Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންފަންޓީނޯގެ މައްޗަށް ކުރާ ތުހުމަތުތައް

އެއްވެސް ކަމެއް ސިއްރެއް ނުކުރަން: އިންފަންޓީނޯ

10 އޯގަސްޓު 2020 | ހޯމަ 14:27

އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް އަންނަނީ ބަލަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 އޯގަސްޓު 2020 | ހޯމަ 14:27
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ތުހުމަތުތަކަށް އިންފަންޓީނޯ ވަނީ އިންކާރު ކުރައްވާފައި

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ތުހުމަތުތަކަށް އިންފަންޓީނޯ ވަނީ އިންކާރު ކުރައްވާފައި

ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަމުން ގެންދިޔަ ކަމުގައިވިޔަސް، އެކަމުގައި އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އިންފަންޓީނޯއާ ގުޅޭ ގޮތުން ބާރާއި ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއް ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން ބަލަމުން އަންނައިރު، ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރެއް ކަމުގައިވާ ސްޓެފަން ކެލާ ވިދާޅުވީ އެ ގައުމުގެ އެޓާނީ ޖެނެރަލް މައިކަލް ލޯބާ އާއެކު އިންފަންޓީނޯ ބޭއްވި ބައްދަލުވުންތަކުގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިންފަންޓީނޯގެ މި މައްސަލަ ނިމެންދެން އޭނާ މަގާމުގެ ޒިންމާ އަދާކުރުމުގައި ދެމި ހުރުމާ މެދު ގޮތެއް ނިންމަން ޖެހިއްޖެނަމަ އެކަން ކުރާނީ ފީފާގެ އެތިކްސް ކޮމިޓީން ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ފީފާގެ މެންބަރު 211 ގައުމުގެ އިދާރާތަކަށް އިންފަންޓީނޯ ފޮނުވި ސިޓީއެއްގެ މައުލޫމާތު އޭއެފްޕީން ހާމަކޮށްފައިވާއިރު، މި ސިޓީގައި މި މައްސަލައިގައި އެއްވެސް ކަމެއް ސިއްރު ނުކުރާ ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވާ ކަމަށް އޭއެފްޕީން ވަނީ ބުނެފައެވެ. އަދި ޤާނޫނުން ބޭރުން އެއްވެސް ކަމެއް ނުވެސް ކުރާނެ ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އިންފަންޓީނޯގެ މައްސަލައިގައި ސްވިޒަލެންޑްގެ ޕްރޮސެކިއުޓަރުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އިންފަންޓީނޯގެ މައްޗަށް ތަހުގީގު ކުރަމުން އަންނަނީ ޕަބްލިކް އޮފީހެއް ނަހަމު ގޮތުގައި ބޭނުންކުރުމާއި، ސިއްރިއްޔާތުގައި އޮފީހުގައި ބައްދަލުވުންތަކެއް ބޭއްވުމާއި، ޤާނޫނާ ޚިލާފަށް އަމަލުތަކެއް ހިންގުމުގެ އިތުރުން އެފަދަ ބަޔަކަށް އެހީތެރިވި މައްސަލަ ކަމަށެވެ.

މީގެ ކުރިން އިންފަންޓީނޯ ވިދާޅުވީ ލޯބާ އާއެކު ބައްދަލުވުންތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އެކަމަކު އެއިން އެއްވެސް ބައްދަލުވުމެއްގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްބާރުލުން ދީފައިވެސް ނުވާނެ ކަމަށެވެ. އަދި ސްވިޒަލެންޑްގެ އެޓާނީ ޖެނެރަލްއާ ބައްދަލުކުރުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާގެ ރައީސް އިންފަންޓީނޯގެ މައްސަލައެއް ބަލަމުން އަންނައިރު، ފީފާގެ ކޮރަޕްޝަންގެ މައްސަލަ އެންމެ ބޮޑުވެގެން އައީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ފީފާގެ ރައީސްގެ މަގާމުގައި ހުންނެވި ސެޕް ބްލެޓާގެ މައްޗަށް ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ފޯރުވިކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ބްލެޓާ ސަސްޕެންޑް ކުރަންވެސް ނިންމިއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ

07 އެޕްރީލު 2017
ތިން ޕޮއިންޓް ލިބުމުން ހުރިހާ ކަމެއް ފުރިހަމަވެއްޖެ: ނިޒާމްބެ
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
04 އެޕްރީލު 2017

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް