Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިމެނުން

"ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ނެތް ކަމަކަށް ނުބުނަން، ޕީޖީއާއެކު މި ހަފްތާގައި މަޝްވަރާ ކުރާނަން"

މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އޭސީސީން ބުނި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އޯގަސްޓު 2020 | ހޯމަ 14:18
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ - އޭސީސީން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުން

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ - އޭސީސީން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުން

ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލައެއް އެކުލެވިގެން ނުވާކަމަށް އެއް އިރެއްގައިވެސް ބުނެފައި ނުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ކޮރަޕްޝަނުގެ ޢަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައިވާކަން ދޭހަވާގޮތަށް މީޑިއާތަކުންނާއި މީސްމީޑިއާގައި ޚަބަރު ފެތުރެމުންދާ ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑް19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމުގައި ޢަމަލު ކޮށްފައިވާގޮތާ ގުޅޭގޮތުން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކީ، އަމިއްލައަށް އިސްނަގައިގެން ތަޙުޤީޤު ކުރަމުންދާ މައްސަލައެއްކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ، ތަޙުޤީޤަށް އަސަރުކޮށްފާނެ ފަދަ މަޢުލޫމާތު ނުހިމަނައި، މައްސަލާގައި ފާހަގަކުރެވުނު މައިގަނޑު ކަންކަން ހިމެނޭގޮތަށް ޚުލާޞާ ރިޕޯޓެއް އެކުލަވާލައި 21 މޭ 2020 ގައި ރިޕޯޓު އާންމުކޮށްފައިވާނެ ކަމަށެވެ.

12 ސޮފްހާގެ މައްޗަށް ތައްޔާރުކޮށް އޭރު އޭސީސީން އާންމުކުރި ރިޕޯޓްގައި ބުނީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޑޮކިއުމެންޓްތަކާއި އުސޫލުތައް ފުރިހަމަކޮށްގެން ކަންތައްތައް ކުރުމުގައި ދަތިތަކެއް ދިމާވަމުން މަސައްކަތްތަކަށް ލަސްތަކެއްވަމުންދާ ކަމަށް ބަޔާންކޮށް، މެޝިނަރީޒްއާ އިކުއިޕްމެންޓުގެ އަގު 2.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާތީ ހޯދަން ޖެހޭ ޑޮކިއުމެން ހުށައަޅަން ނުޖެހޭ ގޮތަށް ހެލްތުގެ ޓެންޑަ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ހެލްތުން އެދުމުން، އެކަމަށް ހާއްސަ ބަޖެޓެއް ހަމަޖައްސައި އެ ބަޖެޓްގެ ތެރެއިން ސީދާ އެ ޚަރަދު ކުރާގޮތަށް ހެލްތުގެ ބިޑް ކޮމިޓީ މެދުވެރިކޮށް އެފަދަ މަސައްކަތާއި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ހުއްދައެއް ދީފައިވާ ކަމަށް ފާހަގަކުރެެވޭ ކަމަށެވެ.

އޭސީސީގެ ރިޕޯޓް ނިންމާލަމުން ހުލާސާ ގައި ބުނެފައިވަނީ، ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ބޭރުން، ހާއްސަ ހުއްދަދެވޭ ދެވުމަކީ، ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެ މައިގަނޑު މަޤްސަދުތައް ހާސިލުކުރުމަށް ހުރަސްއެޅޭ އަދި ހިރާސް އިތުރުވާނެ ކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވެ، ޝައްކު ކުރުމުގެ ޖާގަ އުފެދުމުގެ އިހުތިމާލު ނުހަނު ބޮޑުވެގެން ދާނެކަމަށެވެ. އެހެން ކަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ރިޕޯޓު ނިންމާލަމުން އޭސީސީން އޭރު ވަނީ ބުނެފަ އެވެ.

ހޯމަ ދުވަހު އޭސީސީން ނެރުނު ބަޔާނުގައި އިތުރަށް ބުނީ، މި މައްސަލާގައި ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެން ނުވާކަމަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ތަޙުޤީޤުގެ މަސައްކަތް މިހާރު ފުރިހަމަ ކުރުމުގެ މަރުޙަލާގައި ވާކަން ފާހަގަކޮށް އޭސީސީން އިތުރަށް ބުނީ، މިހާތަނަށް ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްއާއެކު މި ހަފްތާ ތެރޭގައި މަޝްވަރާ ކުރަން ފަށާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު