Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބެއިރޫތުގައި ގޮވި ބަރުގަދަ ގޮވުން

ގުދަނުގައި ނުރައްކާތެރި ގޮވުމެއް ހިނގާފާނެ ކަމުގެ އިންޒާރު ލުބުނާނުގެ އޮފިޝަލުންނަށް ތަކުރާރުކޮށް ލިބުނު

ގޮވާފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައިހުރި ގުދަނެއްގައި

އަތޫފް އާތިފް
އަތޫފް އާތިފް | 6 އޯގަސްޓު 2020 | ބުރާސްފަތި 14:32
ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުން ހިނގި ސަރަހައްދު ގޮވުމަށްފަހު އޮތް ގޮތް

ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުން ހިނގި ސަރަހައްދު ގޮވުމަށްފަހު އޮތް ގޮތް

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ޕޯޓުގައި ހުރި ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވާ 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ގުދަނުގައި ނުރައްކާތެރި ގޮވުމެއް ހިނގާފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފައިވާނެ ކަމަށް ގުދަން އިންސްޕެކްޓް ކުރި އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އަންގާރަ ދުވަހު ބެއިރޫތުގެ ޕޯޓުގައި ހުރި ގުދަނުގައި ރޯވެ ބާރުގަދަ ގޮވުމެއް ގޮވިއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 137 މިހާރުވަނީ އަރައިފައެވެ.

ގުދަން އިންސްޕެކްޓްކުރި އޮފިޝަލުންނާއި ހަވާލާދީ ދަ ގާޑިއަން އިން ނޫހުން ބުނީ 2014 ވަނަ އަހަރުން ފެށިގެން ގުދަނުގައި ބާރުގަދަ ގޮވުމެއް ހިނގާފާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ގުދަނުގެ ވެރިފާރާތާ ހިއްސާކޮށްފައިވާނެ ކަމަށާއި، އެތަނުގައި ހުރީ އެމޯރިއަމް ނައިޓްރޭޓް ކަމަށާއި، އެ ރައްކާކޮށްފައި ހުރީ ސަލާމަތީ ރައްކާތެރިކަމުގެ އެއްވެސްކަހަލަ ފިޔަވަޅެއްނާޅާ ކަމަށެވެ.

ލުބުނާންގެ ރައީސް މައިކަލް އައުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ރައީސް މައިކަލް ވިދާޅުވެފައިވަނީ 2,750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް އެއްވެސްކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާ ހަ އަހަރު ވަންދެން ގުދަނެއްގައި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ގަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އަދި މިކަމާއި ގުޅިގެން ޒިންމާވާން ޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ބޭރޫތުގައި ގޮވި ގޮވުމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާންކޮށްފައިވާއިރު، ގޮވުން ގޮވި ޕޯޓު ސަރަހައްދު ސާފުކުރުމަށް އެގައުމުގެ ސަލާމަތީ ބާރު ތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާރުގަދަ ގޮވުންތައް ގޮވުމުގެ ސަބަބުން ބޭރޫތުން ކަރަންޓު ކަނޑައިގެން ދިޔުމާއި ގުޅިގެން ވެސް މީހުން ހޯދުމަށް ދަތިތައް ދިމާވެފައިވާ ކަމަށާއި އެތައް ހާސް ބަޔަކު އެމީހުންގެ އާއިލާ އާއި ރަހުމަތްތެރިން ނުފެނިގެން އެމަރޖެންސީ ޑިޕާޓްމަންޓަށް އަންގަމުންދާ ކަމަށް ލުބުނާންގެ ދިފާއީ ބާރުން ވަނީ ހާމަކޮށްފައެވެ. އަދި ތަން ސާފުކުރަމުންދާ ވަރަކަށް މަރުވި މީހުންގެ އަދަދު މައްޗަށްދާނެ ކަމަށް ދިފާއީ ބާރުން ވަނީ ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
17 އެޕްރީލު 2017

ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި

17 އެޕްރީލު 2017
ރައީސަށް ވެރިކަމުގެ ބާރުތައް ލިބިދޭ އިސްލާހަށް ތުރުކީ ރައްޔިތުން އާބަސް ބުނެފި
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
03 އެޕްރީލު 2017

ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ

03 އެޕްރީލު 2017
ރަޝިޔާގެ މެޓްރޯއެއްގައި ދެ ގޮވުމެއް ގޮވާ 10 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު