Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުން

އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅައިފި

ސިޓީތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2020 | ބުރާސްފަތި 17:10
ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރާއި އައްޑޫ ސީޓީ ޕޮލިސް ސްޓޭޝަންތަކާ އަލަށް ހަވާލުވެލެއްވި ކޮމިޝަންޑް އޮފިސަރުންނާއި އައްޑޫ ސިޓީގެ ކޮމާންޑަރު އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވ

ސީޓީތަކުގައި ދެވޭ ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށްކުރާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅައިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން އިންޗާޖުގެ ގޮތުގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތު ކަނޑައަޅާފައިވާއިރު، ގަން ޕޮލިސް ސްޓޭޝަނަށް ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިޝްވީނާ އަހްމަދު ކަމަށް ފުލުހުން ބުނެއެވެ. އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީން އެވެ.

އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ކޮމިޝަންޑް އޮފިސަރުން ކަނޑައަޅާފައިމިވަނީ ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް އަތޮޅުތަކުގައި ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހާއްސަކޮށް ސިޓީތަކުގައި ދެމުންދާ ފުލުހުންގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އެގޮތުން ގެނައި މި ބަދަލާއެކު އައްޑޫ ސިޓީގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކުގެ އިންޖާޗުންގެ ގޮތުގައި ހަމަޖެހުނު ކޮމިޝަންޑް އޮފިސަރުން މިހާރުވަނީ އެސްޓޭޝަންތަކާ ހަވާލުވެ، މަސައްކަތް ކުރުމަށް ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު