Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑްގެ އެކްޓަރ ސަންޖޭ ދަތު

ސަންޖޭ ދަތު ހެއްދި ކޮވިޑް ޓެސްޓުގެ ނަތީޖާ ނެގެޓިވް

"އެންޓިޖެން" ޓެސްޓަކުން އޭނާ ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު ނެގެޓިވް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 އޯގަސްޓު 2020 | އާދީއްތަ 13:22
ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސަންޖޭ ދަތު- ސަންޖޭއަށް މިއަހަރު ވަނީ 61 އަހަރު ފުރިފައި

ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސަންޖޭ ދަތު- ސަންޖޭއަށް މިއަހަރު ވަނީ 61 އަހަރު ފުރިފައި

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސަންޖޭ ދަތުގެ ކޮވިޑް-19 ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.

ހޮނިހިރު ދުވަހު ސަންޖޭ ދަތު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ނޭވާލާން އުނދަގޫވެ މެޔަށް ތަދެއް އެރުމުގެ ސަބަބުންނެވެ. އަދި ސަންޖޭއަށް އައިސީޔޫގައި މެޑިކަލް އޮބްޒަރވޭޝަންގައި ފަރުވާ ދެމުންދާއިރު، އޭނާގެ ޙާލު ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ސަންޖޭ ދަތުގެ ޑޮކްޓަރުންގެ ޓީމާ ޙަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން، ސިއްޙީ އުސޫލުތަކުގެ ދަށުން "އެންޓިޖެން" ޓެސްޓަކުން އޭނާ ކޮވިޑަށް ޓެސްޓު ކުރިއިރު، ނަތީޖާ ވަނީ ނެގެޓިވްވެފައެވެ. އެހެންނަމަވެސް އިތުރަށް ޔަޤީން ކުރުމަށް އޭނާގެ ޕީސީއާރް ޓެސްޓް ހެދުމަށް މިހާރު ސާމްޕަލްތައް ވަނީ ނަގާފައެވެ.

ސަންޖޭ ދަތު އޭނާގެ ޓްވިޓަރ އެކައުންޓްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވެސް ވަނީ އެކްޓަރު ކޮވިޑަށް ނެގެޓިވްކަން އިއުލާނު ކޮށްފައެވެ. އަދި ލީލާވަތީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ނަރުހުންނަށް ތައުރީފުކޮށް ސަންޖޭ ދަތު ބުނީ، 2 ދުވަހެއްގެ ތެރޭގައި ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި

14 އޯގަސްޓު 2017
ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި
19 އެޕްރީލު 2017

ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި

19 އެޕްރީލު 2017
ސަންޖޭ ހައްޔަރުކުރުމުގެ އަމުރު ބާތިލް ކޮށްފި
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
29 މާރިޗު 2017

ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް

29 މާރިޗު 2017
ރަޖްނިކާންތު ލަންކާ ދަތުރު ކެންސަލްކުރުމުން އަންނާނެ ކަމަށް އުއްމީކޮށް ހިނގާލުމެއް
27 މާރިޗު 2017

"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ

27 މާރިޗު 2017
"ސަޑަކް" ގައި ޕޫޖާ އާއި ސަންޖޭގެ ދަރުފުޅުގެ ރޯލަށް އާލިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު