެ މަސައްކަތް

ލަންކާއަށް ބޭރު ގައުމުތަކުގެ މަސް އެތެރެކުރުން ހުއްޓާލަނީ

21 އޯގަސްޓު 2020 | ހުކުރު 09:14

މަސްވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ރާޖަޕަކްސަ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2020 | ހުކުރު 09:14
ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ޕާލަމަންޓްގައި ވާހަކަދައްކަވަނީ

ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ޕާލަމަންޓްގައި ވާހަކަދައްކަވަނީ

ސްރީލަންކާގެ ވިޔަފާރިތައް ހިމާޔަތްކޮށް އިގްތިޞާދު ރަނގަޅުކުރުމަށް މިހާރުގެ ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަންޖެހޭ ކަމަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

މިހާރުވެސް އެގައުމުގައި ވަނީ ގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކޮށް، ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. އަދި އެގައުމަށް އެތެރެކުރާ މުދާ ބޭރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ދާދިފަހުން އެގައުމުގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މަގާމާއި ހަވާލުވެވަޑައިގެންފަހުން ޕާލަމަންޓްގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާޖަޕަކްސަ ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު ގައުމަށް އެތެރެކުރާ މުދަލުގައި ކޮންޓްރޯލްތަކެއް ގެންގުޅުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވަނީ އެގައުމުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިން ހިމާޔަތްކުރުމަށް ކަމަށެވެ.

"އަހަރުމެން މިވަނީ ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ގައުމުގައި ހެއްދޭ ކާބޯތަކެތި އެތެރެކުރުން މަނާކޮށްފައި. އަދި ގައުމުން ބޭރުކުރެވޭ ގޮތަށް އުފެއްދުމަށް ގައުމަށް އެތެރެކުރާ މުދާ އެތެރެކުރުންވެސް މިވަނީ މަނާކޮށްފައި." ރާޖަޕަކްސަ ވިދާޅުވިއެވެ.

މީގެއިތުރުން ވިޔަފާރިވެރިންނަށް އިންޓްރެސްޓް ރޭޓް ކުޑަކޮށްދީ ޓެކްސްތައް ކަނޑާލާނެ ކަމަށާއި ދަނޑުހައްދާ މީހުންނަށް ދަނޑުހެއްދުމަށް ބޭނުންވާ ގަސްކާނާ ހިލޭދޭނެކަމަށްވެސް ރާޖަޕަކްސަ ވިދާޅުވިއެވެ. އަދި އެމީހުންގެ ވިޔަފާރިތަކަށް ފައިދާވާނެ ކަން ޔަގީންވާފަދަ ބަދަލުތަކެއް ގެންނަވާނެކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއަށްވެސް ބޮޑު ކުރިއެރުމެއް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ރާޖަޕަކްސަ ވިދާޅުވިއެވެ.

" ސްރީލަންކާ އަށް މަސް އެތެރެކުރުން ހުއްޓާލަންޖެހޭ. އަހަރުމެންގެ ގައުމަކީ ވަށައިގެން ކަނޑު އޮތް ގައުމެއް. މީގެއިތުރުން ގަވާއިދާ ޚިލާފަށް އަހަރުމެންގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަސް ބޯޓުތައް އެތެރެވޭ އެތެރުވުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނަން " ރާޖަޕަކްސަ ވިދާޅުވިއެވެ.

ރާޖަޕަކްސަ ވިދާޅުވީ ދަނޑުވެރިންނާއި މަސްވެރިންނަށް ޓެކްނޮލޮޖީގެ އައު ކަންތައްތައް ތަޢާރަފްކުރައްވާނެ ކަމަށާއި މަސްވެރިކަމުގެ ބަނދަރުތައް ހައްދަވާނެކަމަށެވެ.

ސްރީލަންކާގެ ގިނަ އިންޑަސްޓްރީތަކަށް ވަނީ މިއިން ދުވަހަކު ކުރިމަތިނުވާ ވަރުގެ ގެއްލުންތައް ކުރިމަތިވެފައެވެ. އެއާއެކު އެގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ލަންކާ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލަންކާއަށް އެތެރެކުރާ މުދާ ކޮންޓްރޯލްކުރުމަށް މިގެނައި ހަރުކަށި ބަދަލުތަކަކީ 1971 ވަނަ އަހަރު އެގައުމަށް ކުރިމަތިވި އިގްތިޞާދީ އަޑިގަނޑަށްފަހު އެންމެ ބޮޑަށް އެގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެވެ.

ސްރީލަންކާއަށް އެތެރެކުރާ މުދާ މަސްވެސް ހިމެނޭގޮތަށް ކޮންޓްރޯލްކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެފައި މިވަނީ ރާއްޖޭގެ މަސްވެރިން ބާނަ މަސް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ ދިވެހި ސަރުކާރުގެ އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.

ސްރީލަންކާ - މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭ މަސްވެެރިން ބާނާ މަސް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހަމަޖެހުމަކީ އެމްޑީޕީ އަދި މި ސަރުކާރުގެ ވިސްނުމެއް ކަމަށެެވެ. އަދި ހަމަ އެފަދައިން ލަންކާގެ މަސްވެރިން ބާނަ މަސް ރާއްޖެއަށް ވިއްކޭ ގޮތަށް އިންތިޒާމް ހަމަޖެހިގެން ދިޔުން މުހިއްމު ކަމަށް ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
14 ޖެނުއަރީ 2017

ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ

14 ޖެނުއަރީ 2017
ބޭރުގެ އުޅަނދުފަހަރުން އާ ފީއެއް ނަގަނީ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް