Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް ދޫކޮށްލަން ހަމޭސް ބޭނުންވުން

"ރެއާލް ދޫކޮށްލަން ބޭނުންވި، އެކަމަކު އެ ފުރުސަތަށް ކުލަބުން ހުރަސްއެޅި"

17 އޯގަސްޓު 2020 | ހޯމަ 18:54

"އެހެން ކުލަބަކަށް ބަދަލުވާން ފުރުސަތު ދޭނެ ކަމަށް އުންމީދު ކުރަން"

އަތޫފް އާތިފް
އަތޫފް އާތިފް | 17 އޯގަސްޓު 2020 | ހޯމަ 18:54
ރެއާލްގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް: އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުން

ރެއާލްގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް: އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އަންނަނީ މަސައްކަތް ކުރަމުން

މި ސީޒަން ފެށުމުގެ ކުރިން ރެއާލް މެޑްރިޑް ދޫކޮށްލަން ބޭނުންވި ކަމަށާއި، އެކަމަކު އެކަމަށް ކުލަބުން ހުރަސްއެޅި ކަމަށް މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބުނެފިއެވެ.

މި ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިން ހަމޭސްއަށް ފަހަކަށް އައިސް ޖާގަ ނުލިބުމާ ގުޅިގެން، އޭނާ ވަނީ އަމިއްލައަށް ސްކޮޑުގައި ނުހިމަނަން އެދިފައެވެ.

ދާދި ފަހުން ހަމޭސް ބުނީ މި ސީޒަން ފެށުމުގެ ކުރިން ރެއާލް ދޫކޮށްލަން ބޭނުންވާ ކަމަށް ކުލަބުގައި އެދުނު ކަމަށާއި، އެކަމަކު ކުލަބުން އެކަމަށް ހުރަސްއެޅި ކަމަށެވެ. އަދި ކުލަބުން އޭނާގެ ކުރިމަގާ މެދު ކަންތައް ކުރި ގޮތާ ދޭތެރޭ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

އަދި ބުނީ ރެއާލްގައި އޭނާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު، ރެއާލް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށާއި، އެކަމަކު ކުލަބުން އެފުރުސަތު އޭނާއަށް ދޭނެ ކަމެއް ބުނަން ނޭނގޭ ކަމަށެވެ. އަދި އަންނަ ސީޒަނުގައި ކުލަބު ދޫކޮށް، އޭނާ ދާނެ ވަކި ކުލަބެއްވެސް ބުނަން ނޭނގޭ ކަމަށްވެސް ހަމޭސް ވަނީ ބުނެފައެވެ.

ހަމޭސް އިތުރަށް ބުނީ ކޮވިޑް-19 އާ ގުޅިގެން ކުލަބުތައް މާލީ ގޮތުން ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ކަމަށާއި، އެހެންކަމުން ބޮޑު އަގުގައި އެހެން ކުލަބަކަށް ބަދަލުނުވެވޭނެ ކަމަށެވެ. އެކަމަކު އޭނާ ކުޅެން ބޭނުންވާ ކުލަބަކަށް ދިޔުމަށް ރެއާލުން ފުރުސަތު ދޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރެއާލްގެ ފުރަތަމަ އެގާރައިން ހަމޭސްއަށް ފަހަކަށް އައިސް ޖާގަ ލިބިފައި ނުވާއިރު، އޭނާ ބުނީ ފުރަތަމަ އެގާރައިން ޖާގަ ނުލިބުމުން އެކަމާއި ދެރަވި ކަމަށާއި، އެކަމަކު ކޯޗު ޒިނެދިން ޒިދާންގެ ނިންމުމަށް އޭނާ ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ.

ރެއާލް ދޫކޮށްލަން ބޭނުންވާކަން ހަމޭސް ހާމަކުރި ނަމަވެސް، މީގެ ކުރިން މީޑިއާތަކުން ވަނީ އަންނަ ސީޒަނުގައި ރެއާލްގައި މަޑުކުރަން ހަމޭސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ހަމޭސް މަޑުކުރުވަން ރެއާލުން ބޭނުންވީ މާލީ ގޮތުން ކުލަބު އަޑިއަޅާލާފައިވުމާއެކު، އިތުރު ކުޅުންތެރިޔަކު މި ޓްރާންސްފާ ބާޒާރުގައި ހޯދުމަށް އުނދަގޫވާނެތީ އާއި، ހަމޭސް ރެއާލްގެ ސްކޮޑުގައި މަޑުކުރުވަން ޒިދާން އެދިފައިވާތީ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ހަމޭސްއަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން ފާރަލަމުން އަންނައިރު، އޭގެ ތެރޭގައި ޔުވެންޓަސް އާއި ނާޕޮލީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމޭސް ހޯދުމަށް ޔުވެންޓަސްއިން އަންނަނީ ބިޑް ކުރަން ތައްޔާރުވަމުންނެވެ. އެގޮތުން ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ އަންނަ ސީޒަނަށް އެޓީމަށް ގެންދިޔުމަށް އެންމެ ބޭނުންވާ އެއް ކުޅުންތެރިޔަކީ ހަމޭސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ޕޯޓޯ އަދި ބެންފީކާއަށްވެސް ކުޅެފައިވާ ހަމޭސް ވަނީ އޭނާ ރެއާލްގައި މިހާތަނަށް ހޭދަކުރި ތިން ސީޒަނުގައި ކުޅުނު 111 މެޗުގައި 36 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ވަނީ ރެއާލް އާއެކު ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް، މި ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް