Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑްް

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

19 އޯގަސްޓު 2020 | ބުދަ 12:20

މި ފިޔަވަހީގައި 5 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޯގަސްޓު 2020 | ބުދަ 12:20
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އައްޑޫ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފައިވޭ

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އައްޑޫ ހުޅުމީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފައިވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފިޔަވަހީގައި 5 ޕްރޮޖެކްޓަކަށް ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މި ގޮތުން ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާ ކުރާނެ ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 9 ސެޕްޓެމްބަރ 2020 ކަމަށާއި ޕްރޮޕޯސަލްތައްcommunity@bml.com.mvއީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް ބޭންކުން މާލީ އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް އިތުރުވެގެން ގޮސްފައިވާ ކަމަށާއި މި ފަންޑުގެ ދަށުން މިހާތަނަށް 25 ރަށެއްގައި މުޖުތަމައަށް ފައިދާ ކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖޫން 2018

ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!

17 ޖޫން 2018
ބޭންކް ފައިދާގެ އާމްދަނީ 218 މިލިއަން ރުފިޔާ ދަށަށް!
19 އެޕްރީލު 2018

އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

19 އެޕްރީލު 2018
އޭސް ހާޑްވެއަރ އަދި ކަލަރ ބޭންކްގެ ޕްރޮމޯޝަންގައި ބައިވެރިވެގެން ތިންލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!
22 މާރިޗު 2018

އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި

22 މާރިޗު 2018
އިސްލާމިކް ބޭންކްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
18 މާރިޗު 2018

ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު

18 މާރިޗު 2018
ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު
01 ފެބުރުއަރީ 2018

އަހަރެންގެ ބޭންކް ކެމްޕެއިން މި އަހަރު ތަފާތު ގޮތަކަށް ފަށައިފި

01 ފެބުރުއަރީ 2018
އަހަރެންގެ ބޭންކް ކެމްޕެއިން މި އަހަރު ތަފާތު ގޮތަކަށް ފަށައިފި
25 ސެޕްޓެމްބަރު 2017

"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި

25 ސެޕްޓެމްބަރު 2017
"އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް މުއްދަތު އިތުރު ކޮށްފި
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
27 ޖޫން 2017

މާދަމާ ބޭންކްތައް ހުޅުވޭނެ

27 ޖޫން 2017
މާދަމާ ބޭންކްތައް ހުޅުވޭނެ
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް