Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުން

ދިވެހިންނަށް ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުން މަނާކުރީ އެޗްޕީއޭގެ އެންގުމަށް: ޓޫރިޒަމް މިނިސްޓްރީ

ޗުއްޓީ ހޭދަކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ އުޞޫލުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އޯގަސްޓު 2020 | އާދީއްތަ 14:14
ޓޫރިސްޓް ފެސިލިޓީތަކުގައި ދިވެހިން ޗުއްޓީ ހޭދަ ކުރުމާއި، އެތަންތަން ބޭނުން ކުރުން މަނާކޮށް މިނިސްޓްރީން ވަނީ ސަރކިއުލަރއެއް ނެރިފައި

ޓޫރިސްޓް ފެސިލިޓީތަކުގައި ދިވެހިން ޗުއްޓީ ހޭދަ ކުރުމާއި، އެތަންތަން ބޭނުން ކުރުން މަނާކޮށް މިނިސްޓްރީން ވަނީ ސަރކިއުލަރއެއް ނެރިފައި

ކޮވިޑް-19 ގެ ޙާލަތުގައި ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ކަނޑައަޅާފައިވާ އުސޫލަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިސްޓް ފެސިލިޓީތަކުގައި ދިވެހިން ޗުއްޓީ ހޭދަ ކުރުމާއި، އެތަންތަން ބޭނުން ކުރުން މަނާކޮށް މިނިސްޓްރީން ނިމިދިޔަ ހަފްތާގައި ވަނީ ސާރކިއުލަރ އެއް ނެރިފައެވެ. އަދި އެކަމާ ގުޅޭގޮތުން މިނިސްޓްރީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާ ގުޅިގެން އެކި ފަހަރުމަތިން މިނިސްޓްރީން ނެރިފައިވާ ބަޔާންތަކާއި އެންގުންތައް ބިނާވެފައިވަނީ އެކި ކަންކަމާ ގުޅޭގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމާ ނިންމުންތަކަށް ކަމަށެވެ.

އެހެންކަމުން ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ އުޞޫލުން ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ދެމުން ގެންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2017

ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި އޮފީސްތައް ހުޅުވައިފި

02 ޖުލައި 2017
ފިތުރު ޢީދު ޗުއްޓީއަށް ފަހު ސްކޫލުތަކާއި އޮފީސްތައް ހުޅުވައިފި
19 ޖޫން 2017

މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!

19 ޖޫން 2017
މަޖިލިސް: 53 ދުވަހުގެ ޗުއްޓީއަކަށްފަހު، ބޭއްވީ ހަ ޖަލްސާ، އަނެއްކާވެސް ޗުއްޓީއަށް!
29 މެއި 2017

ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ

29 މެއި 2017
ފުރަތަމަ ދައުރުގައި އެންމެ 12 ޖަލްސާ، 53 ދުވަހު ޗުއްޓީ
19 މެއި 2017

ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި

19 މެއި 2017
ފެނަކައިގެ މުވައްޒަފަކު ޗުއްޓީއާއެކު ވަޒީފާއިން ވަކިކޮށްފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު