Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ވެރިކަން

ލަންކާ ރާޖަޕަކްސަގެ ދެބޭންނަށް - ދެން ވާނީ ކިހިނެއް؟

ރަޖަޕަކްސަގެ ދެބޭންނަށް ސިންގަޅައިންގެ މެދުގައި ތާއީދު ބޮޑު

އަހުމަދު ސަލީމް
އަހުމަދު ސަލީމް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2020 | އާދީއްތަ 13:21
ބޮޑުވަޒީރު ކަމުގެ މަގާމް މަހިންދަ ރާޖަޕަކްސަ (ވ) އަށް ހަވާލު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ކުރިފުޅު މަތީގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ބޮޑުވަޒީރު ކަމުގެ މަގާމް މަހިންދަ ރާޖަޕަކްސަ (ވ) އަށް ހަވާލު ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޭނާގެ ކުރިފުޅު މަތީގައި ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ރިޔާސީ އިންތިޚާބުގެ ބޮޑު ކާމިޔާބަށްފަހު، އޭގެ 9 މަސް ފަހުން އަނެއްކާވެސް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ނިސްބަތްވެ ވަޑައިގަންނަވާ ސްރީލަންކާ ޕީޕަލްސް ފްރަންޓް (އެސްއެލްޕީޕީ) އަށް އާއްމު އިންތިޚާބުގައި މިވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު އެސްއެލްޕީޕީ އަށް ލިބުމާއެކު ރައީސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައަށް ބޮޑު ވަޒީރު ކަން ވަނީ ލިބިވަޑައިގެންފައެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި މިއީ ހަތަރުވަނަ ފަހަރެވެ. ބޮޑުވަޒީރު ކަމުގެ މަގާމާ 4 ވަނަ ފަހަރަށް ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތު ބޭއްވުނީ އާދިއްތާ ދުވަހު އޭނާގެ ކޮއްކޯފުޅު ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ހާޒިރުގައެވެ.

ލަންކާގެ އަޣުލަބިއްޔަތު އޮންނަ ސިންގަޅަ ބުޑިސްޓުންގެ ތެރޭގައި ގޮތަބަޔާގެ މަގްބޫލުކަން ބޮޑެވެ. އެ މަގުބޫލު ކަމުގެ ފަހަތުގައި ވަނީ 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުން ބަލި ކުރުމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ގޮތަބަޔާ އަދާ ކުރެއްވި މުހިންމު ދައުރެވެ. އޭރު ރައީސް ކަމުގެ މަގާމުގައި ހުންނެވީ އޭނާގެ ބޭބޭފުޅު މަހިންދަ އެވެ.

ލަންކާގައި މިވަގުތު އޮތް ހަމަޖެހުމާއި، ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ކުރި މަސައްކަތައްވެސް ގޮތަބަޔާ ސަރުކާރަށް ގިނަ ބަޔަކު ކްރެޑިޓް ދެއެވެ.

މިކަންކަން މިހެން ހުރި ނަމަވެސް 2009 ވަނަ އަހަރު ނިމުމަކަށް އައި 30 އަހަރުގެ ދިގު ދާޚިލީ ހަނގުރާމާގައި އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމުގެ ތުހުމަތާއި، މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކާ މެދު އަނިޔާވެރި އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުގެ އިނގިލި ރާޖަޕަކްސަގެ ދެބޭންނަށް ދިއްކުރާ ފަރާތްތައް މަދެއް ނޫނެވެ. ނަމަވެސް ރާޖަޕަކްސަގެ ދެބެން މިކަންކަން ގެންދަވަނީ ދޮގު ކުރައްވަމުންނެވެ. އެހެން ވިޔަސް، އެ ތުހުމަތު ތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 150 ގޮނޑި ރާޖަޕަކްސާގެ ދެބޭންގެ ޕާޓީއަށް ލިބުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ. މީގެ މާނައަކީ ލަންކާގެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބާރު އެ ޕާޓީއަށް ލިބުމެވެ.

ރާޖަޕަކްސާގެ ދެބޭންގެ ޕާޓިއަށް ލިބުނު ކާމިޔާބަށް ވުރެ ބޮޑަށް ލަންކާގެ އާއްމު އިންތިޚާބުގައި ފާހަގަ ކުރެވިގެން ދިޔައީ އިދިކޮޅު ޕާޓތަކަށާއި އިދިކޮޅު ލީޑަރުންނަށް ލިބުނު ނާކާމިޔާބެވެ. ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ސިޔާސީ ހަޔާތްޕުޅުގައި މަޖިލިސް އިންތިޚާބެއްގެ ގޮނޑި ގެއްލުނު މީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އެމަނިކުފާނުގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ އެންމެ ގޮނޑިއެކެވެ. އެ ޕާޓީއަކީ ނިމިދިޔަ މަޖިލީހުގައި 106 ގޮނޑި ދެމެހެއްޓި ޕާޓީއެވެ.

އިންތިޚާބުގައި ނަތީޖާ އައި ގޮތުން، ރަނިލްގެ ދައުރު ގެއްލި، ޔުނައިޓެޑް ޕީޕަލްސް ފޯސް (ޔޫޕީއެފް) ގެ ނަމުގައި ސަޖިތު ޕްރެމަދާސާގެ ލީޑަރޝިޕްގެ ދަށުން ނުކުތް ޕާޓީ ވެފައިވަނީ ގާނޫނު ހަދާ މަޖީލީހުގެ ރަސްމީ އިދިކޮޅު ޕާޓިއަށެވެ. މި ޕާޓީއަކީ އިންތިޚާބު ކުޑަތަން ވެފައިވަނކޮށް ރަނިލްގެ ޔޫއެންޕީ އާ ވަކިވެގެން ދިޔަ ގްރޫޕަކުން އުފެއްދި ޕާޓީއެކެވެ.

މިފަހަރުގެ އިންތިޚާބުގައި ފާހަގަވި އަނެއް ކަމަކީ ތަމަޅަ އަދި މުސްލިމް ޕާޓީތަކަށް ތާއީދު ބޮޑު ލަންކާގެ އުތުރާއި އިރުމަތީ ސަރަހައްދުތަކުންވެސް އިންތިޚާބުގައި ތާއީދު ކޮށްފައިވަނީ އެސްއެލްޕީޕީ އަށާއި އެ ޕާޓީން އެންޑޯޒް ކުރި ކެންޑިޑޭޓުންނަށް ކަމަށްވުމެވެ.

ލަންކާގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ރާޖަޕަކްސަގެ ދެބޭންގެ ޕާޓީއަށް ކާމިޔާބު ވުމުގައި، މައިތިރިޕާލާ ސިރިސޭނާ ރައީސް ކަމުގައި ހުންނަވައިގެން ރަނިލް ހިންގެވި ސަރުކާރުގެ ކަންކަން ދޯދިޔާވެގެން ދިޔުން މުހިންމު ދައުރެއް އަދާކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އާއްމު ރައްޔިތުންގެ މެދުގައި އެ ސަރުކާރާ މެދު ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް އޮތީ އުފެދި، އެހެން ވެރިޔަކު ހޯދުމުގެ ރޫހު އާއްމުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް އުފެދިފައެވެ. ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލްގެ ދެމެދުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ސަރުކާރު ހިންގުމަށް ހުއްޓުން އެރި ހިސާބަށްވެސް ކަންކަން ދިޔަތަން އެ ދުވަސްވަރު ފެނުނެވެ. މިއާ އެކު އީސްޓަރ ބޮން ގޮއްވުމުގެ ހާދިސާގެ ކަންކަން އެ ސަރުކާރުން މެނޭޖް ކުރި ގޮތް ދޯދިޔާ ވުމުންވެސް ރައްޔިތުން އިތުރަށް ނުރުހުންވިއެވެ. އެ ހާދިސާ އާ ގުޅިގެން ސަރުކާރާ މެދު އޮތް އިތުބާރު އެންމެ ބޮޑަށް ގެއްލިގެން ދިޔައީ، އެ ޓެރަރިސްޓް ހަމަލާ ހިންގަން އުޅޭ ކަމުގެ މައުލޫމާތު ދުރާލާ އިންޑިއާގެ ޖާސޫސުންގެ ފަރާތުން ލަންކާ ސަރުކާރަށް ހިއްސާ ކޮށްފައިވަނިކޮށް އެ ނުރައްކަލާ ރައްޔިތުން ކުރިމަތިލާން ޖެހުމެވެ.

އީސްޓަރ ހާދިސާ އާ ގުޅިގެން ލަންކާގެ ސިޔާސީ މަސްރަހް ހަލަބޮލިވެ، ގައުމަށް ހަރުދަނާ ލީޑަރޝިޕެއް ބޭނުންވާ ކަމަށް ރައްޔިތުން ދިޔައީ ބުނަމުންނެވެ. ސިންގަޅައިންގެ މެޖޯރިޓީ އޮންނަ ލަންކާގައި، ސިންގަޅައިންނަށް ފެންނަ އެ ލީޑަރަކީ ރާޖަޕަކްސަ އެވެ. އެހެން ކަމުން އެމަނިކުފާނު ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތުމާއެކު ލަންކާއަށް ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަން ބޮޑުވެގެން ހިނގައްޖެ ކަމަށް ލަންކާގެ ސިންގަޅައިން ގަބޫލު ކުރެއެވެ. އިދިކޮޅު ޕާޓީތަކުންވެސް ގަބޫލު ކުރާ ގޮތުގައި ރާޖަޕަކްސަގެ ދެބެންނަށް އޮތް ތާއީދު ރިޔާސީ އިންތިޚާބަށް ފަހުވެސް ޚާއްސަކޮށް ސިންގަޅައިގެ ތެރޭގައި ދިޔައީ އިތުރުވަމުންނެވެ. އޭގެ ނަތީޖާއަކީ އާއްމު އިންތިޚާބު އެ ދެބެންގެ ޕާޓީއަށް ފަސޭހަ ކަމާއެކު ކާމިޔާބު ވެގެން ދިއުމެވެ.

ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ރާޖަޕަކްސަގެ ދެބޭން ކާމިޔާބުތައް ހޯދުމުގައި ބޭނުން ކުރައްވާ އެންމެ ބޮޑު ސިޔާސީ އެއް އުކުޅަކީ ސިންގަޅައިގެ މެދުގައި ވަތަނީ ރޫހު އާލާކުރުމެވެ. ސްރީލަންކާ އަކީ ސިންގަޅައިންގެ ގައުމެއްގެ ގޮތުގައި ސިފަ ކުރުމަށް ދެ ބޭފުޅުންގެ ޕާޓީ އެސްއެލްޕީޕީން މަސައްކަތް ކުރާކަން ފާޑު ކިޔާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ލަންކާގެ މުސްލިމުންނަށް ވެސް އިންތިޚާބުގެ ދުވަސްވަރު ސިންގަޅައިންގެ މެދުގައި ވަތަނީ ރޫހު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން އޮތީ ފާހަގަ ކުރެވިފައެވެ. އީސްޓަރގެ ހާދިސާ އަށް ފަހު ލަންކާ މުސްލިމުންނަށް އިތުރު ފިއްތުންތަން ތަޖުރިބާ ކުރަންޖެހިފައިވުމާއެކު އެމީހުންގެ އުއްމީދު ކުރަނީ، ރާޖަޕަކްސަގެ ދެބެން ވިސްނުންތެރިކަމާ އެކު ގައުމުގެ ކަންކަން ގެންދަވާނެ ކަމުގައެވެ. ވަކި ބައެއްގެ ވަތަނީ ރޫހު މައްޗަށް ދިއުމަކީ، ތަފާތު ޖަމާއަތްތަކަށް އުފެދިފައިވާ ލަންކާގެ މަސްރަހަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ލަންކާގެ މުސްލިމުން އަންނަނީ ބުނަމުންނެވެ.

ލަންކާގެ މައިނޯރިޓީންގެ ގޮތުގައި ބެލޭ އަނެއް ގްރޫޕް ކަމުގައިވާ ތަމަޅައިންގެ ތެރޭގައި، ދާޚިލީ ހަނގުރާމައިގެ ނުތަނަވަސްކަން އަދިވެސް އޮތީ ރޯކޮށްނެވެ. 2009 ވަނަ އަހަރު ހަނގުރާމަ ނިމުނު ނަމަވެސް ތަމަޅަ ޓައިގަރުންނާއި ސަރުކާރު ސިފައިންނާ ދެމެދު ހިނގި ދިގު ހަނގުރާމައިގައި، ވީ ނުވީއެއް ނޭނގި ގެއްލުނު އެތައް ބައެއް ނިސްބަތްވާ ތަމަޅަ އާއިލާތަކުން އަދިވެސް ތިބީ، ރާޖަޕަކްސާގެ ދެބެންގެ ފަރާތްޕުޅުން ޖަވާބެއްގެ އިންތިޒާރުގައެވެ. އާއިލާތަކުން ބުނަނީ އިންސާފު ނުލިބެނީސް އެއްގަލަކަށް ނޭރޭނެ ކަމުގައެވެ.

ތަމަޅައިންގެ ތެރޭގައި ރައީސް ރާޖަޕަކްސަ އާ މެދު އޮންނަ ނުތަނަވަސްކަން ބޮޑުވެގެން ދިޔަ އެއްކަމަކީ، ތަމަޅަ ނަސްލަށް ނިސްބަތްވާ 5 އާއްމުން 2000 ވަނަ އަހަރު ބަޑިޖަހާ މަރާލި ލަންކާގެ އަސްކަރިއްޔާގެ އޮފިސަރެއް ކަމަށްވާ ސުނިލް ރަޓްނަޔަކެގެ މައްޗަށް 2015 ވަނަ އަހަރު އިއްވާފައިވާ މަރުގެ ހުކުމް މާފުކޮށްދެއްވުމެވެ. އޭނާ މިނިވަން ކުރުމަށްފަހު ދޫކޮށްލީ ކޮރޯނާ ވައިރަހުގެ ލޮކްޑައުންގެ ތެރޭގައި މާޗު މަހުއެވެ. މިކަމާ ހިތްހަމަ ނުޖެހުނީ ހަމައެކަނި ތަމަޅައިންނެއް ނޫނެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް އޭނާ މިނިވަން ކުރުމާ ގުޅިގެން ވަނީ ރުޅިގަދަ ވެފައެވެ.

ފާޑު ކިޔާ މީހުންގެ ނަޒަރުގައި، ރާޖަޕަކްސާގެ ދެބެންނަށް ގާނޫނު ހަދާ މަޖިލީހުގައި ލިބިވަޑައިގަތް ބޮޑު އަޣްލަބިއްޔަތާއެކު ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައީސަށް އިތުރު ބާރުތައް ލިބޭ ގޮތް ހެދުމަކީ އެކަށީގެންވާ ކަމެކެވެ. ވެރިކަމުގެ ނިޒާމު ޚުދުމުޚުތާރުކަމުން ދުރުކުރުމަށް ބާރުތައް ބެހިގެންދާ ގޮތައް ކުރީގެ ގާނޫނު ހަދާ މަޖީލހުން ގެނައި އިސްލާހީ ބަދަލުތައް ރޫޅާލާ، އެއާ އިދިކޮޅަށް ކަންކަން ބަދަލު ވެގެން ހިނގަދާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ގައުމު ހިންގުމުގައި ރާޖަޕަކްސަގެ ދެބެންނަށް އޮތް އަނެއް ބޮޑު ގޮންޖެހުމަކީ، ޗައިނާ އިން ދަރަންޏަށް ނަގާފައިވާ އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނީގެ މައްސަލައެވެ. އަހަރު ނިމެންވާއިރު 3 ބިލިއަން ޑޮލަރު ދަރަނި އަދާކުރުމަށް އެކަނިވެސް ސްރީލަންކާ އަށް މިއަހަރު ބޭނުންވާނެއެވެ.

ކަން މިހެން އޮތް އިރު، ކޮވިޑްގެ ސަބަބުން ގައުމުގެ އިގްތިސާދަށް އޮތީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ގައުމުން ބޭރުގައި މަސައްކަތް ކުރާ ލަންކާގެ އެތައް ހާސް ރައްޔިތުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ގައުމުން ބޭރު ކުރާ މުދަލުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ބަލި މަޑުކަމުގެ ސަބަބުން ފަތުރުވެރިކަން އޮތީ ހުއްޓުމަކަށް އައިސްފައެވެ. އިގްތިސާދު ވެއްޓިފައިވާ ފުންވަޅުގަނޑުން ނެގުން ރާޖަޕަކްސަގެ ދެބެންނަށް ވެގެންދާނީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ވުރެ މާ ބޮޑަށް ވެސް އުނދަގޫ ކަމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

މޯދީ ލަންކާ އަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު