Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާމްސްޑޭލް ކޮވިޑް-19ން ރަނގަޅުވުން

ގޯލްކީޕަރު އާރޮން ރާމްސްޑޭލް ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

31 މެއި 2020 | އާދީއްތަ 19:58

ރާމްސްޑޭލް ވަނީ 14 ދުވަހަށް އައިސޮލޭޓް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 މެއި 2020 | އާދީއްތަ 19:58
ބޯންމަތުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް: ކޮވިޑް-19ން މިހާރު ވަނީ ރަނގަޅުވެފައި

ބޯންމަތުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް: ކޮވިޑް-19ން މިހާރު ވަނީ ރަނގަޅުވެފައި

ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވްވި ބޯންމަތުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލް ވައިރަހުން ރަނގަޅުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގު ޖޫން މަހުގެ 17 ވަނަ ދުވަހު އަލުން ފެށުމަށް ނިންމާފައިވާއިރު، ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަންނަނީ ކޮވިޑް-19ށް ޓެސްޓު ކުރަމުންނެވެ. އެގޮތުން ރާމްސްޑޭލް ކޮވިޑް-19ށް ޕޮޒިޓިވްވީ ދެވަނަ ބުރުގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުންނެވެ.

ދެވަނަ ބުރުގައި ދެ މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، ބޯންމަތުން ވަނީ ނަން ހާމަނުކޮށް އެ ކްލަބުގެ ކުޅުންތެރިއެއް ވައިރަހަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. ބޯންމަތުން ނަން ހާމަނުކުރި ނަމަވެސް، ރާމްސްޑޭލް ވަނީ އޭނާ ވައިރަހަށް ޕޮޒިޓިވް ވިކަން ހާމަކޮށްފައެވެ.

އުމުރުން 22 އަހަރުގެ އިންގްލެންޑުގެ ގޯލްކީޕަރު ކޮވިޑް-19ށް ޕޮޒިޓިވްވުމުން ވަނީ 14 ދުވަހަށް އައިސޮލޭޓް ކޮށްފައެވެ. އަދި ހޮނިހިރު ދުވަހު ރާމްސްޑޭލް ވަނީ އޭނާ ވައިރަހުން ރަނގަޅުވިކަން ހާމަކޮށްފައެވެ.

މިހާތަނަށް ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ހަތަރު ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު، ޖުމްލަ 3،882 މީހަކު ވަނީ ޓެސްޓު ކޮށްފައެވެ. އެއީ ފުރަތަމަ ބުރުގައި 748 މީހުންނާއި، ދެވަނަ ބުރުގައި 996 މީހުންނާއި، ތިންވަނަ ބުރުގައި 1،008 މީހުންގެ އިތުރުން ހަތަރުވަނަ ބުރުގައި 1،130 މީހުންނެވެ.

ހަތަރުވަނަ ބުރުގައި އެއްވެސް މީހަކު ކޮވިޑް-19ށް ޕޮޒިޓިވް ނުވި ނަމަވެސް، މީގެ ކުރިން ޖުމްލަ 12 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19ން ރާމްސްޑޭލް ރަނގަޅުވިއިރު، މީގެ ކުރިން ފުރަތަމަ ބުރުން ވަޓްފޯޑުގެ ޑިފެންޑަރު އޭޑްރިއަން ޕަރިއަޕާ އާއި އެ ކްލަބުގެ ދެ އޮފިޝަލަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ބާންލީގެ އެސިސްޓަންޓް ކޯޗު އިއަން ވޯން ވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

04 އެޕްރީލު 2020

ކޮރޯނާވައިރަހުން ސަލާމަތްވުމަށް ނޭމާގެ ދީލަތި އެހީއެއް

04 އެޕްރީލު 2020
ކޮރޯނާވައިރަހުން ސަލާމަތްވުމަށް ނޭމާގެ ދީލަތި އެހީއެއް
03 އެޕްރީލު 2020

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޕޯޓްސްމަތުގެ ފަސް ކުޅުންތެރިންވެސް ރަނގަޅުވެއްޖެ

03 އެޕްރީލު 2020
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޕޯޓްސްމަތުގެ ފަސް ކުޅުންތެރިންވެސް ރަނގަޅުވެއްޖެ
27 މާރިޗު 2020

ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ

27 މާރިޗު 2020
ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއި ރަނގަޅުވެއްޖެ
17 މާރިޗު 2020

ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް

17 މާރިޗު 2020
ކޮރޯނާވައިރަހުން އަމިއްލަ ގައުމު ދިފާއުކުރުމަށް މާނޭގެ ދީލަތި އެހީއެއް
17 ފެބުރުއަރީ 2020

ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން

17 ފެބުރުއަރީ 2020
ރާއްޖޭގައި ރަނގަޅު ގޯލްކީޕަރުން އުފެއްދޭނެ: އިމްރާން
09 ފެބުރުއަރީ 2020

މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން

09 ފެބުރުއަރީ 2020
މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން
01 ފެބުރުއަރީ 2020

ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި

01 ފެބުރުއަރީ 2020
ގޯލްކީޕަރު އިމްރާނުގެ ފައިސާ އެފްއޭއެމުން ދައްކައިފި
05 ފެބުރުއަރީ 2019

ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!

05 ފެބުރުއަރީ 2019
ޒުވާން ގޯލްކީޕަރު ލަބާން އެނބުރި ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް!
04 ޑިސެމްބަރު 2017

ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް

04 ޑިސެމްބަރު 2017
 ފަހު ވަގުތު ގޯލްކީޕަރު ޖެހި ލަނޑުން ބެނެވެންޓޯއަށް ލީގުގެ ފުރަތަމަ ޕޮއިންޓް
07 އޮކްޓޯބަރު 2017

ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް

07 އޮކްޓޯބަރު 2017
ގޯލްކީޕަރުން ތަމްރީން ކުރުމަށް، އޮލިވާ ޚާން ސައުދީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް