Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

"މަމީ ހަމަ އޮޑިޓަރެކެ، މަ ކޭވޫ އަސް ވަގެ ހިފަންނަ"

އެއްވެސް ބިރަކަށް، ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2020 | ބުދަ 10:28
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

މަޖިލީހަށް ދާނީ ވަގުން ހިފަން ކަމަށް ވިދާޅުވެ މަޖިލިސް އިންތިހާބުގައި ކުރެއްވި ވައުދު ފުއްދޭތީ އުފާކުރައްވާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ކޮރޕްޝަންގެ ބޮޑެތި މައްސަލަތަކެއް އޮޑިޓު ރިޕޯޓަކުން ފެންމަތިވުމާއި ގުޅިގެން މަޖިލިސް އިންތިހާބުގައި ޔައުގޫބް ކުރެއްވި ވައުދަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައި، އޭނާ ވިދާޅުވީ އޭނާ ތައުލީމް ހާސިލު ކުރެއްވީ އޮޑިޓިންގެ ދާއިރާ އިން ކަމަށެވެ. އަދި ކިޔެވީ ވަގުހިފަން ކަމަށް ވިދާޅުވެ، އޭނާ ވަނީ އަބަދުވެސް ކުރަމުން އައީ އެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ ކުރީ ސަރުކާރެއް ވިޔަސް، މި ސަރުކާރު ވިޔަސް، އަދި އާއިލާގެ މީހެއްގެ ފަރާތުން އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެއްވެސް ތަފާތު ކުރުމެއް ނެތި އެފަދަ މައްސަލަތައް ބައްލަވާނެ ކަމަށެވެ. އަދި އެއްވެސް ބިރަކަށް، ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުގޫބް ވިދާޅުވީ ހެލްތު މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވިއިރު މަޑުމަޑުން ތިބީ ކީއްވެގެންތޯ ގިނަ ބަޔަކު ސުވާލު ކުރަމުންދާ ކަމަށެވެ. ޔައުގޫބް ވިދާޅުވީ މިފަހަރު މަޑުން ހުންނެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނެރުނު ރިޕޯޓާއި ގުޅިގެން ކަމަށެވެ. އަދި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މަޖިލީހުގައި ވެސް، އަދި އެހެނިހެން ފޯރަމްތަކުގައި މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ކުރި މަސައްކަތެއް ކަމަށް ވިދާޅުވަމުން ގެންދެވިއިރު އެފަދަ ބޮޑު ވައްކަމަކަށް މަގުފަހިވެދާނެ ކަމެއް ކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެހެންނަމަވެސް، މި ފަދަ މައްސައެއް އުޅެދާނެ ކަމުގެ ޝައްކު އޮތުމުން އެމްޑީޕީގެ މެމްބަރުން އަމިއްލަ އަށް ހުށައަޅުއްވައިގެން، ހެދި އޮޑިޓުން އެކަން ސާބިތު ވުމަކީ 'ވަގު ހިފުން' ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވިއިރު، 'ވަގު ހިފަން' ކުރެއްވި ވައުދު ފުއްދޭތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު