Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެންޓިލޭޓަރުގެ މައްސަލަ

ވެންޓިލޭޓަރުތައް ގެންނަން މަޝްވަރާ ކުރީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ވެރިޔާއާ: ހެލްތް މިނިސްޓްރީ

16 އޯގަސްޓު 2020 | އާދީއްތަ 17:05

އެ ކުންފުންޏާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ: ޑަބްލިއުއެޗްއޯ

އަލީ ސަމާޚް
އަލީ ސަމާޚް | 16 އޯގަސްޓު 2020 | އާދީއްތަ 17:05
ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ވެރިޔާ ޑރ. އަރްވިންދް މާތުރް އާއި، ހެލްތް މިނިސްޓަރު އަމީން

ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ވެރިޔާ ޑރ. އަރްވިންދް މާތުރް އާއި، ހެލްތް މިނިސްޓަރު އަމީން

ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާ ހަވާލު ކުރި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އާދިއްތަ ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބުނީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރެވުނު ކުންފުންޏަކީ ޑަބްލިއުއެޗްއޯ ގެ ރިކޮމެންޑެޑް ސަޕްލަޔަރަކަށް ވާތީ މިނިސްޓްރީން ލިޔެކިޔުންތައް ތައްޔާރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެލްތުގެ ފައިނޭންސް ކޮމިޓީން ބިޑް ކޮމިޓީ އަށް ފޮނުވާފައިވާ މެއިލްތަކެއް ވެސް ހިމެނޭ ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

އޮޑިޓް ރިޕޯޓުގައި ހުރި ކަންތައްތަކާއި ބެހޭ ގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ފައިނޭންޝަލް އެކްޒެކްޓިވް އަހުމަދު އަސްލަމް ވިދާޅުވީ، ވެންޓިލޭޓަރުގެ ގެންނަންވެގެން މިނިސްޓްރީން ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ ރިޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މާތުރްއާ ވާހަކަ ދެއްކުމުން، ކޮންޓެކްޓެއް މައުލޫމާތު އެ މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.

އެ މައުލޫމާތު ފިނޭންސް ޑިޕާޓްމަންޓަށް ލިބުމުން، ސީދާ ޑަބްލިއުއެޗްއޯ މެދުވެރިކޮށް އެ ތަކެތި ލިބޭނެ ގޮތެއް އޮތްތޯ ބަލައި، އެކަން އެގޮތަށް ވާން އޮތް ކަމަށްވާނަމަ މިނިސްޓްރީ އަށް އަންގައި ދިނުމަށް މަޝްވަރާ ކުރެވުނު ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކަމަކު ކޮވިޑުގެ ހާލަތާއި ގުޅިގެން ޑަބްލިއުއެޗްއޯ އަށް ވެންޓިލޭޓަރު ގެނެވޭނެ ގޮތެއް ހަމަޖެއްސޭނެ ގޮތެއް ނެތް ކަމަށް ރާއްޖޭގައި ހުންނަ އޮފީހުން މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، އޭގެ ފަހުން ރެފަރެންސް އަކަށް ވެންޓިލޭޓަރުގެ އަގުތަކާއި ދުބާއީ ކުންފުނިން ޑެލިވަރީކޮށްދޭ ވެންޓިލޭޓަރު މައުލޫމާތު ހިމެނޭ މައުލޫމާތުތައް ޑަބްލިއުއެޗްއޯ އިން ހެލްތް މިނިސްޓްރީއަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެއްވެސް އިރެއްގައި އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ލަފާނުދޭ ކުންފުންޏެއް ކަމަށް ބުނެފައިނުވާ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެގްޒެކިއުޓާރސް ޖެނެރަލް ހެލްތް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕްރޮޖެކްޓުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29 ދުވަސް ތެރޭގައި ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނިންމަން ޖެހޭ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ދެވަނަ ދުވަހު 75 އިންސައްތަ އަދި 27 އޭޕްރީލް 2020 ގައި އިތުރު 15 އިންސައްތަ ދައްކާފައިވީ ނަމަވެސް، އޮޑިޓް ކުރެވުނު ތާރީޚު ކަމުގައިވާ އޮގަސްޓު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ވެސް ވެންޓިލޭޓަރުތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ހެލްތް މިނިސްޓްރީން ބުނީ، ވަރަށް އަވަސް މުސްތަގުބަލެއްގައި ވެންޓިލޭޓަރު ރާއްޖެ އަށް ލިބޭނެ ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

އެއްބަސްވުމުގެ ޖުމްލަ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައިވާއިރު، ވެންޓިލޭޓަރު ލިބިފައި ނުވާތީ މިކަން ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށް އޮޑިޓް އޮފީހުން ވަނީ ކަމާއި ބެހޭ އިދާރާތަކަށް އަންގާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް