Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19ން މަރިއާނޯ ރަނގަޅުވުން

ކޮވިޑް-19ން މަރިއާނޯ ރަނގަޅުވެއްޖެ

މަރިއާނީ ކޮވިޑް-19ށް ޕޮޒިޓިވްވީ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޯގަސްޓު 2020 | ހުކުރު 17:56
ރެއާލްގެ ފޯވާޑް މަރިއާނޯ ޑިއާޒް

ރެއާލްގެ ފޯވާޑް މަރިއާނޯ ޑިއާޒް

ރެއާލް މެޑްރިޑްގެ ފޯވާޑް މަރިއާނޯ ޑިއާޒް ކޮވިޑް-19ން ރަނގަޅުވެއްޖެއެވެ.

މަރިއާނޯ ކޮވިޑް-19ށް ޕޮޒިޓިވްވިކަން އނގުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ މެޗުގެ ކުރިން ފަރިތަކުރުންތައް ފެށުމުގެ ގޮތުން ރެއާލުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ޓެސްޓު ކުރުމާއި ގުޅިގެންނެވެ. އެއާއެކު މަރިއާނޯ ވަނީ އައިސޮލޭޝަނަށް ބަދަލުކޮށް ފަރުވާދީފައެވެ. އެފަހަރު ރެއާލުން ބުނީ މަރިއާނޯ ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

ހުކުރު ދުވަހު ރެއާލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޓީމުގެ ފޯވާޑް މަރިއާނޯ މިހާރު ކޮވިޑް-19ން ރަނގަޅުވެފައިވާ ކަމަށާއި، އަދި މިހާރު ކުޅުންތެރިޔާއަށް ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ރެއާލުން އިތުރަށް ބުނީ މަރިއާނޯގެ އިތުރުން ރެއާލްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ބުދަ ދުވަހު ކޮވިޑް-19ށް ޓެސްޓު ކުރި ކަމަށާއި، ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ނަތީޖާތައްވެސް ނެގެޓިވް ކަމަށެވެ.

ކޮވިޑް-19ށް މަރިއާނޯ ޕޮޒިޓިވްވުމާ ގުޅިގެން ހުކުރު ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2020

ކޮވިޑް-19ށް ޕޮޒިޓިވްވެ މަރިއާނޯއަށް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ

28 ޖުލައި 2020
ކޮވިޑް-19ށް ޕޮޒިޓިވްވެ މަރިއާނޯއަށް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ
04 ޖުލައި 2020

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޖޮކޮވިޗް ރަނގަޅުވެއްޖެ

04 ޖުލައި 2020
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޖޮކޮވިޗް ރަނގަޅުވެއްޖެ
31 މެއި 2020

ގޯލްކީޕަރު އާރޮން ރާމްސްޑޭލް ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

31 މެއި 2020
ގޯލްކީޕަރު އާރޮން ރާމްސްޑޭލް ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ
06 މެއި 2020

ޔުވެންޓަސްގެ ފޯވާޑް ޑިބާލާ ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

06 މެއި 2020
ޔުވެންޓަސްގެ ފޯވާޑް ޑިބާލާ ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ
01 މެއި 2020

ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ކޭން ރަނގަޅުވެއްޖެ: މޮރީނިއޯ

01 މެއި 2020
ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ކޭން ރަނގަޅުވެއްޖެ: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު