Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޟްވާނު ގެއްލުވާލިތާ 6 އަހަަރު

ރިޟްވާނު ގެއްލުވާލިތާ 6 އަހަރު: އާއިލާގެ ފަރާތުން ޚާއްސަ ލަވައަކާއި ބައޮގްރަފީއެއް!

މި ލަވައިގެ ނަމަކީ "ވިންދު ދިޔައީ ގެއްލިގެން"

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 އޯގަސްޓު 2020 | ހުކުރު 14:00
ރިޟްވާނުގެ ބައޮގްރަފީ އެންމެ ފުރަތަމަ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ މަންމައަށް

ރިޟްވާނުގެ ބައޮގްރަފީ އެންމެ ފުރަތަމަ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އޭނާގެ މަންމައަށް

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާނު ގެއްލުވާލިތާ 6 އަހަރު ފުރުމާ ގުޅިގެން އާއިލާގެ ފަރާތުން ރިޟްވާނުގެ ހަނދާނުގައި ޚާއްސަ ލަވައަކާއި ބައޮގްރަފީއެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ރިޟްވާނުގެ ޙަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ބައޮގްރަފީއާއި، ޚާއްސަ ލަވަ ނެރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 08:00 ގައި ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ތެރެއިންނެވެ. އެގޮތުން މި ލަވައިގެ ނަމަކީ "ވިންދު ދިޔައީ ގެއްލިގެން" އެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ރިޟްވާނުގެ ދައްތަ ފާތިމަތު ޝެހެނާޒް ވިދާޅުވީ، ބައޮގްރަފީގައި މައިގަނޑު ގޮތެއްގައި ހުންނާނީ ރިޟްވާނުގެ ދިރިއުޅުމުގެ އުސްއަލިތަކުގެ ވާހަކަ ކަމަށެވެ. އަދި ބައޮގްރަފީ އެންމެ ފުރަތަމަ ހަދިޔާ ކުރާނީ ރިޟްވާނުގެ މަންމައަށް ކަމަށް ބުނެފައިވެއެވެ. ޝެހެނާޒް ވިދާޅުވީ، ބައޮގްރަފީ ތައްޔާރު ކޮށްފައިވަނީ އެތައް ބައެއްގެ ދީލަތި އެހީތެރިކަމާއެކު ކަމަށެވެ.

ރިޟްވާނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތް އާއިލާއިން ހުއްޓުމެއް ނެތި ކުރަމުންދާއިރު، އެކަމުގައި އެންމެ ކުރީ ސަފުގައި ރިޟްވާނުގެ މަންމަވެސް ހަރަކާތްތެރިވެއެވެ. އޭނާ ގެންގުޅެފައިވާ ހުރިހާ ސާމާނެއް އަދިވެސް ރައްކާތެރިކަމާއެކު ގެންގުޅެމުންދާ ކަމަށް ރިޟްވާނުގެ މަންމަ ބުނެފައިވެއެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުއެވެ. މި މައްސަލައަށް 6 އަހަރު ވެފައިވާއިރު، އެކަމަށް އިންސާފު ހޯދައިދީ މި ނުބައި އަމަލުތަކުގައި ބައިވެރިވީ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް އަދިވެސް އާއިލާއިން ދަނީ ގޮވާލަމުންނެވެ.

ރިލްވާން މަރާލި މައްސަލައިގައި މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ، ރިލްވާން ރަހީނުކޮށް، ޑިންގީއަކަށް ލައިގެން ގެންގޮސް ދޯންޏަކަށް އެރުވުމަށް ފަހު ޝަހާދަތް ލައިދިނުމަށް ފަހު މަރާލާފައިވާކަން މިހާތަނަށް ހޯދުނު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި ފޮރިންސިކް އެނަލައިސިސް ރިޕޯޓާއި، ފައިނަލް ރިޕޯޓުން މަރާލުމަށް ފައިސާދިން ވިޔަފާރިތަކުގެ މައުލޫމާތާއި އެ މައްސަލައިގެ ޝާމިލްވާ ހުރިހާާ ފަރާތްތަކާއި ތުހުމަތު ކުރެވިފައިވާ ހުރިހާ މައުލޫމާތެއް އެނގިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު