Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސުލްހައިގެ އެއްބަސްވުން

އިސްރާއީލްއާއެކު ޔޫއޭއީ ތާރީހީ ސުލްހައިގެ އެއްބަސްވުމަކަށް އަތުވެއްޖެ

13 އޯގަސްޓު 2020 | ބުރާސްފަތި 16:52

މައްސަލަތާ މެދު މަޝްވަރާކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2020 | ބުރާސްފަތި 16:52
އިސްރާއީލްއާއެކު ޔޫއޭއީ އެއްބަސްވުމަކަށް އައީ އެމެރިކާ މެދުވެރިވެގެން

އިސްރާއީލްއާއެކު ޔޫއޭއީ އެއްބަސްވުމަކަށް އައީ އެމެރިކާ މެދުވެރިވެގެން

އިސްރާއީލްއާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ތާރީހީ މުހިންމު ސުލްހައިގެ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ ތާރީހީ މުހިންމު ސުލްހައިގެ އެބަސްވުމެއް އިސްރާއީލް ޔޫއޭއީ އާ ދެމެދު އެކުލަވާލާފައިވާ ކަމަށެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ، އަބޫދާބީގެ ކްރައުން ޕްރިންސް އަދި ޑެޕިއުޓީ ސްޕްރިމް ކޮމާންޑަރ އޮފް ޔޫއޭއީ ޝެއިޚް މުހައްމަދު ބިން ޒައިދް މައްސަލަތަކާ މެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަންޕް ވިދާޅުވިއެވެ. އަދި ވިދާޅުވީ އިސްރާއީލް އާއި ޔޫއޭއީ ދެމެދު އޮތް މައްސަލަ ހައްލުކޮށް ދެގައުމުގެ ގުޅުން ރަނގަޅު ގުޅުމަކަށް ބަދަލު ކުރުމަށް އެބަސްވެފައިވާ ކަަމަށެވެ.

މިއެއްބަސްވުމުގެ ދަށުން އިސްރާއީލް ވަނީ ފަލަސްތީންގެ ހުޅަނގު އައްސޭރި ބިނާތައް އިސްރާއީލްގެ ބަޔަކަށް ހެދުން މަޑު ޖައްސާލަން އެއްބަސްވެފައެވެ. ދެގައުމުން ވަނީ ދެގައުމުގެ މެދުގައި ގާއިމްކުރާ ބައިލޭޓްރަލް ގުޅުން ގެންދާނެ ރޯޑްމެޕްއެއް ގާއިމްކުރުމަށް އެއްބަސްވެފައެވެ.

މިއެއްބަސްވުމަކީ ދެގައުމުން އެއްބަސްވުމަކަށް ނާދެވި، ދިގުލައިގެން ގޮސްފައިވާ އެއްބަވުމެކެވެ. ނަމަވެސް އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކޮށް މިއެއްބަސްވުން މިވަނީ އަވަސްކޮށްފައެވެ. މިއެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ރަނގަޅުވާނެ ކަމަށް ގައުމުތަކުގެ ލީޑަރުން ގަބޫލު ކުރެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ހަފްތާގައި އިސްރާއީލް އަދި ޔޫއޭއީ އިން ބައިލޭޓްރަލް އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށް ވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ދެގައުމުން ވެސް ފަތުރުވެރިކަމާއި، ދެގައުމުގެ ދެމެދުގައިި ޑައިރެކްޓް ފްލައިޓް އޮޕަރޭޓް ކުރުމާއި، ޓެލެކޮމިއުނިކޭޝަން، ނެކްނޮލޮޖީ، ސިއްހީ އަދިވެސް އެކިއެކި ދާއިރާތަކުގައި އިންވެސްޓްކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖޫން 2017

އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް

11 ޖޫން 2017
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް
08 ޖޫން 2017

ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ

08 ޖޫން 2017
ޔޫއޭއީން ގަތަރަށް ދޭ ޕޯސްޓުގެ ޚިދުމަތް ކަނޑާލައިފި، ގަތަރުގެ މައްސަލަ ހައްލު ކުރެވޭތޯ މަޝްވަރާ ކުރަނީ
08 ޖޫން 2017

ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ

08 ޖޫން 2017
ސޯޝަލް މީޑިއާގައި ޤަތަރަށް ތާޢީދުކުރުމަކީ ކުށެއް، 15 އަހަރަށް ޖަލަށް ލެވޭނެ: ޔޫއޭއީ
08 ޖޫން 2017

ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި

08 ޖޫން 2017
ގަތަރާމެދު އިގްތިސޯދީ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫއޭއީ އިން ދީފި
07 ޖޫން 2017

ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް

07 ޖޫން 2017
ގަތަރުގެ ޕާސްޕޯޓުގައި ޔޫއޭއީގައި ޓްރާންސިޓްވެސް ނުކުރެވޭނެ، ދަތުރެއްވެސް ނުކުރެވޭނެ: އިއްތިހާދު އެއަރވޭޒް
18 މެއި 2017

ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް

18 މެއި 2017
ސުލްހައިގެ ވާހަކަތަކަށް ނާންނަހާ ހިނދަކު ޓެރަރިސްޓުންނާދެކޮޅަށް ހަމަލާދޭނަން: މާލީގެ ރައީސް
15 ފެބުރުއަރީ 2017

ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ

15 ފެބުރުއަރީ 2017
ޔޫއޭއީން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިޔާވެއްޖެ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ

25 ޖެނުއަރީ 2017
ސީރިޔާގެ ސުލްހައިގެ މަޝްވަރާތައް ފެށިއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް