Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިނޭންސް މިނިސްޓްރީ އާ މެދު ކުރެވޭ ތުހުމަތުތައް

ފިނޭންސް މިނިސްޓްރީ އާމެދު މަޖިލީހުން ކުރާ ތުހުމަތުތަކާއި ގުޅިގެން މާލީ އިދާރާތަކުގެ އިތުބާރު ގެއްލިގެން ހިނގައިދާނެ: އަމީރު

ފިނޭންސް މިނިސްޓްރީން މިހާރު ހާމަކުރާ މާލީ މައުލޫމާތުތަކަކީ މާލީ އިދާރާތަކުން ބަލައިގެންފައިވާ މައުލޫމާތުތަކެއް ކަމަށް އަމީރު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އޯގަސްޓު 2020 | އަންގާރަ 14:01
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކޮމިޓީގައި ވާހަކަދައްކަވަނީ

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ކޮމިޓީގައި ވާހަކަދައްކަވަނީ

ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުން އުފައްދަމުންދާ ސުވާލުތަކާއިއެކު މީޑިޔާގައި އުޅޭ "ނެގެޓިވް ހެޑްލައިން"ގެ ސަބަބުން މާލީ އިދާރާތަކުގެ އިތުބާރު ގެއްލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ފާޅުކުރައްވައިފި އެވެ.

ދައުލަތުގެ ދަރަނި ހުރިވަރު ސާފުނުވާ ކަމަށް ބުނެ، މުޅި މަޖިލީހުގެ ކޮމީޓިން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން ރާއްޖޭގެ ދަރަނީގެ ކަންކަން ބަލަހައްޓަމުން ނުދާ ކަމަށް ވިދާޅުވެ، ފިނޭންސުގެ ތަފާސްހިސާބުތަކާ މެދު ސުވާލު އުފެދޭ ގޮތަށް މަޖިލީހުގެ މެންބަރުން ތުހުމަތުތައް ކުރައްވާ، ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދެއްކެވުމުން އޭގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މިމައްސަލައާ ގުޅޭގޮތުން މެމްބަރުން ވަނީ ވާހަކަދައްކަވާފައެވެ. އެއާގުޅިގެން މީޑިޔާތަކުގައި "ނެގެޓިވް ހެޑްލައިން" ތައް އުޅޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެގޮތުން މިނިސްޓަރ ވަނީ އެފަދަ ހެޑްލައިނެއް ދައްކަވާ ކޮމިޓީގައި ވިދާޅުވެފައެވެ.

"ނެގެޓިވް ހެޑްލައިންސްތައް މިސާލަކަށް އިއްޔެ ހެޑްލައިނަކަށް މިއަރަނީ ފިނޭންސް މިނިސްޓަރ ނެގްލިޖެންސް އިން މެނޭޖިންގ ސްޓޭޓް ޑެޓް"މިނިސްޓަރ ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރކަމުގައި ހުންނެވި އަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިންޓަގްރިޓީ ހިފެހެއްޓުމަށް ބޭނުންފުޅުވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފިނޭންސް މިނިސްޓްރީން މިހާރު ހާމަކުރާ މާލީ މައުލޫމާތުތަކަކީ މާލީ އިދާރާތަކުން ބަލައިގެންފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

ފިނޭންސް މިނިސްޓަރުކަން ރައީސް ޔާމީންގެ ސަރުކާރުގައި ކުރެއްވި ދެ ވަޒީރުންކަމަށްވާ އަބްދުﷲ ޖިހާދު އާއި އަހުމަދު މުނައްވަރު އަދި މިހާރުގެ ފިނޭންސް މިނިސްޓަ އަމީރު ދައުލަތުން ދަރަނީގެ ކަންކަން ބެލެހެއްޓުމުގައި މައްސަލައެއް އުޅޭގޮތަށް ކަންކަން ނުކުރާކަމަށް ވިދާޅުވެ ވާހަކަދެއްކެވެމުން ކޮމިޓީ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ތިން ފިނޭންސް މިނިސްޓަރުން ވެސް ދަރަނި ރަނގަޅަށް މެނޭޖު ކުރައްވަމުންދާ ކަމަށް ވިދާޅުވި ނަމަވެސް މިއަދު ވެސް އިތުރަށް ސާފުވީ، ދަރަނި މެނޭޖު ކުރުމުގެ ކަންކަން ރަނގަޅަށް ނުދާ ކަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ގެރެންޓީ ދިން ލޯނެއް ނުދެއްކިގެން އެ ދެއްކުމަށް ދައުލަތަށް ލޯނު ދިން ބޭންކުން އެންގުންކަމަށެވެ. މިއީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައި ނުވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މިއީކީ އެކެއް އަނެކެއްގެ މޫނަށް ބަލައިގެން ހެޔޮވާން ވެގެން ރުއްސަން ވެގެން ގޮސް ނުކޮށް ތިބޭވަރު ކަމެއް ނޫން، އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރިއެއް މާލީ ވަޒީރަކީ. އެވިދާޅުވީ އަޅުގަނޑުގެ ޕާޓީގެ މެމްބަރެކޭ އަދި އަޅުގަނޑުގެ އަމިއްލަ ޝެޑޯ ކެބިނެޓްގެވެސް މެމްބަރެއް އެއީ. އަޅުގަނޑު އެބޭފުޅާއަށް އިތުބާރު ކުރަމޭ."ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދިމާވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ތަކުރާރުކޮށް ތިން ވަޒީރުން ވިދާޅުވަމުން ގެންދެވީ ދަރަނި މެނޭޖްކުރުމުގެ ކަންކަން ފިނޭންސް މިނިސްޓްރީ ތެރޭގައި ހިނގަނީ ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި މިހާރުގެ ފިނޭންސް މިނިސްޓަރ އަމީރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ދަރަނީގެ ކަންތަކުގައި ބޭނުންވާ މައުލޫމާތުތައް މަޖިލީހަށް ގަވާއިދުން ފޮނުއްވަމުން ގެންދަވާކަމަށާއި މިކަމުގައި އޮޅުން އަރާކަމެއް ނޫޅޭނެކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި އިންނެވި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ދައުލަތުން ސޮވަރިން ގެރެންޓީތައް ދޫކުރުމުގައި ފިނޭންސުން ގޯސްކޮށް ކަންތައްތަކެއް ހިންގާފައި އޮތް ކަމަށް މިހާތަނަށް ކުރެވިފައި ހުރި އޮޑިޓްތަކުން ފެންނަން ނެތް ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު