Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާއްސަ ޙާލަތްތަކުގައި އިސްތިއުނާފް ކުރުން

ޚާއްސަ ޙާލަތްތަކުގައި އިސްތިއުނާފް މުއްދަތަކީ 30 ދުވަސްކަމަށް ކަނޑައަޅާ މާއްދާއަށް އަމަލު ކުރަން އަންގައިފި

10 އޯގަސްޓު 2020 | ހޯމަ 18:12

ފުލުހުންގެ މަރުކަޒުތަކުގައި ކޮވިޑް-19 ފެތުރުމުގެ ބިރު އެބައޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 އޯގަސްޓު 2020 | ހޯމަ 18:12
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޚާއްސަ ޙާލަތްތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުގައި މައްސަލަ އިސްތިއުނާފް ކުރާ މުއްދަތަކީ 30 ދުވަސް ކަމަށް ކަނޑައަޅާ މާއްދާއަށް އަމަލު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިފިއެވެ.

ހޯމަ ދުވަހު ޕީޖީ ހުސައިން ޝަމީމް އެންގެވި އެންގެވުމެއްގައި ވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޢާންމު އުޞޫލުތަކުގެ ދަށުން މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ފޮނުވުމަށް ދަތިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުންވެސް ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ފުލުހުންގެ މަރުކަޒުތަކުގައި ކޮވިޑް-19 ފެތުރުމުގެ ބިރު އޮތުމާއި، ހެކިބަސް ދޭންތިބި މީހުންވެސް ކޮވިޑް-19 ގެ ސަބަބުން ފުލުހުންގެ މަރުކަޒުތަކަށް ޙާޟިރުވުމުގެ ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވާފައިވެއެވެ. އަދި ޤާނޫނީ ވަކީލުންނަށް ފުލުހުންގެ މަރުކަޒުތަކަށް ނުވަތަ މީހުން ބަންދުކޮށްފައިވާ މަރުކަޒުތަކަށް ޙާޟިރުވުމުގައި ފުލުހުންނަށާއި ޤާނޫނީ ވަކީލުންނަށްވެސް ނުރައްކަލެއް އޮތްކަމަށް ބަޔާން ކޮށްފައިވެއެވެ.

އެއާއެކު ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މުޅި ރާއްޖޭގައި އުވައިލަންދެން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-203 ވަނަ މާއްދާގެ (ބ) ގެ އިން، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން އެ ޤާނޫނުގެ ނަވާވީސް-1 ވަނަ ބާބުގައި ބަޔާންކުރާ ތަޙްޤީޤުކުރުމާއި ދަޢުވާކުރުމާ ގުޅޭ އުޞޫލުތަކަށް އަމަލު ކުރުމަށް ޕީޖީ ޝަމީމް ވަނީ އަންގަވާފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ނަވާވީސް-1 ވަނަ ބާބުގައި ހިމަނާފައިވަނީ ޚާއްސަ ޙާލަތްތަކުގައި އަމަލު ކުރާނެ ޚާއްސަ އިޖުރާއަތުތައް ބަޔާންކޮށްފައެވެ. އެގޮތުން ޚާއްސަ ޙާލަތްތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުގައި މައްސަލަ އިސްތިއުނާފް ކުރާ މުއްދަތަކީ 30 ދުވަސް ކަމަށް ބަޔާން ކޮށްފައިވެއެވެ.

އޭގެ އިތުރުން، ތަހުޤީޤު ފުރިހަމަކޮށް ދައުވާ ކުރުމަށް މުއްދަތުތަކެއް ކަނޑައަޅާފައިވާ މައްސަލަތަކުގައިވެސް އެކަމަށް ހުރަސްތަކެއް ހުރިކަމަށް ސަބަބާއެކު ޕީޖީ އޮފީހަށް ހުށައެޅުމުން، ތަހުޤީޤު ފުރިހަމަކޮށް ދައުވާ އުފުލުމަށް އިތުރު 60 ދުވަސް ދިނުމުގެ މުއްދަތު ޕީޖީ އޮފީހަށް ލިބިގެންވާކަމަށްވެސް އެ ބާބުގައި ބަޔާން ކޮށްފައިވެއެވެ.

ޚާއްސަ ޙާލަތްތަކުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އަމަލު ކުރާނެ ގޮތް ބަޔާން ކުރާ މި ބާބުގައި އިތުރަށް ބުނެފައިވަނީ، ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން މީހެއްގެ މައްޗަށް ގިނަވެގެން 60 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންވާނެ ކަމަށާއި، ދައުވާ އުފުލި ތާރީޚުން ފެށިގެން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ކޯޓުން ޙުކުމް ކުރަންވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
14 މާރިޗު 2017

ރާއްޖެ ޓީވީގެ ޒަރީރަށް ކުރި ހުކުމް އިސްތިއުނާފް ކޮށްފި

14 މާރިޗު 2017
ރާއްޖެ ޓީވީގެ ޒަރީރަށް ކުރި ހުކުމް އިސްތިއުނާފް ކޮށްފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
26 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް