Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އެތުލެޓިކޯ ބަލިކޮށް ލެއިޕްޒީގް ފުރަތަމަ ފަހަރަށް ސެމީއަށް

13 އޯގަސްޓު 2020 | ބުރާސްފަތި 21:32

އެތުލެޓިކޯ އަތުން ލެއިޕްޒީގް މޮޅުވީ 2-1 ން

އަތޫފް އާތިފް
އަތޫފް އާތިފް | 13 އޯގަސްޓު 2020 | ބުރާސްފަތި 21:32
ލެއިޕްޒީގާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެއިޕްޒީގް މޮޅުވީ 2-1 ން

ލެއިޕްޒީގާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލެއިޕްޒީގް މޮޅުވީ 2-1 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި ވަރުގަދަ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީފައިނަލަށް އާރްބީ ލެއިޕްޒީގް ދަތުރުކޮށްފިއެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީއަށް ލެއިޕްޒީގް ދަތުރުކުރިއިރު، މިއީ 2009 ވަނަ އަހަރު އުފެދުނު ލެއިޕްޒީގް މި މުބާރާތުގެ ސެމީގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގައި އެޓީމު އެންމެ ފުރަތަމަ ވާދަކުރީ 2017-2018 ވަނަ އަހަރުގެ ސީޒަނުގައެވެ. އެކަމަކު އެފަހަރު ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ.

ކުއާޓާއިން ފެށިގެން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުރިއަށްދާއިރު، ބުރާސްފަތި ދުވަހުގެރޭ ކުޅުނު ކުއާޓާގެ ދެވަނަ މެޗުން އެތުލެޓިކޯގެ މައްޗަށް ލެއިޕްޒީގް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ލެއިޕްޒީގުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މާސެލް ސަބިޓްޒާގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިއަލް އޮލްމޯއެވެ.

މި ލަނޑާއެކު އެތުލެޓިކޯއިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުން ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ އެއްވަރު ކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ފޯވާޑް ޔާއޯ ފެލިކްސްއެވެ.

އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލެއިޕްޒީގުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ސެމީގެ ޖާގައެއް ފުރަތަމަ ފަހަރަށް ކަށަވަރު ކޮށްފައެވެ. އެންޖޮލީނޯ ހުރަސްކޮށްދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމެރިކާގެ ޒުވާން މިޑްފީލްޑަރު ޓައިލާ އެޑަމްސްއެވެ.

މި މެޗުން ބަލިވެ އެތުލެޓިކޯ މުބާރާތުން ކެޓިއިރު، ސެމީގައި ލެއިޕްޒީގް ވާދަކުރަން ޖެހޭނީ އެޓަލާންޓާ ބަލިކޮށް ސެމީއަށް ދަތުރުކުރި ޕީއެސްޖީއާއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް