Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމްގެ ނަސޭހަތް މަސީހަށް

ގާސިމްގެ ނަސޭހަތް މަސީހަށް: ގާނޫނާ ހިލާފު، އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާ!

މަޖިލީހުގެ އެހެން މެމްބަރުންނަށް މި ބާވަތުގެ ކަންކަން ނުކުރެއްވުމަށް އަޅުގަނޑު ނިޔާހަތަށް އެދެން

ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 21:24
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕޮލިހަށް ވަޑައިގަންނަވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕޮލިހަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ނުދެއްވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ހައިކޯޓްގެ އަމުރަށް ބުދަ ދުވަހު (މިއަދު) ބަންދުން ދޫކޮށްލެއްވި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ މަޖިލީހަށް ވަޑައިގަތުމުގެ ފުރުސަތު އޭނާއަށް ނުދެއްވީތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ގާނޫނު އަސާސީ އާއި ގާނޫނާ އަދި މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނުގައިވާ ގޮތުން މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ލިބިވަޑައިގަންވަންޖެހޭނެ ކަމަށާއި ނަމަވެސް އެގޮތަށް ފުރުސަތު ނުދެއްވުމާއި ގާނޫނާއި ހިލާފަށް ހައްޔަރުކުރިކަން އެނގިވަޑައިގެން ފިޔަވަޅު ނާޅުއްވާ ހުންނެވުން ފަދަ ކަންކަން ކުރެއްވުމަކީ މަޖިލީހުގެ ރިޔާސަތަށް އިތުބާރު ގެއްލިގެން ދާ ސަބަބެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ވާހަކަ މިހިސާބުން ނިންމާލާނަން. ރައްޔިތުންނަށްޓަކައި މަނިކުފާނު ކުރައްވަންޖެހޭ ކަންކަން އިހްލާސްތެރިކަމާއެކު ކުރެއްވުން ދަންނަވަން." ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓް ބޯމަތިވެފައި އޮތްވައި، އަދި މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

އޭނާ ޖަލުގައި ބަންދުކުރައްވާފައި ހުންނެވިއިރު، ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށާއި އެ މަނިކުފާށް ތާއިދު ކުރައްވާއި އަޑު އުފުއްލެވި ފަރާތްތަކަށް ޤާސިމް ޝުކުރު އަދާކުރެއްވި އެވެ. އަދި އޭނާ ގާނޫނާ ހިލާފަށް ހައްޔަރުކުރިއިރު، މިފަދަ ކަންކަން މަޖިލީހުގެ އެހެން މެމްބަރުންނަށް ތަކުރާރުވިޔަ ނުދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

"މަޖިލީހުގެ އެހެން މެމްބަރުންނަށް މި ބާވަތުގެ ކަންކަން ނުކުރެއްވުމަށް އަޅުގަނޑު ނިޔާހަތަށް އެދެން،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތަށް ވެސް މަޖިލީހުގެ މެމްބަރުންނަށް ފުރުސަތު ލިބިފައިވަނީ ގާނޫނުގެ ދަށުން ކަމަށާއި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ލިބިގެންދާނީ އަދުލްއިންސާފު އޮންނަ މިންވަަރަކަށް ކަމަށް އޭނާ ވިދާޅވި އެވެ. އެހެންވެ، އިހްލާސްތެރިކަމާއެކު ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ޒިންމާ އަދާކުރަންޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ ވާހަކައާއެކު ތަރުހީބުގެ އަޑު ގުގުމައިގެން ދިޔަ އެވެ. އެއަށް ފަހު، ގާސިމަށް ރައްދު ދެއްވުމުގެ ގޮތުން މަސީހު ވިދާޅުވީ މަޖިލީހުގެ ކޮންމެ ބޭފުޅަކަށް ވެސް މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ހުރަހެއް ވެސް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

ފުލުހުން ޤާނޫނާ ހިލާފު ކަންތައްތައް ކުރޭ، ނަމޫނާ ބަޔަކަށް ފުލުހުން ވާންޖެހޭ: ރައީސް ޔާމީން

30 މާރިޗު 2017
އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

އިދިކޮޅު މެމްބަރުން މަޖިލީހުން "ބޭރުކޮށް" މަސީހަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފި

27 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު