Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެލްތް މިނިސްޓްރީގެ ހިޔާނާތް

ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ޗެއާރ ވިދާޅު ވަނީ އަމަލުކޮށްފައިވާނީ ހެޔޮ ނިޔަތުގައި ކަމަށް!

ނިޝާމާއަކީ ބިޑް ކޮމެޓީގެ އެންމެ އިސްވެރިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 އޯގަސްޓު 2020 | ބުރާސްފަތި 08:10
ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު: ނިޝާމާއަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ރައީސް

ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު: ނިޝާމާއަކީ ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީގެ ރައީސް

ވެންޓިލޭޓަރު ގަތުގައި ހެލްތް މިނިސްޓްރީގެ ބިޑު ކޮމެޓީގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން އަމަލުކޮށްފައިވާނީ ހެޔޮ ނިޔަތުގައި ކަމަށް ހެލްތް މިނިސްޓަރުގެ ނައިބު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ނިޝާމާ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ހެލްތް މިނިސްޓްރީގެ ފަރާތުން އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން އެކިއެކި ފޯރަމްތަކުގައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވަކިބަޔަކު ބަދުނާމްވާ ގޮތަށް ވާހަކަތަކެއް ދެކެވެމުންދާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ގަތުމުގައި އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް މަގާމުގެ ހައިސިއްޔަތުން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ނިޝާމާ ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ނިޝާމާ ވިދާޅުވީ، ވެންޓިލޭޓަރ ހޯދުމުގައި ދުނިޔޭގެ ބޮޑެތި ޤައުމު ތަކުގައި ވެސް ވެންޓިލޭޓަރގެ ޑިމާންޑް ބޮޑުވެ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.25 ގެ (ރ) ގެ 2 އަދި 4 ނަންބަރުގައިވާ ގޮތުގެ މަތީން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން 75 ވެންޓިލޭޓަރ އެގްޒިކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާއި ޙަވާލުކުރުމަށް ބިޑްކޮމިޓީ އިން ނިންމާފައިވަނީ، މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ބަޖެޓުގައި ފައިސާ ހުރިތޯ ބެލުމަށްފަހު މަސައްކަތް ހަވާލުކޮށްގެން ކުރިޔަށް ދިއުމަށް ކަމަށެވެ. ހަމައެއާއެކު، ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް ޑރ. ޑރ. އަރްވިންދު މާތުރު، މެދުވެރިކޮށް ހޯއްދަވާފައިވާ ފަރާތެއް ކަމަ ށްބުނެ ބިޑު ކޮމިޓީއަށް ހުށައަޅާފައިވާ ލިޔުންތަކުގައި ބަޔާންކޮށްފައިވުމާއި، މީގެ އިތުރުން މިނިސްޓްރީގެ ބިޑް ކޮމެޓީގެ ފަރާތުން ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީހުން އިތުރަށް މަޢުލޫމާތު ސާފުކޮށް އަދި ފައިނޭންޝިއަލް އެގްޒެކްޓިވް ބިޑްކޮމިޓީ އަށް ހާޒިރުކޮށް ދެއްވި މަޢުލޫމާތުގެ މައްޗަށް ބުރަވެ ކަމަށް ވެސް ނިޝާމާ ވިދާޅުވެފައިވެއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސިޓީއަކުން އެޕްރޫވަލް ދެއްވައި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން ކުރިޔަށް ގެންދިއުމަށް އަންގަވާފައިވުމާއެކު ކޮންމެހެން ހޯދަން ޖެހޭ ވެންޓިލޭޓަރ ތަކަކަށްވާތީ، ވަގުތާއި ޙާލަތަށް ބަލައި ވެންޓިލޭޓަރގެ މުހިންމުވެފައިވާލެއް ބޮޑުކަމުން ތަކެތި ނުލިބި ލަސްވެއްޖެނަމަ އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ކަމަށް ވެސް ނިޝާމާގެ ބަޔާނުގައި ވެއެވެ.

މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ތަހުޤީގެއް ކުރަމުންދަނިކޮށް މިކަމުގައި ކަން ހިނގާފައިވާ ގޮތުގެ އަސްލު އޮޅޭ ގޮތަށް ވަކިބަޔަކު ބަދުނާމު ވާގޮތަށް ވާހަކަ ދައްކަމުންދަނީ މިހާރު ކުރިޔަށްދާ ތަހުޤީޤަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމަށް ކަމަށް ދެކޭ ކަމަށް ނިޝާމާ ވިދާޅުވެފައިވެއެވެ. އަދި މި މައްސަލާގައި މިނިސްޓްރީގެ ބިޑް ކޮމެޓީގެ މެމްބަރުން ބައިވެރިވުން އޮތް މިންވަރު އެކަނި ބެލުމުގެ ބަދަލުގައި ހުރިހާ މަރުހަލާތަކެއްގައި މިކަމުގައި ބައިވެރިވި އެންމެހައި ފަރާތްތައް ޝާމިލް ވާގޮތަށް މިކަން ހިންގާފައިވާ ގޮތުގެ ފުރިހަމަ ތަހުޤީގެއް ކަމާ ގުޅުން ހުރި އިދާރާތަކުން ކަންހިނގާފައިވާ ގޮތުގެ ތަފްޞީލް މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް ވެސް ނިޝާމާގެ ބަޔާނުގައިވެއެވެ.

ބަޔާން ނިންމާލައްވަމުން ނިޝާމާ ވިދާޅުވީ، ހެލްތް މިނިސްޓްރީން ވެންޓިލޭޓަރ ގަތުމުގައި އެ މިނިސްޓްރީގެ ބިޑް ކޮމެޓީގެ އެންމެ އިސްފަރާތެއްގެ ހައިސިއްޔަތުން އޭނާ ޢަމަލު ކޮށްފައިވަނީ ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކަމަށެވެ. އަދި މިނިސްޓްރީގެ ބިޑް ކޮމެޓީގެ ނިންމުންތައް ނިންމާފައިވަނީ ބިޑް ކޮމެޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ކަމަށް ވެސް ނިޝާމާ ވިދާޅުވެފައިވެއެވެ.

ނިޝާމާ ވިދާޅުވީ، މިކަމާ ގުޅޭގޮތުން ކަން ހިނގާ ދިޔަގޮތުގެ ތަފްޞީލް މަޢުލޫމާތު ތަހުޤީޤު އިދާރާތަކާ ޙިއްސާ ކުރައްވާނެ ކަމަށާއި އަދި ތަޙުޤީޤުތަކަށް ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީއަށް 75 ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާރސް ޖެރެނަލް ޓްރޭޑިންގ ކުންފުންޏާ ހަވާލު ކުރީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށާއި، މިކަމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އޮޑިޓް ރިޕޯޓްގައި ފާގަހަ ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވެސް ވަނީ ވިދާޅުވެފައިއެވެ. އަދި ހެލްތް މިނިސްޓްރީގެ، ކޮވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި އެ މިނިސްޓްރީގެ ބިޑް ކޮމެޓީން ބޮޑެތި އޮޅުވާލުންތައް ހިންގާފައިވާކަން ފާހަގަކޮށްފައިވާއިރު، މާލީ ޒިންމާދާރު ވެރިޔާގެ އިހުމާލު އެބައޮތް ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމުގައި ޑަބްލިޔުއެޗްއޯއާއެކު ރަސްމީ އެއްވެސް މުއާމަލާތެެއް ހިންގާފައިނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެއީ އެހެން ކުންފުނިތަކުން ހުށަހެޅި އަގަށްވުރެ މާބޮޑުތަނުން ވެސް ބޮޑު އަގެއް ކަމަށް ވެއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށްވާއިރު، މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވެއެވެ.

އަދި އޭޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެޑްވާންސަށް 30.9 މިލިއަން ރުފިޔާވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

އެންވަޔަރމެންޓް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ވަސީމާ ހަަމަޖައްސައިފި

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު