Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެދުފަންތީގެ މީހުންނަށް ހާއްސަ ފުލެޓް

ހުޅުމާލޭގައި އަޅާ އެޕާޓްމަންޓްތަކަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަށް ބަދަލުތަކެއް

15 އޯގަސްޓު 2020 | ހޮނިހިރު 14:21

ޝައުގުވެރިވާ ފަރާތްތަކުން އެއް ޕްލޮޓަށްވުރެ ގިނަ ޕްލޮޓަށް ބިޑް ހުށަހެޅޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޯގަސްޓު 2020 | ހޮނިހިރު 14:21
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލެޓްތަކެއް؛ މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން އިތުރު ފުލެޓްތަކެއް އަޅަންވަނީ ނިންމާފައި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފުލެޓްތަކެއް؛ މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން އިތުރު ފުލެޓްތަކެއް އަޅަންވަނީ ނިންމާފައި

މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓުތަކަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، ހުޅުމާލޭގައި ފްލެޓުތަކެއް އިމާރަތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން ހުޅުވާލި ފުރުސަތު ފުރަތަމަ ހަމަވާގޮތަށް އިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

ފުލެޓްތައް އިމާރަތްކުރަން ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން ޖޮއިންޓް ވެންޗަރ ކުންފުނި އަދި ދިވެހި ކުންފުންޏެއް ނަމަވެސް ހިއްސާ އޮންނަން ޖެހޭނީ 30-70 ގައި ކަމަށާއި، މަސައްކަތް އެއްކޮށް ނިމެންދެން ހިއްސާ އޮންނަންޖެހޭނީ އެގޮތަށް ކަމަށެވެ. މީގެ އިތުރުން އެއް ޕްލޮޓަށްވުރެ ގިނަ ޕްލޮޓަށް ވެސް ކުރިމަތި ލެވިދާނެ ކަމަށާއި، ކޮންމެ ޕްލޮޓަކަށް ވަކިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން އެއް ކުންފުންޏަށް އެއް ޕްލޮޓަށްވުރެ ގިނަ ޕްލޮޓް ބިޑްކޮށްގެން ކާމިޔާބުވި ނަމަވެސް ބާކީ ޕްލޮޓްތައް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އަދި އެހެން ޕާޓީޓަކަށް ޕޮލޮޓްތައް ދެވޭނެ ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ މައުލޫމާތު ސާފުކުރުމަށް ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭނީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށާއި، ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ސާފުކުރުމުގެ މުއްދަތަކީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ “މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް” ގެ ގޮތުގައި އިމާރާތްކޮށް ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު އެޕާޓްމަންޓް ބިލްޑިންއެވެ. އެގޮތުން މި އެޕާޓްމަންޓް ބިލްޑިންތައް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން އެޗްޑީސީން ދަނީ ހޯދަމުންނެވެ.

ހުޅުމާލޭގައި އަލަށް ހަދަން ނިންމާފައިވާ އިމާރާތްތަކުގެ ތެރޭގައި 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އިމާރާތެއް ހިމެނެއެވެ. އަދި 14 ބުރީގެ ތިން އެޕާޓްމަބަންޓުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 24،000 އަކަފޫޓާއި 26،000 އަކަފޫޓު އަދި 30،000 އަކަފޫޓު ހުންނައިރު، 10 ބުރީގެ އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 12،000 އަކަފޫޓެވެ.

މި އިމާރާތްތައް ހަދަން ޝައުގުވެރިވާ ދިވެހި ޕާޓީތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަންޖެހޭއިރު، ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ 100،000 ޑޮލަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް