Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަޓުއިޑީ އާއި ރުގާނީ ރަނގަޅުވުން

ޔުވެންޓަސްގެ މަޓުއިޑީ އާއި ރުގާނީ ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

ކޮވިޑް-19 ޖެހިގެން މިހާރު ޔުވެންޓަސްއިން ފަރުވާދެމުން އަންނަނީ ޑިބާލާއަށް އެކަނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 އެޕްރީލު 2020 | ބުދަ 13:36
ބްލައިސް މަޓުއިޑީ އާއި ޑެނިއަލީ ރުގާނީ

ބްލައިސް މަޓުއިޑީ އާއި ޑެނިއަލީ ރުގާނީ

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޔުވެންޓަސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އާއި ޑިފެންޑަރު ޑެނިއަލީ ރުގާނީ ރަނގަޅުވެއްޖެ އެވެ.

މި ދެ ކުޅުންތެރިން އެއްކޮށް ރަނގަޅުވެފައިވާ ކަން ޔުވެންޓަސްއިން ވަނީ ހާމަކޮށްދީފައެވެ. މީގެ ތެރެއިން ރުގާނީ އަކީ އިޓަލީން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު ރުގާނީ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، މަޓުއިޑީ ވައިރަހަށް ޕޮޒިޓިވްވީ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.

ދެން ޔުވަންޓަސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ފޯވާޑް ޕައުލޯ ޑިބާލާއެވެ. ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ މި ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި ވައިރަހުން ޑިބާލާ އަދި މުޅިން ރަނގަޅު ނުވި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށް މީގެ ކުރިން ޑިބާލާ ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، އިޓާލިއަން ލީގުވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި މެދުކަނޑާލައިފައިވާ އިޓާލިއަން ލީގުގެ ކުޅުން ފެށުމުގެ ކުރިން, މެއި މަހު ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މަސައްކަތްކުރާނެ ކަމަށް އިޓާލިއަން ފުޓްބޯލް ފެޑަރޭޝަނުގެ ރައީސް ގެބްރިއަލީ ގްރަވީނާ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ސަބަބުން އެކި ކްލަބުތަކަށް މާލީ ގޮތުން ވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޔުވެންޓަސްގެ ކުޅުންތެރިން ވަނީ ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގަން ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު