Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ފަރުދީ ޒިންމާގެ އިޙްސާސް ފިލައިގެން ދިއުމަކީ، އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް: ޚުތުބާ

14 އޯގަސްޓު 2020 | ހުކުރު 10:13

ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ، އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގުސަދު ހާސިލް ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޯގަސްޓު 2020 | ހުކުރު 10:13
މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ  \'\'ޒިންމާ ނެގުން\'\' މި މައުޟޫއަށް

މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ޒިންމާ ނެގުން\'\' މި މައުޟޫއަށް

މީސްތަކުންގެ ހަޔާތުން ފަރުދީ ޒިންމާގެ އިޙްސާސް ފިލައިގެން ދިއުމަކީ، އެބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު މުސީބާތް ކަމަށާއި، ފަރުދީ ޒިންމާގެ މަތިން އިންސާނާ ހަނދާން ނެތޭ ކޮންމެ ވަގުތަކީ، އޭނާ ދުނިޔެއަށް ވުޖޫދުވި މަގުސަދު އޮޅި ޙަޔާތުގެ މިސްރާބު ހަމަ މަގުން ނެއްޓިގެންދާ ވަގުތެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ''ޒިންމާ ނެގުން'' މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުސްލިމުން ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ނުވަތަ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން މެނުވީ، އިންސާނާ ދުނިޔެއަށް ފޮނުއްވުނު މަގުސަދު ހާސިލް ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހުތުބާގައި ބުނީ މުޖްތަމައެއްގައި ފަރުދީ ޒިންމާ ނެތިގެން ގޮސްފިނަމަ، އެބައެއްގެ ތެރޭގައި އޮތް އިންސާނީ ކަރާމާތް ގެއްލި، ދީނާއި ދުނިޔަވީ އަސާސްތައް ފުނޑުފުނޑުވެ، އަހުލާގީ ސިފަތައް ނެތިވެ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.

މަސްއޫލިއްޔަތާއި ޒިންމާގެ ވައްތަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޒިންމާ އަކީ ފަރުދީ ޒިންމާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިންސާނާ ކުރާ ކޮންމެ ކަމަކީ، ބުނާ ކޮންމެ ބަހަކީ، ކުރާ ކޮންމެ ޙަރަކާތަކީ އަދި އަޅާ ކޮންމެ ފިޔަވަޅަކީ، އެއާމެދު އޭނާ ޒިންމާ ވާންޖެހޭނޭ ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ ފަރުދީ ޒިންމާގެ މުހިއްމުކަން ވަޒަން ކުރެވޭ މީހަކު އެނެކުންގެ އިޙްސާސްތަކަށް ރައްކާތެރިވާނެ ކަމަށާއި، ޣީބަބުނުމާއި ނެތިމޮށުމާއި، ފުރައްސާރަ ކުރުމާއި، ޒިނޭކުރުމާއި، ހަށިފޭރުމާއި، ޖިންސީ ފުރައްސާރަ ކުރުމާއި، އަނިޔާވެރިވުމާއި މިނޫން ވެސް އެންމެހާ ނުބައިކަންކަމުން ދުރުހެލިވާނެ ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަތާ ގުނަވަންތައް ވަކި އިމެއްގައި ތެރޭގައި ކޮންޓްރޯލް ކުރާނެ ކަމަށާއި، މީސްމީޑިއާގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުމެއް ނުކުރާނެ ކަމަށެވެ. އަދި އޭނާ ލިޔާ ލިޔުންތަކާއި، ކުރާ ޓްވީޓުތަކާއި، ފަތުރާ ޕޯސްޓުތަކާއި، ދައްކާ ވާހަކަތައް ވަކި ހުދޫދެއްގައި ބެހެއްޓުމަށް ވަނީ ގޮވާލާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް، ފަރުދީ ޒިންމާގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށް ޚުތުބާގައި ބުނީ ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއް ނުވާކަމާއި، ތިމާ އަދާކުރަން ޖެހޭ ފަރުދީ ޒިންމާގައި ފަރުވާ ކުޑަކޮށްފިނަމަ، އެތައް ފުރާނައެއް ނެތި ދިއުމުގެ ޒިންމާ ތިމާ އުފުލަން ޖެހިދާނެކަން އިޙްސާސް ކުރެވޭ ނަމަ، ގައިދުރުކަމާއި، މާސްކް އެޅުމާއި، އަތް ދޮވުމާއި، މިނޫން ވެސް ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހްތިރާމުކޮށް، ފަރުދީ ޒިންމާ ފުރިހަމަ އަށް އަދާކުރަންޖެހޭ ކަމަށެވެ.

ޚުތުބާގައި ބުނީ ފަރުދީ ޒިންމާއަށް ފަހުގައި ދެން އެންމެ މުހިއްމު ޒިންމާ އަކީ މުޖުތަމައުގެ ޒިންމާ ކަމަށާއި، މުޖުތަމައުގެ އުފާފާގަތިކަމާއި، ސުލްޙަ މަސަލަސްކަމާއި، އަމަންއަމާންކަމަށް، އެންމެންވެގެން އުފުލަން ޖެހޭ މަސްއޫލިއްޔަތުތަކެއް ކަމަށެވެ.

ފާހިޝް އަމަލުތަކާއި، އޮޅުވާލުމާއި، ފަސާދަ އާއި، އަނިޔާވެރިކަމާއި، މިނޫން ވެސް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އެނޫން ވެސް ގޮތްގޮތުން ޙަޟާރަތު ފުނޑުފުނޑުކޮށްލާ އެންމެހާ ކަމަކުން މުޖުތަމައު ސަލާމަތް ކުރުމަށް އެންމެން އެއް އަޑަކުން އެއް ހިތަކުން އެއް ރޫޙެއްގައި އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އެ ޒިންމާތަކާ މެދު ފަރުވާ ކުޑަކޮށްފިކަމުގައިވާނަމަ ހިތި ރަހަ އިޙްސާސްކުރަން ޖެހޭނީ އެންމެން ކަމަށެވެ.

އެގޮތުން ބިދޭސީންގެ މައްސަލަ އާއި، ގޮތް ނޭނގޭ ގަތުލުތަކާއި، މަސްތުވާތަކެތީގެ ވިޔަފާރި އާއި، މަނީ ލޯންޑްރިން އާއި، ފަސާދައިގެ އެންމެހާ ޢަމަލުތައް ހުއްޓުވުމުގައި ކަމާބެހޭ މުއައްސަސާތަކާއި، މުޅި މުޖުތަމައު އެއްވާނެއްގައި އެއް އުޒުމެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، މަސައްކަތް ނުކުރާނަމަ ހިތި ރަހަ އެންމެންގެ ކަރުބުޑުގައި ލާނެ ކަމަށެވެ.

އެހެންކަމުން އެބަޔަކަށް ކެރި ކުޅަދާނަކަން ލިބުނު މިންވަރަކުން މުންކަރާތްތައް ނަހީ ކުރުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2017

އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން އިއުލާން ކޮށްފި

01 ނޮވެމްބަރު 2017
އާއިލާއަށް ފިލައިގެން އުޅޭ އަންހެން ކުއްޖަކު ހޯދަން އިއުލާން ކޮށްފި
25 އޮކްޓޯބަރު 2017

މެމްބަރުން ގެންދިއުމަކީ ކިހާ ގައްދާރު ބައެއްތޯ ސުވާލު ކުރަން ޖެހޭ، އެކުރީ ބަޣާވާތް: ރައީސް

25 އޮކްޓޯބަރު 2017
މެމްބަރުން ގެންދިއުމަކީ ކިހާ ގައްދާރު ބައެއްތޯ ސުވާލު ކުރަން ޖެހޭ، އެކުރީ ބަޣާވާތް: ރައީސް
27 ސެޕްޓެމްބަރު 2017

އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ

27 ސެޕްޓެމްބަރު 2017
އަނިޔާ ހުއްޓުވުމަކީ ފަރުދީ ޒިންމާއެއް، އަޑުއުފުލަން ނުކުންނަވާ:ޔުމްނާ
02 އޯގަސްޓު 2017

ހީވާގޮތުން ރައީސް ޔާމީންގެ ބުއްދި ފިލައިގެން ހިނގައްޖެ:މެންބަރު އަސްލަމް

02 އޯގަސްޓު 2017
ހީވާގޮތުން ރައީސް ޔާމީންގެ ބުއްދި ފިލައިގެން ހިނގައްޖެ:މެންބަރު އަސްލަމް
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
05 ޖޫން 2017

ރާއްޖެއިން ފަހަރަކު މުސްލިމް ޤައުމަކާ ގުޅުން ކަނޑަމުން ދިއުމަކީ ދެރަކަމެއް:ރައީސް މައުމޫން

05 ޖޫން 2017
ރާއްޖެއިން ފަހަރަކު މުސްލިމް ޤައުމަކާ ގުޅުން ކަނޑަމުން ދިއުމަކީ ދެރަކަމެއް:ރައީސް މައުމޫން
22 މެއި 2017

ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއް:ނިޒާރު

22 މެއި 2017
ރައީސް ޔާމީނާއެކު 2018 އަށް ދިއުމަކީ ބޭކާރު ކަމެއް:ނިޒާރު
26 އެޕްރީލު 2017

ބަޑި ބާއްވައިގެން ޤާސިމް ފްރޭމް ކުރަން އުޅޭ މައްސަލަ ބަލަމުން ނުދިއުމަކީ އެކަން ކުރިއަށް ގެންދާކަމަށް ބެލެވޭ ކަމެއް: ޖޭޕީ

26 އެޕްރީލު 2017
ބަޑި ބާއްވައިގެން ޤާސިމް ފްރޭމް ކުރަން އުޅޭ މައްސަލަ ބަލަމުން ނުދިއުމަކީ އެކަން ކުރިއަށް ގެންދާކަމަށް ބެލެވޭ ކަމެއް: ޖޭޕީ
22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
02 މާރިޗު 2017

ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ

02 މާރިޗު 2017
ކައުންސިލް އިންތިޚާބަށް ބޭނުން ކުރާ ތަކެތި ހަރުގެއިން ގެންދިއުމަކީ ކެމްޕޭނަށް ހުރަސްއެޅުން:އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް