Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާން ސެމީއަށް، ބާސާ ކޮޅަށް 8 ލަނޑު

ބާސާ އަތުން ބަޔާން މޮޅުވީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2020 | ހުކުރު 21:25
ބާސާ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 8-2 ން

ބާސާ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 8-2 ން

ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާ ބަލިކުރުމަށްފަހު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކް ދަތުރުކޮށްފިއެވެ.

ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ހުކުރު ދުވަހުގެރޭ ކުޅުނު ކުއާޓާފައިނަލް މެޗުން ބާސާގެ މައްޗަށް ބަޔާން ކުރިހޯދީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޔޫރަޕްގެ މުބާރާތެއްގައި މިހާ ތަފާތު ބޮޑުކޮށް ބާސާ ބަލިވި ފުރަތަމަ ފަހަރެވެ.

މުޅި މެޗުގައިވެސް ބަޔާނުން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ރޮބަޓް ލެވަންޑޯސްކީގެ އެހީތެރިކަމާއެކު ބަޔާނަށް ލީޑު ނަގައިދިނީ ތޯމަސް މުލާއެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލަބާ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ.

މި މެޗުގައި ބަޔާނުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 22 ވަނަ މިނެޓުގައެވެ. ސާޖް ގްނަބްރީ ދިން ޕާހަލުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ލިއޯން ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތަކުން ގްނަބްރީ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 31 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗްގެ އެހީތެރިކަމާއެކު މުލާ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ލަނޑެއް ޖަހާ ބާސާއަށް އުންމީދު އާކޮށްދިން ނަމަވެސް، އޭގެ ހަ މިނެޓު ފަހުން އަލްފޮންސޯ ޑޯވިސް ތަނަވަސްކޮށްދިން ފުރުސަތަކުން ކިމިޗް ވަނީ އަލުން ބަޔާންގެ ލީޑު ފުޅާކޮށްފައެވެ.

މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަވަނަ ލަނޑު 82 ވަނަ މިނެޓުގައި ޕިލިއްޕޭ ކުޓީނިއޯ ހުރަސްކޮށްދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މި މެޗުގައި ބަޔާނުން ދެން ކާމިޔާބުކުރި އަނެއް ދެ ލަނޑު އެޓީމަށް ޖަހައިދިނީ ބާސާގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ ކުޓީނިއޯއެވެ.

މި މެޗުން ބަލިވެ ޗެމްޕިއަންސް ލީގުން ބާސާ ކެޓިއިރު، މި ސީޒަނުގައި އެޓީމަށް އެންމެ ކާމިޔާބީއެއްވެސް ހޯދިފައެއް ނުވެއެވެ. މިއީ 2007-2008 ވަނަ އަހަރުގެ ސީޒަނަށްފަހު ބާސާއިން ކާމިޔާބެއް ނުހޯދާ ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ. އެހެންކަމުން ޖެނުއަރީ މަހުގެ ތެރޭގައި ބާސާއާ ހަވާލުވި އެ ޓީމުގެ ކޯޗު ކިކޭ ސެޓިއެން މަގާމުން ދުރުކުރާނެ ކަމަށް ބެލެވެއެވެ.

ބާސާ ބަލިކޮށް ބަޔާން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރިއިރު، ސެމީގައި ބަޔާން ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި މެންޗެސްޓާ ސިޓީ އާއި ލިޔޯން ބައްދަލުކޮށް މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު