Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް: އިޖުތިމާއީ ކޮމެޓީ

ކުރިއަށްވުރެ ހެލްތުގެ ދާއިރާ ދަނީ ދަށަށް، ހެލްތް މިނިސްޓްރީއަށް ބޮޑެތި ފާޑު ކިޔުންތަކެއް!

8 އޯގަސްޓު 2020 | ހޮނިހިރު 10:00

ނޭޝަނަލް މާސްޓަރޕްލޭނެއް އޮވޭ، އެކަަމަކު އެއަކަށް އަމަލެއް ނުކުރޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 8 އޯގަސްޓު 2020 | ހޮނިހިރު 10:00
މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ދަށަށް ދާކަމަށް ވިދާޅުވެ، ސިއްހީ ދާއިރާގެ ބޭފުޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހެލްތު މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަން ގޯހުން ގޯހަށްދާކަމަށް ވިދާޅުވެ، އިޖުތިމާއީ ކޮމެޓީއަށް ވަޑައިގެން މައުލޫމާތު ދެއްވާފައިވަނީ، ޑރ. ހުސައިން މާހިރު، ޑރ. އިސްހާޤު ޝަފީޤު، ޑރ. މުހައްމަދު ޝާފީ މުނީރު، ހަފީޒާ އަލީ އަދި ހަދީޖާ އަބްދުޞަމަދު އަބްދުﷲ އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ވޭތުވެދި 45 ވަރަކަށް އަހަރު ރާއްޖޭގެ ޕަބްލިކް ހެލްތުގެ ދާއިރާގައި މަސައްކަތް ކުރެއްވި ހަފީޒާ އަލީ ވިދާޅުވީ، ހެލްތުގެ ދާއިރާ ހިންގުމަށް ޕޮލިސީތަކެއް އަދި ގައިޑްލައިންތަކެއް ހަދާފައި ހުންނަކަމަށާއި ނަމަވެސް އެއީ އަމަލު ނުކުރާތަނުގައި އެޕޮލިސީތަކާއި ގައިޑްލައިންތައް އެނގޭ މީހަކު ވެސް ހެލްތް މިނިސްޓްރީގައި ނެތް ކަމަށެވެ. ހަފީޒާ ވިދާޅުވީ އެގްޒެކެޓިވް ލެވެލްގެ ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް މިނިސްޓްރީގައި ބާއްވަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.

ހަފީޒާ ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ބައެއް ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރާނެ ގޮނޑި، މޭޒު ފަދަ ތަކެތި ނެތި، ރަނގަޅު މާހައުލެއް ނެތްއިރު، ހެލްތް މިނިސްޓްރީގެ ތެރޭގައި، މިނިސްޓަރގެ ބޭނުންމަށް އަގުބޮޑު ގަނޑުވަރުތަކުގެ ފެންވަރުގެ ކޮޓަރިކޮޅުތައް ހަދަމުންދާ ކަމަށެވެެ. އަދި މީހުން ބިނާކުރުމާއި، ތަމްރީމް ޕްރޮގްރާމްތައް ހިންގަމުން ނުދާކަމަށާއި ބޭރުން އަންނަ ޑޮކްޓަރުންނާއި ޓެކްނިކަލް ބޭފުޅުންނަށް އޮރިއެންޓޭޝަން، އިންޑަކްޝަން ޕްރޮގްރާމްތައް ނުހިންގާއިރު، މިނިސްޓްރީގައި ތިބި ދިވެހި މުވައްޒަފުންނަށް އިތުރަށް ކުރިއަށް ދެވޭނެ ޕްރޮގްރާމްތައްވެސް ހިންގަމުން ނުދާކަމަށް ވެސް ހަފީޒާ ވިދާޅުވި އެވެ. ނަމަވެސް މީގެކުރިން މިފަދަ ޕްރޮގްރާމްތަށް ހިންގަމުންދިޔަ ކަމަށާއި މިހާރު އޮތީ ވަރަށް ބޮޑަށް ހުއްޓިފަ ކަމަށް ހަފީޒާ ވިދާޅުވި އެވެ.

ހަފީޒާ ވިދާޅުވީ، ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސް ކުރާނެ ނޭޝަނަލް ގައިޑްލައިނަށް އެއްވެސް ވަރަކަށް މިހާރު އަމަލު ކުރަމުން ނުދާކަމަށާއި، އެފަދަ ގައިޑްލައިނެއް ތަންކޮޅެއް ކުރިން އޮތް ކަމަށެވެ. އެކަމަކު މިހާރު އެ ގައިޑްލައިން ފެންނަން ނެތްއިރު، އެއަށް އަމަލު ކުރަމުންވެސް ނުދާކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުތަކުން އެކިފަހަރު އެކި ގޮތަށް ކަންކަން ކުރަމުންދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަފީޒާ ވިދާޅުވީ ދިވެހި ޑޮކްޓަރުން ނުވަތަ އިއުލާން ކުރާ މަގާމަަށް ޝަރުތު ހަމަވާ ދިވެއްސަކު ހުއްޓާ، ބިދޭސީންނަށް ވަޒީފާ ދެމުންދާތަން ވެސް ފެންނަމުންދާ ކަމަށެވެ.

ހަފީޒާ ވިދާޅުވީ ނޭޝަނަލް މާސްޓަރ ޕްލޭނެއް އޮންނާނެ ކަމަށާއި އެއަށް އަމަލު ކުރަމުންވެސް ނުދާ ކަމަށެވެ. އެގޮތުން މުޅި ސިއްހީ ނިޒާމު މިދަނީ ފެއިލްވަމުން ކަމަށް ވެސް ހަފީޒާ ވިދާޅުވި އެވެ.

މީގެއިތުރުން، ކޮމެޓީއަށް މައުލޫމާތު ދެއްވި ސިއްހީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސިއްހީ ދާއިރާގައި ހިނގާ ކަންކަމުގެ ޒިންމާ ހެލްތް މިނިސްޓްރީން ބަލައި ފިޔަވަޅު ނޭޅޭނެ އެއްވެސް މައްސަލައެއް އޮވެގެން ނުވާނެ ކަމަށާއި، ހެލްތް މިނިސްޓްރީ ވާންޖެހޭނީ، ރާއްޖޭގެ ސިއްހީ ނިޒާމުގެ އެންމެއިސް އިދާރާއަށް ކަމަށެވެ.

އިޖުތިމާއީ ކޮމެޓީއަށް މައުލޫމާތު ދެއްވަމުން ވަޑައިގެންނެވި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ މި ބޭފުޅުން ވަނީ ދާއިރާގައި ހުރި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފަ އެވެ.

ޑރ. އިސްހާޤު ވިދާޅުވީ، އެބޭފުޅުންގެ މައިގަނޑު މަގްސަދަކީ އެބޭފުޅުންނަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮންގެންވެސް ރައްޔިތުންނަށް މިހާރަށް ވުރެ ރަނގަޅު ސިއްހީ ހިދްމަތް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް