Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖޮކޮވިޗް ކޮވިޑް-19ން ރަނގަޅުވުން

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޖޮކޮވިޗް ރަނގަޅުވެއްޖެ

ޖޮކޮވިޗް އާއި އޭނާގެ އަންހެނުން ކޮވިޑް-19ށް ޕޮޒިޓިވްވީ ޖޫން މަހުގެ ފަހުކޮޅު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 13:39
ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް: ޖޮކޮވިޗް އާއި އޭނާގެ އަންހެނުން ވަނީ ކޮވިޑް-19ން ރަނގަޅުވެފައި

ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް: ޖޮކޮވިޗް އާއި އޭނާގެ އަންހެނުން ވަނީ ކޮވިޑް-19ން ރަނގަޅުވެފައި

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗާއި އޭނާގެ އަންހެނުން ކޮރޯނާވައިރަސް (ކޮވިޑް-19) ން ރަނގަޅުވެއްޖެއެވެ.

ޖޮކޮވިޗް އާއި އޭނާގެ އަންހެނުން ކޮވިޑް-19ށް ޕޮޒިޓިވްވީ ޖޫން މަހުގެ ފަހުކޮޅެވެ.

ޖޮކޮވިޗް ކޮވިޑް-19ށް ޕޮޒިޓިވްވީ ޔޫރަޕްގެ ބާލްކަން ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ރޭވި މުބާރާތެއްގައި ޖޫން މަހުގެ 19 ވަނަ ދުވަހު ޖޮކޮވިޗް ބައިވެރިވި ފަހުންނެވެ. މި އިވެންޓުގައި ބައިވެރިވި ހަތަރު ކުޅުންތެރިއަކު ކޮވިޑް-19ށް ޕޮޒިޓިވް ވުމާއެކު، އިވެންޓުގެ ބާކީ އޮތް ދެ ގައުމުގެ ޓުއާތައް ވަނީ ކެންސަލްކޮށްފައެވެ.

ޖޮކޮވިޗާއި އޭނާގެ އަންހެނުން ޕޮޒިޓިވިކަން އެނގުނީ ކްރޮއޭޝިއާގެ އިވެންޓު ނިންމާފައި، އުފަން ގައުމު ސާބިއާއަށް ދިއުމުން ކޮވިޑް-19ށް ޓެސްޓު ކުރުމުންނެވެ.

މިދިޔަ ހަފުތާގައި ޖޮކޮވިޗް އާއި އޭނާގެ އަންހެނުން ކޮވިޑް-19ށް އަލުން ޓެސްޓު ކުރިއިރު، ދެ މީހުންވެސް ވަނީ ނެގެޓިވް ވެފައެވެ. ޖޮކޮވިޗް ބުނީ ކޮވިޑް-19ން ރަނގަޅުވިއިރު، ވައިރަހުގެ އެއްވެސް އަލާމާތެއްގެ ދެމީހުންގެ ހަށިގަޑުންވެސް ފެނިފައިނުވާ ކަމަށެވެ.

ޖޮކޮވިޗާއި އޭނާގެ އަންހެނުން ކޮވިޑް-19ން ރަނގަޅުވިއިރު، މީގެ ކުރިން ޖޮކޮވިވްގެ ކޯޗުވެސް ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

އެންޑްރިއާ އިވެންޓް ކުރިއަށް ގެންދިޔައީ ޔޫރަޕްގެ އެކި ގައުމުތަކުން ކޮވިޑް-19ގެ ހާލަތާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދޭން ފެށުމުންނެވެ. ޖޮކޮވިޗް ވަނީ މުބާރާތް ކުރިއަށްގެންދެވުނީ ވަރަށް އަވަސް އަރުވާލައިގެންކަން ގަބޫލުކުރާ ކަމަށް ބުނެ މާފަށް އެދިފައެވެ.

މި އިވެންޓާ ގުޅިގެން އުމުރުން 33 އަހަރުގެ ޖޮކޮވިޗްގެ އިތުރުން ދެން ކޮވިޑް-19ށް ޕޮޒިޓިވްވި ޓެނިސް ކުޅުންތެރިންނަކީ ގްރިގޯ ޑިމިޓްރޯފް އާއި، ބޯނާ ކޯރިޗް އަދި ވިކްޓަ ޓްރޮއީކީއެވެ.

އެޑްރިއާ ޓުއާއަކީ ރަސްމީ އިދާރާތަކާ ގުޅިގެން ކުރިއަށްދިޔަ ޓެނިސް އިވެންޓެއް ނޫނެވެ. ރަސްމީކޮށް ޓެނިސް ހަރަކާތްތައް ފެބްރުއަރީ މަހު މެދުކަނޑާލިއިރު، އަލުން ފަށަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހު 14 ވަނަ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސެލޯނާ އޯޕެން: ނަޑާލް ގަދަ 16 އަށް، ޖޮކޮވިޗް ކަޓައިފި

ބާސެލޯނާ އޯޕެން: ނަޑާލް ގަދަ 16 އަށް، ޖޮކޮވިޗް ކަޓައިފި

26 އެޕްރީލު 2018
މޮންޓެ ކާލޯ މާސްޓާސް: ނަޑާލް އަދި ޖޮކޮވިޗް ދެވަނަ ބުރަށް

މޮންޓެ ކާލޯ މާސްޓާސް: ނަޑާލް އަދި ޖޮކޮވިޗް ދެވަނަ ބުރަށް

19 އެޕްރީލު 2018
އޮސްޓްރޭލިއަން އޯޕަން: ރެކޯޑު ހެދުމަށް ޖޮކޮވިޗް ކުރަމުން އައި އުއްމީދުތަކަށް ނިމުމެއް

އޮސްޓްރޭލިއަން އޯޕަން: ރެކޯޑު ހެދުމަށް ޖޮކޮވިޗް ކުރަމުން އައި އުއްމީދުތަކަށް ނިމުމެއް

22 ޖެނުއަރީ 2018
އޮސްޓްރޭލިއަން އޯޕަން: ފެޑެރާ އާއި ނަދާލްގެ އިތުރުން ޖޮކޮވިޗް ގަދަ 16 އަށް

އޮސްޓްރޭލިއަން އޯޕަން: ފެޑެރާ އާއި ނަދާލްގެ އިތުރުން ޖޮކޮވިޗް ގަދަ 16 އަށް

20 ޖެނުއަރީ 2018
އޮސްޓްރޭލިއަން އޯޕަން: ނަދާލް އަދި ޖޮކޮވިޗް ތިންވަނަ ބުރަށް

އޮސްޓްރޭލިއަން އޯޕަން: ނަދާލް އަދި ޖޮކޮވިޗް ތިންވަނަ ބުރަށް

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު