Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މިނިސްޓަރ ލިމްގެ ކޮރަޕްޝަންގެ މައްސަލަ

މެލޭޝިޔާގެ ކުރީގެ ފިނޭންސް މިނިސްޓަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި

އަންނަ ހަފްތާ ތެރޭގައި އިތުރު 2 ދައުވާއެއް އުފުލުމަށް ވަނީ ނިންމާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 8 އޯގަސްޓު 2020 | ހޮނިހިރު 08:01
މެލެޝިއާގެ ކުރީގެ ފޮރިން މިނިސްޓަރ ލިމް؛ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ޕެނަންގްގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވި އިރު ރިޝްވަރު ހޯއްދަވަން މަސައްކަތްކުރި ކަމުގެ ދައުވާ

މެލެޝިއާގެ ކުރީގެ ފޮރިން މިނިސްޓަރ ލިމް؛ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ޕެނަންގްގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވި އިރު ރިޝްވަރު ހޯއްދަވަން މަސައްކަތްކުރި ކަމުގެ ދައުވާ

މެލޭޝިޔާގެ ކުރީގެ ފިނޭންސް މިނިސްޓަރ އަދި އިދިކޮޅު ސިޔާސީ އިސް ލީޑަރު ލިމް ގުއަން އެންގ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފިއެވެ.

ލިމްގެ މައްޗަށް މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ހުރި ސްޕެޝަލް ކޮރަޕްޝަން ކޯޓުން ދައުވާ ކުރީ 2011 ވަނަ އަހަރު އޭނާ ޕެނަންގްގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވި އިރު ރިޝްވަތު ހޯއްދަވަން މަސައްކަތް ކުރެއްވުމުގެ ތުހުމަތުގައެވެ. އެގޮތުން ޕެނަންގުގައި މަގުތަކާއި ޓަނަލްތައް ހެދުމަށް އެގައުމުގެ ކުންފުންޏަކާ ސަރުކާރުން ހަވާލު ކުރި 1.5 ބިލިއަން ޑޮލަރުގެ މަޝްރޫއަކުން ލިބޭ ފައިދާގެ 10 ޕަސެންޓު ލިމްއަށް ދިނުމަށް އޭނާ އެދުނު ކަމަށް ދައުވާގައިވެއެވެ.

ލިމް ޗީފް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރެވެންދެންނެވެ. އޭނާ ހައްޔަރުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދައުވާ ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.

މި މައްސަލަ ލިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާއަށް 20 އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. މެލޭޝިޔާގެ އެންޓި ގްރާފްޓް އޮފިޝަލުން ބުނެފައިވަނީ ލިމްގެ މައްޗަށް އިތުރު 2 ދައުވާއެއް އަންނަ ހަފްތާގައި އުފުލާނެ ކަމަށެވެ.

މި ދައުވާތަކާއި ގުޅިގެން ލިމް ވިދާޅުވެފައިވަނީ އެއީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއް ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ އެއްވެސް ހެއްކެއް ނުހުންނާނެ ކަމަށެވެ.

އިދިކޮޅު އިސް ސިޔާސީ ލީޑަރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވާ އިރު، މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން ހަތް ދައުވާ ސާބިތުވެފައިވާތީ އޭނާ 12 އަހަރަށް ޖަލަށްލުމަށް މެލޭޝިޔާގެ ހައިކޯޓުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހުކުމް ކޮށްފައެވެ.

މެލޭޝިއާގައި ހިންގި ވަން އެމްޑީބީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް 42 ދައުވާއެއް އުފުލާފައިވެއެވެ. އޭގެތެރެއިން 5 މައްސަލައަކާއި ގުޅިގެން 7 ދައުވާ ސާބިތުވާ ކަމަށް މެލޭޝިއާގެ ހައިކޯޓުން ވަނީ ނިންމާފައެވެ. އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގއާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާތަކެކެވެ.

ހައިކޯޓުގައި ބޭއްވި ޝަރީއަތުގައި ނަޖީބުގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމުމަށްފަހު އަދަބުވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނަޖީބު 12 އަހަރަށް ޖަލަށްލުމަށެވެ.

މަގާމުގެ އިތުބާރު ގެއްލުވާލުމާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން އެއިން ކޮންމެ ދައުވާއަކަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އެހެންކަމުން ނަޖީބުގެ މައްޗަށް މި 7 ދައުވާއިން 72 އަހަރުގެ ޖަލު ހުކުމެއް މިވަނީ އިއްވާފައެވެ.

މި ހުރިހާ ދައުވާތަކެއް ވެސް ގުޅިފައިވަނީ މެލޭޝިޔާގެ ތަރައްގީގެ ފަންޑުން ނަޖީބުގެ އަމިއްލަ އެކައުންޓަށް 42 މިލިއަން ރިންގިޓް ޖަމާކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ ނަޖީބުގެ ވެރިކަމުގެ ދުވަސްވަރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު