6 ވަނަ ފަންގިފިލާއިން 74 އަހަރުގެ މީހަކު ވެއްޓި މަރުވެއްޖެ!
10 އޯގަސްޓު 2020 | ހޯމަ 05:44ހާދިސާގެ ރިޕޯޓު ލިބުނީ ރޭ ދަންވަރު 2:39ގައި

ދާނިޝް ނިޡާމް | 10 އޯގަސްޓު 2020 | ހޯމަ 05:44

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
6 ވަނަ ފަންގިފިލާއިން 74 އަހަރުގެ މީހަކު ވެއްޓި މަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ހެންވޭރު ގެއެއްގެ ހަ ވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ރޭ ދަންވަރު 2:39 ހާއިރު ލިބިފައިވާކަމަށެވެ. ހެންވޭރު ގުލްކަނޑު ހަވަނަ ފަންގިފިލާއިން ވެއްޓި މަރުވެފައިވަނީ އުމުރުން 74 އަހަރުގެ އުމުރުން ދުވަސްވީ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.





