Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެއިރޫގައި ބާރުގަދަ ގޮވުމެއް ގޮވުން

ލުބުނާނަށް 300 މިލިއަން ޑޮލަރުގެ އެހީއެއް، އެހީ ސީދާ ރައްޔިތުންނަށް

10 އޯގަސްޓު 2020 | ހޯމަ 08:36

36 ގައުމަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އޯގަސްޓު 2020 | ހޯމަ 08:36
ލުބުނާނަށް އެހީތެރިވުމަށް ކުރިޔަށް ގެންދިޔަ ވީޑިއޯ ކޮންފެރެންސް

ލުބުނާނަށް އެހީތެރިވުމަށް ކުރިޔަށް ގެންދިޔަ ވީޑިއޯ ކޮންފެރެންސް

ލުބުނާންގެ ވެރިރަށް ބެއިރޫތްގެ ބަނދަރު ސަރަހައްދުގައި ބާރުގަދަ ގޮވުމެއް ގޮވާ އެ ސިޓީއަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ގައުމުތަކުން ކުރިޔަށް ގެންދިޔަ ކޮންފެރެންސްގައި 300 މިލިއަން ޑޮލަރު ލުބުނާނަށް ދިނުމަށް ގައުމުތަކުން އެއްބަސްވެއްޖެއެވެ.

ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ މިބައްދަލުވުމަށްފަހު ގައުމުތަކުން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެހީ ދާނީ ސީދާ ލުބުނާންގެ ރައްޔިތުންނަށް ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް މިނިވަން އަދި ހާމަކަން ބޮޑު ތަހުގީގެއް ކުރިޔަށް ގެންދިޔުމަށް ލުބުނާނަށް އެހީތެރިވުމަށްވެސް ގައުމުތަކުން ވަނީ އެއްބަސްވެފައެވެ.

މިދިޔަ ހަފްތާގައި ބެއިރޫތްގައި ގޮވި ބާރުގަދަ ގޮވުމަކީ މިފަހުގެ ތާރީޚުގައި ދުނިޔެ ދެކިފައިވާ އެންމެ ބޮޑު ގޮވުމަށްވާއިރު އެގޮވުމުގައި 150ށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 6000ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އެކި ގައުމުތަކުން ބައިވެރިވި މިބައްދަލުވުން ކުރިޔަށް ގެންދަވާފައިވަނީ ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންއެވެ. މެކްރޮން ވިދާޅުވީ ބައްދަލުވުމުގެ ތެރެއިން ގައުމުތަކުން 298 މިލިއަން ޑޮލަރު ދިނުމަށް ވައުދު ވެފައިވާކަމަށެވެ. އަދި ބައްދަލުވުން ހުޅުއްވައިދެއްވަމުން ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ ބައްދަލުވުމުގެ ތެރެއިން އެއްކުރެވޭ ފައިސާ ހޭދަކުރާނީ ސިއްހީ ނިޒާމާއި، ތައުލީމު އަދި ގެދޮރުގެ ކަންކަން ހައްލުކުރުމުގެ އިތުރުން ފުޑް ސެކިޔުރިޓީއަށް ކަމުގައެވެ.

ފާއިތުވި 20 އަހަރުތެރޭގައި ފްރާންސުން ވަނީ ލުބުނާނަށް އެހީތެރިވުމަށް މިފަދަ ހަތަރު ކޮންފެރެންސެއް ބާއްވާ 20 ބިލިއަނަށްވުރެ ޑޮލަރު ހޯދާފައިވެއެވެ. މިއިން ކޮންމެ އެހީތެރިކަމެއްވެސް ފޯރުކޮށްދީފައިވަނީ ގައުމުގައި ހުރި ކަންކަން އިސްލާހުކުރުމަށް ޝަރުތުކޮށެވެ.

ބެއިރޫތްގައި ބާރުގަދަ ގޮވުމެއް ގޮވާފައިވަނީ އެ ގައުމުގެ އިގްތިޞާދު ގޮތުން ބޮޑު އަޑިގަނޑެއްގެ ތެރޭގައި ވަނިކޮށެވެ. ބާރުގަދަ ގޮވުމުގެ ސަބަބުން ބޭރޫތުގެ ތިން ލައްކައެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިގެން ގޮސްފައެވެ.

ބެއިރޫތްގެ މިގޮވުމުގެ ސަބަބުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ވަނީ ހަލާކުވެގެން ގޮސްފައެވެ. އާދިއްތަ ދުވަހުގެ ވީޑިއޯ ކޮންފެރެންސްގައި 36 ގައުމަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގަތަރުގެ އަމީން ޝެއިޚް ތަމީމް ބިން ހަމަދް އަލް ޘާނީ، އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ ދެވަނަ އަދި މިސްރުގެ ރައީސް ފައްތާހު އަލް ސީސީ ވަނީ ބައިވެރިވަޑައިގެންފައެވެ.

ބައްދަލުވުމުގެ ތެރެއިން އެހީތެރިކަންދިނުމަށް އެއްބަސްވެ ފައިސާ ލުބުނާންގެ ރައްޔިތުންނަށް ޚަރަދުކުރާނީ އދ އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި އެންޖީއޯތައް މެދުވެރިކޮށެވެ. އަދި މިއެހީތެރިކަން ހޭދަކުރާ ގޮތް ގާތުން އދ އިން ބަލަމުންދާނެ ކަމަށް ފްރާންސްގެ ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
24 ޖެނުއަރީ 2017

އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި

24 ޖެނުއަރީ 2017
އޮބާމާ ވެރިކަން ނިންމަވާލެއްވީ ފަލަސްތީނަށް 221 މިލިއަން ޑޮލަރު ދޫކުރައްވާފައި
23 ޖެނުއަރީ 2017

ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު

23 ޖެނުއަރީ 2017
ޖަމްމޭހް ވަޑައިގެންނެވިއިރު ގެމްބިއާގެ ޚަޒާނާއިން 11 މިލިއަން ޑޮލަރު މަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް