Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮވިޑް-19

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ

އޭނާ މި ވައިރަހުން ރަނގަޅުވިކަން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ކަށަވަރުކޮށްދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 މާރިޗު 2020 | ހުކުރު 17:29
ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ އެވެ.

އުމުރުން 19 އަހަރުގެ ކަލުމް ހަޑްސަން-އޮޑޯއި ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ހުކުރު ދުވަހުގެ ވަގުތެއްގައި ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ ކަލުމް ހަޑްސަން-އޮޑޯއި މި ވައިރަހުން ރަނގަޅުވެފައިވާ ކަން ހާމަކޮށްފައެވެ. ލަމްޕާޑް ބުނީ މި ވައިރަހުގެ ސަބަބުން ކަލުމް ހަޑްސަން-އޮޑޯއި އަށް މާބޮޑު އަސަރެއް ނުކުރާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މި ވައިރަހުން އޭނާ އެއްކޮށް ރަނގަޅުވުމަކީ ޓީމަށްވެސް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށް ވަނީ ބުނެފައެވެ.

ކަލުމް ހަޑްސަން-އޮޑޯއި އަކީ އިނގިރޭސި ޕްރިމިއާ ލީގުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރާ ޕޯޓްސްމަތުގެ ހަތަރު ކުޅުންތެރިއަކުވެސް ވަނީ މި ވައިރަހަށް ޕޮޒޮޓިވްވެފައެވެ.

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފެށުން އަނެއްކާވެސް ވަނީ ފަސްކޮށްފައެވެ.

މީގެ ކުރިން ލީގު މެދު ކަނޑާލާފައި އޮތީ އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. އެކަމަކު މިހާރު ވަނީ އޭޕްރީލް 30 ގެ ނިޔަލަށް ލީގުގެ މެޗުތައް މެދުކަނޑާލަން ނިންމާފައެވެ. ޕްރިމިއާ ލީގުގެ އިތުރުން، އިންގްލެންޑުގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތައްވެސް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް މެދުކަނޑާލާފައެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ޗެލްސީގެ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިއެއް ނުވި

11 ޖުލައި 2017
ޗެލްސީގެ ފަރިތަކުރުންތަކުގައި ކޯސްޓާ ބައިވެރިއެއް ނުވި
27 ޖޫން 2017

ޗެލްސީގެ މަޓިކް ޔުނައިޓެޑާއެކު މެޑިކަލް ހަދަން ތައްޔާރުވެއްޖެ

27 ޖޫން 2017
ޗެލްސީގެ މަޓިކް ޔުނައިޓެޑާއެކު މެޑިކަލް ހަދަން ތައްޔާރުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
24 މެއި 2017

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި
08 މެއި 2017

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު