Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެއާލާއި ޔުވެންޓަސް ކަޓުވާލައި، ސިޓީ އާއި ލިޔޯން ކުއާޓާއަށް

7 އޯގަސްޓު 2020 | ހުކުރު 21:50

ރެއާލް އަތުން ދެވަނަ ލެގުގައި ސިޓީ މޮޅުވީ 2-1 ން، އެގްރިގޭޓުން ސިޓީއަށް ކުރިލިބުނީ 4-2 ން

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޯގަސްޓު 2020 | ހުކުރު 21:50
ސިޓީ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

ސިޓީ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 2-1 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް މެންޗެސްޓާ ސިޓީ އާއި ލިޔޯން ދަތުރުކޮށްފިއެވެ.

ކޮވިޑް-19 ގެ ބްރޭކަށްފަހު ޗެމްޕިއަންސް ލީގުގެ ކުޅުން ހުކުރު ދުވަހުގެރޭ އަލުން ފެށިއިރު، ކުއާޓާއަށް ސިޓީ ދަތުރުކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1 ން ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި ކުޅުނު މެޗު 2-1 ން ސިޓީ ކާމިޔާބުކޮށްފައިވުމާއެކު، ސިޓީއަށް އެގްރިގޭޓުން ކުރިލިބުނީ 4-2 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި އެޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ރެއާލްގެ ޑިފެންޑަރު ރަފައެއް ވަރާން ހެދި ގޯހެއްގެ ފައިދާ ނަގާ، ގެބްރިއެލް ޖީސޫސްގެ އެހީތެރިކަމާއެކު މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރޮޑްރީގޯ ނަގައިދިން ހުރަހަކުން މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކަރިމް ބެންޒެމާއެވެ.

އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި ސިޓީން ވަނީ އަލުން ލީޑު ނަގާފައެވެ. ރެއާލްގެ ޑިފެންޑަރު ވަރާން ހެދި އިތުރު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ގެބްރިއެލް ޖީސޫސްއެވެ.

މީގެ އިތުރުން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ލިޔޯން ދަތުރުކުރީ ދެވަނަ ބުރުގައި އިޓާލިއަން ލީގުގެ ޗެމްޕިއަން ޔުވެންޓަސްގެ މައްޗަށް އަވޭ ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ލިޔޯންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ންނެވެ. ޔުވެންޓަސްގެ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން 2-1 ން ލިޔޯން ބަލިވެ އެގްރިގޭޓް ނަތީޖާ 2-2 ން އެއްވަރުވި ނަމަވެސް، ލިޔޯން ކުއާޓާއަށް ދަތުރުކުރީ އަވޭ ލަނޑުގެ ތަފާތުންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ލިޔޯނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މެމްފިސް ޑިޕާއިއެވެ.

މި ލަނޑަށްފަހު ޔުވެންޓަސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލިޔޯނުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ޔުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން ފުލުފުލުގައި ލިޔޯންގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ފެޑަރީކޯ ބެނާޑެޝީގެ އެހީއާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯ ވަނީ 80 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ ޔުވެންޓަސްގެ ރިކޯޑެއް މުގުރާލާފައެވެ. މި ސީޒަނުގައި ރޮނާލްޑޯ 37 ލަނޑު ކާމިޔާބުކުރިއިރު، އޭނާ ވެގެން ގޮސްފައިވަނީ އެއް ސީޒަނެއްގައި ޔުވެންޓަސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ.

ރެއާލާއި ޔުވެންޓަސް ކަޓުވާލައި، ސިޓީ އާއި ލިޔޯން ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި ސިޓީ އާއި ލިޔޯން ބައްދަލުކުރާ މެޗު ކުޅޭނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް