Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައްޔާުގެ އިތުބާރުނެތްކަމުގެ ވޯޓް

ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބައޮތް

އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ސޯލިޙުގެ ވެރިކަން ދެމެހެއްޓުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އޯގަސްޓު 2020 | ބުދަ 17:47
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ގޮތުން ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި ޖޭޕީން ބުނީ، އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް ސޯލިޙުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ރައީސް ކުރައްވާ މަސައްކަތްތަކަށް ޖޭޕީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް އެ ޕާޓީގެ ތަރުޖަމާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖޭޕީން އިތުރަށް ބުނީ، ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މައްސަލައިގައި މިހާތަނަށްވެސް އެ ޕާޓީއާ އެއްވެސް ފަރާތަކުން މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ރައީސް ސޯލިޙުގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އަބަދުވެސް އޮންނަ ކަމަށާއި، ކަމެއް ގޯސްކޮށް ދާނަމަ އެކަމެއް ހާމަ ކުރާނެ ކަމަށް ބުނެފައިވެއެވެ.

ފައްޔާޒުއަށް އިތުބާރުކުރައްވާ ކަމަށް ވިދާޅުވި މެމްބަރުންގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބް މާލީ އަލީ ނިޔާޒު އާއި، މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގްނީ އާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ސޮއީ ހޯދަން ކުރާ މަސައްކަތްތަކާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ވަރުގެ ކަމެއް ނުކުރައްވާ ކަމަށެވެ. އަދި ގަބޫލުކޮށްގެން ހުރީ މަސައްކަތްކުރަމުން މި ގެންދަވަނީ ވަރަށް ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު