Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޕެޓްރޯލް ޝެޑްތައް

އަމާޒަކީ ސެލްފް ސަރވިސް ޝެޑްތަކެއް ޤާއިމުކުރުން: އެފްއެސްއެމް

ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދިވެސް ހަމައެކަނި ފައިސާ ބޭނުންކުރާ ކަސްޓަމަރުން އުޅުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 13 އޯގަސްޓު 2020 | ބުރާސްފަތި 13:17
ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް

ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް

އަމާޒަކީ ސެލްފް ސަރވިސް ޝެޑްތަކެއް ޤާއިމުކުރުންކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފިއުލް ސަޕްލައިސްގެ ސޭލްސް އެޗްއޯޑީ މުހައްމަދު ސައީދު ވިދާޅުވީ އެފްއެސްއެމް އިން މިއަހަރު އަމާޒު ހިފީ މާލެ ސިޓީގައި ހުރި ޕެޓްރޯލް ޝެޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ޝެޑަކީ ސެލްސް ސަރވިސް ޝެޑަށް ހެދުން ކަމަށެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅިގެން ދިޔައީ މުޅި ދުނިޔެއަށް ވެސް މި ދިމާވި އެންމެ ބޮޑު ޕެންޑަމިކްގެ ސަބަބުން ކަމަށާއި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ޝެޑްގެ ސެޓަޕް ވެސް ހަދާފައިވާނީ ކޭޝް ލެސްކޮށް ހިދުމަތް ދެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - businessAdvertisement

އެ ޝެޑަށް ބޭނުންވާ ސާމާނު (ސޮފްޓްވެއަރ އިންސްޓޯލް ކުރުމާއި ކާޑް ރީޑަރ ހަރުކުރުން) ލިބިއްޖެނަމަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެގޮތަށް ޝެޑް ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ކާނިވާ ކައިރީގައި ހުންނަ އެފްއެސްއެމް 2 އަދި އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެފްއެސްއެމް 4 އީޒީފިލް އިން ކޭޝްލެސް ހިދުމަތް ދޭން މިހާރު ފަށާފައިވާއިރު އެ ހިދުމަތް ތައާރަފުކޮށް، ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދިވެސް ހަމައެކަނި ފައިސާ ބޭނުންކުރާ ކަސްޓަމަރުން އުޅުން ކަމަށާއި އެއްވެސް ގޮތަކަށް ކާޑު ބޭނުން ނުކުރައްވާ ކަސްޓަމަރުން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެ ފުރިހަމަ ގޮތުގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ދަތިވާކަމަށް މުހައްމަދު ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުުރުން ތެޔޮ އެޅުމަށްފަހު ފައިސާ ދައްކާއިރު ވެސް ބައެއް ޓެކްނިކަލް މައްސަލަތައް ދިމާވާ ކަމަށް މުހައްމަދު ސައީދު ވިދާޅުވިއެވެ.

މިވަގުތު ހަމައެކަނީ ބީއެމްއެލްގެ ކާޑު ބަލައިގަތަސް ކުރިއަތް އޮތް ތާނގައި އުރީދޫ އަދި ދިރާގު ޕޭ ގެ ހިދުމަތް ވެސް ލިބިގެންދާނެ ކަަމަށް އެފްއެސްއެމް އިން ބުނެއެވެ. މިހާރު އެ ދެ ޕެޓްރޯލް ޝެޑްގައި ވެސް ހިދުމަތް ފަށާފައިވަނީ އަޖުމަ ބަލާލުމުގެ ގޮތުން ކަމަށާއި ނަތީޖާއަށް ބެލުމަށް ފަހު އިތުރު ޝެޑްތަކުގައި މި ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް މުހައްމަދު ސައީދު ވިދާޅުވިއެވެ.

މުހައްމަދު ސައީދު އިތުރަށް ވިދާޅުވީ ހުޅުމާލޭއަށް ވުރެން ކުރިން މާލޭގައި އެ ހިދުމަތް ދޭން ބޭނުންވާ ކަމަށެވެ. އެއީ މާލޭގައި ހުރި ޝެޑްތައް ގިނަވެފައި، ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެފްއެސްއެމް އިން ބުނީ މި ބަދަލު ގެނެވުނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާއި އެއްގޮތަށް ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެފްއެސްއެމް އިން މިވަގުތު މާލެސިޓީގައި ހަތަރު ޕެޓްރޯލް ޝެޑް ހިންގަމުން އަންނައިރު ވިލިމާލޭގައި ވެސް ޕެޓްރޯލް ޝެޑެއް ހިންގަމުންދެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ބީއެމްއެލްއިން އޭދަފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި

ބީއެމްއެލްއިން އޭދަފުށީގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރެއް ގާއިމްކޮށްފި

19 އެޕްރީލު 2018
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލޭގައި ގާއިމްކޮށްފި

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ވިލިމާލޭގައި ގާއިމްކޮށްފި

07 ފެބުރުއަރީ 2018
ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި

ސެލްފް ސާރވިސް ބޭންކިންގ ސެންޓަރެއް ޤާއިމްކޮށް ވިލިމާލެ ބްރާންޗަށް ޒަމާނީ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފި

06 ފެބުރުއަރީ 2018
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން

ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ފޯރުކޮށްދިނުން

23 ޑިސެމްބަރު 2017
އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު

އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު

30 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު