Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް ކެންސަލް ކުރުން

އެފްއޭ ކަޕް ކެންސަލްވުމަކީ ޓީސީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް: ޝާޒްލީ

6 އޯގަސްޓު 2020 | ބުރާސްފަތި 14:10

އެފްއޭ ކަޕް ކެންސަލް ކުރީ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 އޯގަސްޓު 2020 | ބުރާސްފަތި 14:10
ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްވުމަކީ ޓީސީ ސްޕޯޓްސް ކްލަބަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން 2019-2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން ނިންމީ މާޗު މަހުގެ ކުރީކޮޅެވެ. ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކުރިއިރު، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ވަނީ ކުޅެފައެވެ. އެގޮތުން ކުއާޓާގައި ޓީސީ ވަނީ ކްލަބު އޭދަފުށި އަތުން 13-0 ން މޮޅުވެފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ މިދިޔަ ސީޒަން ފައްޓައިގެން ޓީސީ ރަނގަޅަށް އައިސް ވަކި ހިސާބަކުން އަޑިއަޅާލި ކަމަށާއި، އެކަމަކު ސީޒަން ނިމެން އައިރު ޓީސީން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އެގޮތުން ފަހު ބުރުގައި ޓީސީއަކީ އެންމެ ރަނގަޅު ފޯމުގައި އޮތް ޓީމު ކަމަށާއި، އެހެން އެކަން އޮއްވައި އެފްއޭ ކަޕް ކެންސަލްވުމަކީ ޓީސީއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އަދި ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ ހަރަކާތެއް ނެތި ދިޔުމަކީ ކުޅުންތެރިންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށާއި، ކުރިއަށް އޮތް އޭއެފްސީ ކަޕާއި އަންނަ ފުޓްބޯޅަ ސީޒަން އަވަހަށް ފެށުމަކީ ދިވެހި ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށްވެސް ޝާޒްލީ ބުންޏެވެ.

ޝާޒްލީ އިތުރަށް ބުނީ ގިނަ ދުވަސްތަކަކަށްފަހު އޭއެފްސީ ކަޕާ ކުރިމަތިލާއިރު، މި ދަނޑިވަޅުގައި ހުރިހާ ޓީމަކަށްވެސް ދިމާވެފައި އޮތީ އެއްގޮތެއް ކަމަށާއި، އެހެންކަމުން އެކަމުގެ ފައިދާ ވަކި ޓީމަކަށް ނުނެގޭނެ ކަމަށެވެ. އެކަމަކު މެޗުތަކެއް ނުކުޅެވި ދިޔުމަކީ އޭގެ ސަބަބުން ކުޅުންތެރިންނަށް ގެއްލުންތަކެއް ވާނެ ކަމެއް ކަމަށްވެސް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ ކަޕްގެ މެޗުތައް މެދުކަނޑާލީ މާޗު މަހުގެ ތެރޭގައެވެ. މިފަހަރުގެ އޭއެފްސީ ކަޕުގައި މުޅިން އަލަށް ޓީސީ ވާދަކުރަމުން އަންނައިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގައި އެގައުމުގެ ބަޝުންދަރާ ކިންގްސް އަތުން ޓީސީ ވަނީ 5-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް މިހާރު ވަނީ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ކުޅޭ ގޮތަށް ނިންމާފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް