Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކެލާ ހުސްފަޔާ ދުވާ ސާއިދު

ކެލާ ހުސްފަޔާ ދުވާ ސާއިދު ދަންނަންތަ؟

ދުވުމަށް ހިތްޖެހި ސާއިދު ދުވަން ފެށީ 2012 ވަނަ އަހަރުގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2020 | ހޮނިހިރު 17:03
ކެލާ ހުސްފަޔާ ދުވާ ސާއިދު: ސާއިދު ހުސްފަޔާ ދުވަން ފެށީ 2018 ވަނަ އަހަރު

ކެލާ ހުސްފަޔާ ދުވާ ސާއިދު: ސާއިދު ހުސްފަޔާ ދުވަން ފެށީ 2018 ވަނަ އަހަރު

ހއ. ކެލާއަށް އުފަން އިބްރާހީމް ސާއިދު އަލީ މަޝްހޫރު ނަމުންނަމަ "ކެލާ ހުސްފަޔާ ދުވާ ސާއިދު" އަކީ ދިގު ދުވުން ދުވާ ދުވުންތެރިއެކެވެ.. ހުސްފަޔާ ރާއްޖޭގައި ތަފާތު ދިގު ދުވުންތައްވެސް މިހާތަނަށް ދުވި މީހަކީ ސާއިދެވެ. އެގޮތުން ހުސްފަޔާ ދިގު ދުވުން ދުވެ ގިނަ އަދަދެއްގެ ރިކޯޑުތަކެއް ވެސް އޭނާ ވަނީ ހަދާފައެވެ.

ދުވުމަށް ހިތް ޖެހި ސާއިދު ދުވަން ފެށީ 2012 ވަނަ އަހަރުގައެވެ. އޭރު ސާއިދު ދުވަމުން ގެންދިޔައީ ހާފް މެރަތަން (21 ކިލޯ މީޓަރު) އެވެ. ބޫޓާއެކު ދުވުމުގެ ބަދަލުގައި ހުސްފައިގައި ދުވަން ސާއިދު އިޚްތިޔާރުކުރީ 2018 ވަނަ އަހަރުގައެވެ.

އެންމެ ފުރަތަމަ ސާއިދު ހުސްފަޔާ ދުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަންޑް ރައިޒިންގ އިވެންޓެއްގެ ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަނުން، 2018 ވަނަ އަހަރު އިންތިޒާމުކުރި "މައިލްސް ފޯ ސްމައިލްސް ރަން" ގައި ހުއްޓާނުލާ 24 ގަޑިއިރަށް ދުވެގެންނެވެ. މިދުވުމުގައި ރާއްޖޭގެ ގިނަ ދުވުންތެރިންތަކެއްވަނީ ސާއިދަށް ހިތްވަރު ދިނުމަށްޓަކައި ބައިވެރިވެފައެވެ.

ހުސްފަޔާ ދުވަން ހިތްވަރު ލިބުނީ ރާއްޖޭގައި އެންމެ ފުރަތަމަ ހުސްފަޔާ ދުވެ މެރަތަނެއް ފުރިހަމަކުރި ފިޓްނަސް އިންސްޓެކްޓަރު "ކައި"ގެ ފަރާތުން ކަމަށް ސާއިދު ބުންޏެވެ. އަދި އޭނާގެ އިރުޝާދާއެކު ނިންމި 24 ގަޑިއިރުގެ ދުވަމަކީ އެކަމުން ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށް ސާއިދު ބުންޏެވެ.

24 ގަޑިއިރު ހުސްފަޔާ ދުވި ފުރަތަމަ އިވެންޓް ނިންމާލުމާއެކު ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށާއި، އެންމެ ބޮޑަށް އުފާވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ދިން ތަރުހީބުން ކަމަށް ސާއިދު ބުންޏެވެ.

ހުސްފަޔާ ދިގު ދުވުން ދުވުމަކީ ސިއްހީ ގޮތުން ބަލާނަމަ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ހުސްފަޔާ ދިގު ދުވުން ދުވަން ފެށިއިރު ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ރާއްޖޭގައި ދުވުމުގެ ތެރޭގައި އުޅެމުންދާ ބައެއް ދުވުންތެރިންގެ ފަރާތުން ގަބޫލުކުރަން ދަތި "ކޮމެންޓްތައް" އައި ކަމަށްވެސް އޭނާ ބުންޏެވެ. އެކަމަކު ތަފާތު ކަންކަން ކުރުމަކީ އޭނާ އަބަދުވެސް ކުރަން ބޭނުންވާ ކަމެއް ކަމުން ހުސްފަޔާ ދުވުމުގައި ސާބިތުވެ ހުރުމަށް ނިންމީ ކަމަށްވެސް ސާއިދު ބުންޏެވެ.

ހުސްފަޔާ ގިނަ ދުވުންތަކެއްގައި މިހާތަނަށް ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސާއިދު ވަނީ، އައްޑޫ ސިޓީގައި އައި ރަނާސްގެ ފަރާތުން ބޭއްވި ދުވުމުގައި 100 ކިލޯމީޓަރު ދުވުން ހުސްފައިގައި ފުރިހަމަކޮށް، މުޅި ދުވުމުގެ ތިންވަނަ ހޯދާފައެވެ. އެއީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ 100 ކިލޯމީޓަރު ދިގު ދުވުމެވެ.

މީގެ އިތުރުން މިދިޔަ އަހަރު ކަލާފާނު ސްކޫލަށް 30 އަހަރު ފުރިގެން ބޭއްވި 30 ގަޑިއިރުގެ ދުވުންވެސް ސާއިދު ފުރިހަމަކޮށްފައިވަނީ ހުސްފަޔާ ދުވެގެންނެވެ. އަދި ދިރާގުން މިދިޔަ އަހަރު ބޭއްވި ރޯޑް ރޭހުގައި ސާއިދު ވަނީ ހުސްފަޔާ ފަހަތަށް ދުވެ، (ބެކްވާޑް ރަން) 10 ކިލޯ މީޓަރާއި، ފަސް ކިލޯމީޓަރު ދުވުންވެސް ފުރިހަމަކޮށްފައެވެ. މިއީ ދިރާގު ރޯޑު ރޭހުގެ ތާރިޚުގައި އަދި ރާއްޖޭގެ ތާރީޚުގައި މިގޮތަށް (ބެކްވާޑް ރަން) ހުސްފައިގައި ފުރިހަމަކުރި ފުރަތަމަ ދުވުންތެރިޔާއެވެ. ހަމައެއާއެކު ފުވައްމުލަކުގައި އައި ރަނާސްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި މެރަތަންވެސް ސާއިދު ވަނީ ފަހަތަށް ދުވެ ފުރިހަމަކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމުކަށް އައިސްފައިވާ މި ދަނޑިވަޅުގައި ދުވާ މީހުންނާއި ކަސްރަތުކުރާ މީހުންނަށްވެސް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. އެގޮތުން ލޮކްޑައުންގައި ތިބެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުވާ މީހުން އަންނަނީ މެރަތަންތަކާއި ތަފާތު ޗެލެންޖްތައް ފުރިހަމަކުރަމުންނެވެ.

މިހާލަތުގައި ސާއިދު ވަނީ، އުފަން ރަށް ކެލާގައި ކަރަންޓީނުވެހުރެ ސެލްފް ޗެލެންޖެއްގެ ގޮތުގައި 6.2 މީޓަރުގެ ކުޑަ ތަންކޮޅެއްގައި ހަތް ދުވަހުން ހަތް މެރަތަން ނިންމާފައެވެ.

މި ހުރިހާ ދުވުމެއްގެ އިތުރުންވެސް ސާއިދު ވަނީ މި ދުވަސްވަރު އެލީޓް ރަނާސްގެ ފަރާތުން ބޭއްވި "ނިއު ނޯމަލް ޗެލެންޖް" ގައި ބައިވެރިވެ 1000 ކިލޯމީޓަރުގެ ދުވުމުން އިންޑިވިޖުއަލް އެންމެ ފުރަތަމަ ދުވުން ފުރިހަމަކުރި ދުވުންތެރިޔާއަށް ވެގެން ގޮސްފައެވެ.

މި ދުވުމުގައި އިންޑިވިޖުއަލް ތިން ދުވުންތެރިންނާއި، 16 ގްރޫޕަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި މޮރޮކޯގެ ދެ ގްރޫޕެއްވެސް ބައިވެރިވެފައިވާ ކަމަށް އެލީޓް ރަނާސްގެ ފަރާތުން މައުލޫމާރުދެއެވެ. އަދި ދުވުން ކުރިއަށްގެންގޮސްފައިވަނީ ގްރޫޕްގެ ހަތަރު މީހުން 1،000 ކިލޯމީޓަރު ހަމަކުރާ ގޮތަށް، މީހަކަށް 250 ކިލޯ މީޓަރުގެ މަގުންނެވެ. އެކަމަކު ތަފާތަކީ އިންޑިވިޖުއަލް ދުވުންތެރިޔާ އެކަނި 1،000 ކިލޯމީޓަރު ހަމަކުރަންޖެހޭތީއެވެ.

ޝަރަފް ވިދާޅުވީ އިންޑިވިޖުއަލް މީހަކު މިވަރުގެ ދުވުމެއް ފުރިހަމަކުރުމަކީ ހިތަށްވެސް ނުގެނެވޭ ވަރުގެ ބޮޑު ޗެލެންޖެއް ކަމަށާއި، ހުދު އޭނާއަށްވެސް މިކަމަކީ ވަރަށްބޮޑު ޗެލެންޖެއް ކަމަށެވެ. ނަމަވެސް ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވެ، ސާއިދު މި ދުވުން ފުރިހަމަކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ ކަމެއްގައިވެސް ކާމިޔާބު މީހަކަށްވުމުގައި ގާތް މީހަކު ނުވަތަ އެހީތެރިއަކު ހުންނާނެކަން ޔަގީނެވެ. އެގޮތުން މޯލްޑިވްސް ބަޔޯ ޑައިވަސިޓީގެ ފައުންޑާ މެންބަރު މުޙައްމަދު ޚާލިދަކީ މިކަމުގައި ސާއިދު ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ދެމުން އަންނަ ފަރާތްކަމުގައި ސާއިދު ބުންޏެވެ.

މިފުރުސަތުގައި "ރާއްޖެ.އެމްވީ" ގެ ފަރާތުން ސާއިދަށް އިތުރު ކާމިޔާބީތަކަށް އެދި، ހޯދާފައިވާ ކާމިޔާބީތަކަށް ފަށްފަށުން މަރުޙަބާ ދަންނަވަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

އޭޝިއަން އެޓްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

07 ޖުލައި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލުން ސާއިދުއަށް ހަތަރުވަނަ

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

ސޮލިޑާރިޓީ ގޭމްސް: 100 މީޓަރުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފި

16 މެއި 2017
ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

ސޮލިޑާރިޓީ ގޭމްސް: ވާދަކުރި ހީޓުން އެއްވަނަ ހޯދާ ސާއިދު ސެމީއަށް ދަތުރުކޮށްފި

16 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު