Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަން ސިޔާމަށް ދޫކުރި ސޮވްރިން ގެރެންޓީ

ލޯން ޑީފޯލްޓް ވެގެން ދައްކަން ޖެހުނު ފައިސާ ސަން ސިޔާމް ކުންފުނިން ދައްކައިފި

6 އޯގަސްޓު 2020 | ބުރާސްފަތި 10:22

ފައިސާ ދެއްކީ، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 އޯގަސްޓު 2020 | ބުރާސްފަތި 10:22
ކުރީގެ ރައީސް ޔާމީނާއެކު ސަން ސިޔާމް: އަމިއްލަ ފަރާތްތަކުގެ ތެރެއިން، ދައުލަތުން ދަރަންޏަށް ޒިންމާވާގޮތަށް ލޯނު ދޫކޮށްފައިވަނީ ސިޔާމަށް އެކަނި

ކުރީގެ ރައީސް ޔާމީނާއެކު ސަން ސިޔާމް: އަމިއްލަ ފަރާތްތަކުގެ ތެރެއިން، ދައުލަތުން ދަރަންޏަށް ޒިންމާވާގޮތަށް ލޯނު ދޫކޮށްފައިވަނީ ސިޔާމަށް އެކަނި

ދ. މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ، އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެސްއެޗް) އިން ދައުލަތުން ޒިންމާވާގޮތަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނާއި ގުޅިގެން، ޑީފޯލްޓް ވެފައިވާ ފައިސާ އެ ކުންފުނިން ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ މިމަހުގެ ވަނަ ދުވަހު (މިއަދު) ޗައިނާގެ އެގްޒިމް ބޭންކަށް ދައްކާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ސޮވްރިން ގެރެންޓީއަކީ 14 ޑިސެމްބަރު 2017 ގައި އޭއެސްއެޗްއިން "ދައުލަތުގެ ނަމުގައި ގެރަންޓީ ދޫކުރުމުގެ އުސޫލް"ގެ ދަށުން ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީ ކުރުމަށް އިމްޕޯޓް އެކްސްޕޯޓް ބޭންކް އޮފް ޗައިނާ (ޗައިނީޒް އެގްޒިމް ބޭންކް)އިން 06 ނޮވެމްބަރު 2017ގައި އޭއެސްއެޗާއެކު ސޮއި ކޮށްފައިވާ، 127،500،000 ޑޮލަރު (އެއްސަތޭކަ ހަތާވީސް މިލިއަން ފަސް ސަތޭކަ ހާސް ޑޮލަރު) ލޯނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދީފައިވާ ގެރެންޓީއެއް ކަމަށެވެ. އަދި މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗްއިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް، 21 ޖުލައި 2020 ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، 22 ޖުލައި 2020 ގައި ޗައިނީޒް އެގްޒިމް ބޭންކް އިން ވަނީ ފިނޭންސް މިނިސްޓްރީ އަށް އެކަން އަންގައި ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފަ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ކުރީގެ ސަރުކާރުން ސިޔާމަށް ސޮވްރިން ގެރަންޓީ ދޫކޮށްފައިވަނީ، ދައުލަތުގެ މާލީއްޔަތުގެ ޤާނޫނުގެ ދަށުން ސޮވްރިން ގެރަންޓީ ދިނުމަށްޓަކައި އުސޫލެއް ހެދުމަށްފަހު، އެ އުސޫލުގެ ދަށުން ކަމަށެވެ.

މިގޮތުން، އަޙްމަދު ސިޔާމް ހޯލްޑިންގްސް ފިޔަވައި އިތުރު އަމިއްލަ ފަރާތަކަށް ސޮވްރިން ގެރަންޓީއެއް ދޫކޮށްފައި ނުވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަޙަތު ހިމެނޭ ބޮޑެތި މަޝްރޫޢުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދަރަނި އަދާކުރުމުގައި، އެ މިނިސްޓްރީން އަބަދުވެސް އިސްކަންދޭނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން މި މައުލޫމާތުތައް ހާމަކޮށްފައި މިވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ސަން ސިޔާމްގެ، އޭއެސްއެޗް ކުންފުންޏަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނަކަށް ދައުލަތުން، ސޮވެރިން ގެރެންޓީ ދީފައިވާއިރު، މި ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުމުން އެ ފައިސާ މި އޮގަސްޓް މަހުގެ ތެރޭގައި ދެއްކުމަށް ދިވެހި ސަރުކާރަށް ޗައިނާގެ އެގްޒިމް ބޭންކުން އަންގާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް