Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޕީޔޫގެ ސްޕީކަރުންގެ ބައްދަލުވުން

އައިޕީޔޫގެ ސްޕީކަރުންގެ ބައްދަލުވުން: ނަޝީދު ވާހަކަދައްކަވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަޖިލިސްތަކަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން

18 އޯގަސްޓު 2020 | އަންގާރަ 14:12

މިބައްދަލުވުން އޮންނާނީ އޮގަސްޓް 19ން 20ށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އޯގަސްޓު 2020 | އަންގާރަ 14:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އިންޓަރނޭޝަނަލް ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ނުވަތަ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި އެމަނިކުފާނު އަލިއަޅުވާލައްވާނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މަޖިލިސްތަކުން ކަންކުރެވިދާނެ ގޮތްތަކަކާ ގުޅޭގޮތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ބައްދަލުވުމުގައި ސެޝަންތަކުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައުޟޫގެ ތެރޭގައި ސިއްހަތާއި އިގްތިޞާދު އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ގުޅޭ މައުޟޫތައް ހިމެނޭ ކަމަށެވެ. އަދި ބައްދަލުވުމުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާއިރު ވާހަކަދައްކަވާ މައުޟޫ އަކީ "ސްޓެޕިންގ އަޕް ޕާލަމަންޓްރީ އެކްޝަން، ދަ ކްލައިމެޓް ޗޭންޖް އިމަރޖެންސީ" ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެމަނިކުފާނާއެކު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބުދަ ދުވަހުގެ ރޭ 7 ޖަހާއިރު މަޖިލީހުގެ އިދާރާގައި ބައްދަލުވުން އޮންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ކަންތަކުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަކީ މިސާލެއްގެ ގޮތުގައި ދުނިޔޭގެ ގައުމުތަކަށް ނެގޭނެ ކޮމިޓީއެއް ކަމަށެވެ. އަދި މި މަޖިލީހަކީ މަޖިލީހެއްގައި ތިމާވެއްޓާ ގުޅޭ މިފަދަ ކޮމިޓީއެއް އޮންނަ ހަމައެކަނި މަޖިލީސް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީސް އައުމަށްފަހު އުފެއްދި ކޮމިޓީއެކެވެ. އޭގެ ކުރީގެ މަޖިލީސް ތަކުގައި މިނަމުގައި ކޮމިޓީއެއްގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ އިންޓަރޕާލަމަންޓްރީ ޔޫނިއަންއާއި އޮސްޓްރިއާގެ ޤާނޫނު ހަދާ މަޖިލީހާ ގުޅިގެންނެވެ. މިފަހަރުގެ ބައްދަލުވުމަށް އޮސްޓްރިއާގެ ޤާނޫނު ހަދާ މަޖިލީހުން 250ށް ވުރެން ގިނަ ސްޕީކަރުންނަށް ވަނީ ދައުވަތު ދީފައެވެ. މި ބައްދަލުވުމުގެ މިފަހަރުގެ ތީމަކީ ޕާލަމަންޓްރީ ލީޑަރޝިޕް ފޮރ މޯރ އިފެކްޓިވް މަލްޓިރިއަލިޒަމް ދެޓް ޑެލިވަރސް ޕީސް އެންޑް ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ފޯރ ދަ ޕީޕަލް އެންޑް ޕްލެނެޓް އެވެ.

މި ފަހަރުގެ ބައްދަލުވުން އޮންނާނީ އޮގަސްޓް މަހުގެ 19ން 20އަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް