Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންކަމް ސަޕޯޓް އެލަވަންސް

ޑިސެމްބަރު މަހުން ފެށިގެން ވަޒީފާއަށް އަސަރުކުރި މީހުންނަށް އެލަވެންސް ދެނީ

10 އޯގަސްޓު 2020 | ހޯމަ 08:52

މީގެެ ކުރިން އެލަވެސް ދެމުން އައިސްފައިވަނީ މާޗު މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޯގަސްޓު 2020 | ހޯމަ 08:52
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން އެބައެއްގެ ވަޒީފާއަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން އަސަރުކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްދޭ ގޮތަށް އެ އުސޫލު ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުން ގެޒެޓުކޮށްފައިވާ "ކޮވިޑް19 އާއި ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވެސް ދިނުމާ ބެހޭ އުސޫލު" ގައި ބުނެފައިވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާއި ގުޅިގެން އެބަޔެއްގެ ވަޒީފާ އަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެސް ލިބޭ ޝަތުރު ހަމަވާ މީހުންނަށް އެލަވެންސް ދޭން ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެެ ކުރިން އެލަވެސް ދެމުން އައިސްފައިވަނީ މާޗު މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ. ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ކަމަށް ބަލާނީ ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ އަށް ފޮނުވައިފައިވުމާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވުމެވެ.

ވަޒީފާ އަދާކުރާ ފަރާތްތައް ކަމަށް ބުނެފައިވަނީ، ލިޔުމުން ވެފައިވާ އެއްބަސްވުމެއް އޮވެގެން ނުވަތަ އެފަދަ އެއްބަސްވުމެއް ނެތް ނަމަވެސް، 1 ޑިސެމްބަރ 2019 އިން ފެށިގެން އެލަވަންސަށް އެދި ހުށަަހަޅާ ތާރީޚީ ހަމައަށް އޮންނަ މުއްދަތުގެ ތެރެއިން އެއްވެސް އިރެއްގައި، އެއްވެސް ފަރާތެއްގެ ދާއިމީ ވަޒީފާއެއްގައި ނުވަތަ ވަގުތީ ވަޒީފާއެއްގައި ހުރި ކޮންމެ ފަރާތަކަށެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ވެސް ހިމެނެއެވެ. އަދި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް މިއުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލެވެންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ. މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ.

މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ ފަސްހާސް ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ފަސްހާސް ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެމީހަކަށް ލިބޭނެއެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެއެވެ. ނަމަވެސް ފަންނާނުންނާއި އާާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭ ގޮތަށް މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށް މި އުސޫލުގެ ދަށުން އެލަވެންސަށް ކުރިމަތި ލެވޭނެއެވެ.

އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އެއްވެސް ފަރާތްތަކަށް، ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ނުވަތަ އެސްއެމްއީ ބޭންކުން ލޯނުގެ ގޮތުގައި އެހީއެއް ދޫކޮށްފައިވާނަމަ، މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭ ފަރާތްތަކުގެ ތެރެއިން، އެޕްރީލް، މެއި، ޖޫން މި ތިންމަހުގެ އެލަވަންސުން އެ ފަރާތެއް އިސްތިސްނާ ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މި އުސޫލުގައި ބުނާގޮތުން އެލަވަންސް ދޭނީ ހަމަސް ދުވަހުގެ މުއްދަތަށް މިއަހަރުގެ އޭޕްރީލް، މެއި، ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ދެވޭ އެލަވަންސްގެ ގޮތުގައެވެ. އެލަވަންސަށް އެދި ހުށަހަޅާނީ ޖޮބް ސެންޓަރު މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ފޯމަކުންނެވެ.

މިއުސޫލުގެ ދަށުން އެލަވަންސަށް އެދުމުގައި އެއްވެސް ފަރާތަކުން ދޮގު މައުލޫމާތު ދީފައިވާކަން ނުވަތަ ޞައްހަ ނޫން ލިޔުމެއް ހުށަހަޅާފައިވާކަން އިކޮނޮމިކް މިނިސްޓްރީއަށް ސާބިތުވެއްޖެނަމަ އެމީހެއްގެ އެޕްލިކޭޝަން ބާތިލް ކުރާނެއެވެ. އަދި އެމީހަކަށް އެލަވަންސް ދޭން ފަށާފައިވާނަމަ އެ އެލަވަންސް ދިނުން ހުއްޓާލައި އެމީހަކަށް އެހާތަނަށް ދޫކޮށްފައިވާ އެލަވަންސް އަނބުރާ ދެއްކުމަށް އަންގާނެއެވެ. ފައިސާ އަނބުރާ ނުދައްކާ މީހުންގެ ކިބައިން އެފައިސާ ހޯދުމަށް މަދަނީ ދައުވާ އުފުލުމަށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
23 މާރިޗު 2017

ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި

23 މާރިޗު 2017
ރޯގާއާ ގުޅިގެން ވަޒީފާއަށް ނުނިކުންނަ ގޮތް ހަމަޖެއްސި މާބަނޑު މީހުން ވަޒީފާއަށް ނުކުތުމަށް އަންގައިފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް