Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލަ

ޚަޝޯގީގެ މަރާ ގުޅިގެން ސައުދީ އިންޓެލިޖެންސްގެ ވެރިއެއްގެ ބޮޑެތި ތުހުމަތުތަކެއް ވަލީ އަހުދަށް!

ޚަޝޯގީ މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2020 | ހުކުރު 02:07
ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިއެއް ކަމަށްވާ ޑރ ސާދް އަލް ޖަބްރީ- ޑރ ސާދް ވަނީ ވަލީ އަހުދާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައި

ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިއެއް ކަމަށްވާ ޑރ ސާދް އަލް ޖަބްރީ- ޑރ ސާދް ވަނީ ވަލީ އަހުދާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފައި

ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާއި ގުޅިގެން ސައުދީ އިންޓެލިޖެންސް އިދާރާގެ ކުރީގެ ވެރިއެއްގެ ބޮޑެތި ތުހުމަތުތަކެއް ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނަށް އަމާޒުވެއްޖެއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ވަތް ތަނާ ޚަޝޯގީ މަރާލާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތްތައްތައް ތުރުކީގައި މިހާރު ކުރިއަށްދެއެވެ. މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ދަނޑިވަޅެއްގައި ވަލީ އަހުދުގެ މައްޗަށް މި ތުހުމަތުތައް ފެންމަތިވެފައިވަނީ ސައުދީ އިންޓެލިޖެންސްގެ ކުރީގެ ވެރިއެއް ކަމަށްވާ ޑރ ސާދް އަލް ޖަބްރީ ޑީސީ ޑިސްޓްރިކްޓް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެންނެއެވެ.

ޑރ ސާދް ވަނީ ޚަޝޯގީގެ މަރަށް ކުޑަ ދުވަސްކޮޅެއް ވެފައިވަނިކޮށް ވަލީ އަހުދުގެ އެންގުމަށް ބަޔަކު އޭނާ ވެސް މަރާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން ސާދް ވިދާޅުވީ، ސީދާ އޭނާ މަރާލުމަށްޓަކައި ސައުދީން ކެނެޑާއަށް ބަޔަކު ފޮނުއްވި ކަމަށާއި، އެއީ ޚަޝޯގީގެ މަރުގެ މައްސަލައިގައި ޝާމިލުވާ ބައެއް ކަމަށެވެ. އެގޮތުން ސާދް ވަނީ ސީދާ ޚަޝޯގީ މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވި 2 މީހެއްވެސް އޭގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވެ، އެ މީހުންގެ ވަނަވަރު ވެސް ހިއްސާ ކުރައްވާފައެވެ. އެހެން ނަމަވެސް ސައުދީ ސަރުކާރުން މި ތުހުމަތުތަކާ ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ.

އޭގެ އިތުރުން، ސައުދީން ފިއްލަވައިގެން ވަޑައިގަތް ފަހުން، ޑރ ސާދް އަނބުރާ ޤައުމަށް ގެނައުމަށް ވަލީ އަހުދު އެތައް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، މަރާލަން ޤަސްދު ކޮށްފައިވަނީ އެކަން ކާމިޔާބު ނުވުމުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

ޑރ ސާދް ވިދާޅުވީ، ޙަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) މެދުވެރިކޮށް ކަމަށެވެ.

އުމުރުން 59 އަހަރުގައި ޚަޝޯގީ މަރާލާފައިވާއިރު، އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ "ވޮޝިންގޓަން ޕޯސްޓް" ގައެވެ. އޭރު ޚަޝޯގީ އަކީ ސައުދީ ސަރުކާރަށް ފާޑުކިޔައި، ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ފާޅުގައި ފާޑުކިޔާ ނޫސްވެރިއެކެވެ. އޭނާ ސައުދީ ކޮންސުލޭޓަށް ދިޔައީ ކައިވެނީގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާ ލިއެކިއުންތަކެއް ބަލައެވެ.

މި މައްސަލައިގައި އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިން ތަހުޤީޤުކޮށް، ޚަޝޯގީ މަރާލާފައިވަނީ ވަލީ އަހުދު ސަލްމާނުގެ އަމުރަކަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޕްރިންސް ސަލްމާން އެ ތުހުމަތުތައް ދޮގު ކުރައްވައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

28 ފެބުރުއަރީ
ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަސް: ނަފުސު އިސްލާޙުކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެއް

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އިޒްރޭލު ހިންގާ ޤަތުލުޢާންމުގެ ނޭދެވޭ އަސަރު، އަހަރަކާ ގާތްވަމުންދާ ހަނގުރާމައެއް ބަރުދާސްކުރާ ސޫދާންގެ ރައްޔިތުންނަށް!

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!
20233 އަހަރު ކުރިން
ރިޕޯޓު

ވޭޕްގެ ނަމުގައި މަސްތުވަނީ، ބެލެނިވެރިންނަށްވެސް ހިލަމެއް ނެތް!

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ދެކޮޅު ހެދުމަށް މަދަނީ ބަސް ނޭހުމަކަށް ދިޔުމަށް ނަވަލްނީ ގޮވާލައްވައިފި

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
20215 އަހަރު ކުރިން
ރާއްޖެ

މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޒުވާނެއްގެ މަރުން އެލާޖިކުވާ މީހުންނަށް އެތައް ފިލާވަޅެއް!

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
20188 އަހަރު ކުރިން
ރިޕޯޓު

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު