Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީގެ ކޮރަޕްޝަން

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޭސީސީއަށާއި ފުލުހުންނަށް ހުށަހަޅައިފި

މައްސަލަ ބައްލަވަން އެންގެވީ ރައީސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޯގަސްޓު 2020 | ހޯމަ 13:29
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން؛ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ މައްސަލަ ބަލަން ވަނީ ހުށަހަޅާފައި

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން؛ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ މައްސަލަ ބަލަން ވަނީ ހުށަހަޅާފައި

ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހޭދަތަކާއި ގުޅޭ ކޮރަޕްޝަންގެ ކަންކަން ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް ރައީސް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވަނީ ރާއްޖެއެމްވީ އަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ހޫދު ވިދާޅުވީ އެ މައްސަލަ ބަލަން އޭސީސީއާއި ފުލުހުންނަށް ހުށަހެޅުއްވީ މިއަދު ކަމަށެވެ. އެގޮތުން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތަށް ފުލުހުންނާއި އޭސީސީ ދެފަރާތުން ގުޅިގެން މައްސަލަ ބަލާ ގޮތަށް ހުށަހެޅިފައިވާނެ ކަމަށާއި، އެ ބޭފުޅުން ވިދާޅުވާ ގޮތެއްގެ މަތިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ.

ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރުމާއި ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނު ކަން ކަށަވަރުނުވާ މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވެންޓިލޭޓަރު ގަތުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައިގައި އޮޑިޓް އޮފީހުން ކުރި ޚާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ސިއްހީ ސާމާނު ގަތުމަށް 32 މިލިއަން ރުފިޔާ އެޑްވާންސްކޮށް އެސްޓީއޯ އަށް ދައްކާފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ހެލްތު މިނިސްޓްރީ އަށް ލިބިފައި ވަނީ 2،000 ސާޖަން ކެޕް އެކަނި ކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވެސް ސިއްހީ ގިނަ ސާމާނުތަކެއް ގަތުމަށް ހަވާލުކޮށްފައިވާ އިރު މިނިސްޓްރީ އަށް އެ ތަކެތި ނުލިބޭ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ބޭނުންކުރާ ޕަރސަނަލް ޕްރޮޓެކްޓިވް އެކްވިޕްމަންޓާއި ބައެއް އެހެން ސާމާނުތައް ހިމެނެއެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކަކަށް ތުހުމަތުކުރެވޭ އަމަލުތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެކަން ބެލުމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރު ކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ހޯމަ ދުވަހު ވަނީ ފާސްކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު