Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީގެ ދީލަތި އެހީ އާޖެންޓީނާއަށް

އާޖެންޓީނާގެ ހޮސްޕިޓަލްތަކަށް މެސީ 50 ވެންޓިލޭޓަރު ހަދިޔާކުރަނީ

11 އޯގަސްޓު 2020 | އަންގާރަ 07:13

މިހާތަނަށް 38 ވެންޓިލޭޓަރު އާޖެންޓީނާއަށް ފޮނުވާފައިވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޯގަސްޓު 2020 | އަންގާރަ 07:13
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ

ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ ގޮތުން ބާސެލޯނާގެ ތަރި ލިއޮނެލް މެސީ، އޭނާގެ އުފަން ގައުމު ކަމަށްވާ އާޖެންޓީނާގެ ހޮސްޕިޓަލްތަކަށް 50 ވެންޓިލޭޓަރު ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އީއެސްޕީއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީ ވަނީ އޭނާ އުފަންވި ސިޓީ ކަމަށްވާ ރޮސާރިއޯގެ އިތުރުން ދެން ބޭނުންޖެހިފައިވާ އާޖެންޓީނާގެ އެހެން ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް 50 ވެންޓިލޭޓަރު ހަދިޔާކުރުމަށް ނިންމާފައެވެ. އެގޮތުން މިހާތަނަށް 38 ވެންޓިލޭޓަރު އޭނާ އާޖެންޓީނާއަށް ފޮނުވާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކުރިއަށް ހަފުތާއެއްހާ ދުވަސްތެރޭގައި ބާކީ ހުރި ވެންޓިލޭޓަރުތައްވެސް ފޮނުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ހަނގުރުމާކުރުމަށް އެހީތެރިވުމުގެ އާޖެންޓީނާއަށް މެސީ 50 ވެންޓިލޭޓަރު ހަދިޔާ ކުރާއިރު، މީގެ ކުރިންވެސް މެސީ ވަނީ އާޖެންޓިނާގެ ގިނަ ހޮސްޕިޓަލްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން މެއި މަހުގެ ތެރޭގައި އާޖެންޓީނާގެ ހަ ހޮސްޕިޓަލަށް ފަސް ލައްކަ ޔޫރޯ ހަދިޔާ ކުރިއިރު، މި ފައިސާ ބޭނުން ކޮށްފައިވަނީ އެ ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނުތައް ގަތުމަށެވެ.

އަދި މާޗު މަހުގެ ތެރޭގައި މެސީ ވަނީ ދެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ. އެފަހަރު މާލީ އެހީތެރިކަން ފޯރުކޮށްދިން އެއް ހޮސްޕިޓަލަކީ ބާސެލޯނާގެ ކްލިނިކް ޑި ބާސެލޯނާއެވެ. ދެން އެހީތެރިކަން ފޯރުކޮށްދިނީ އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ މި ބަލިމަޑުކަމާ ގުޅިގެން ގިނަ ފުޓްބޯޅަ ތަރިން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މީގެ ކުރިން ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ފުޓްބޯޅަ ތަރިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށް، އެ ކުޅުންތެރިންނަށް ތައުރީފުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
03 ޖޫން 2017

އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ

03 ޖޫން 2017
އާޖެންޓީނާގެ ކޯޗުކަމާއި ސަމްޕައޮލީ ހަވާލުވެއްޖެ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް