Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާސިރު ޔަހުޔާ

ޔާސިރު ޔަހުޔާގެ ޖަނާޒާ މިއަދު ބާއްވަނީ

5 އޯގަސްޓު 2020 | ބުދަ 06:15

ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ މެންދުރު 13:00 ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޯގަސްޓު 2020 | ބުދަ 06:15
ޔާސިރު ޔަހުޔާ

ޔާސިރު ޔަހުޔާ

ބަންދުގައި ހުއްޓާ ނިޔާވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާގެ ޖަނާޒާ ބުދަ ދުވަހު އޮންނާނެއެވެ.

ޔާސިރު ޔަހުޔާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުއެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ މެންދުރު 13:00 ގައެވެ. އުމުރުން 45 އަހަރުގެ ޔާސިރު ނިޔާވެފައިވާނީ އާދިއްތަ ދުވަހުގެ ހަވީރު 16:25 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

Advertisement - newsAdvertisement

ޔާސިރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނީ އޭނާ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި އުޅެނިކޮށް، ހާލު ދެރަވެގެންނެވެ. ޔާސިރަށް މީގެ ކުރިން ވެސް ވަނީ ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދީފައެވެ. ޔާސިރު ނިޔާވިއިރު ނޭވާލަމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ޔާސިރު ވަނީ މީގެ ކުރިން އޭނާގެ މެރިޖް ވިސާ ކެންސަލްކޮށް، ޑީޕޯޓްކުރަން ދިވެހި ސަރުކާރުން ނިންމި ނިންމުން ހުއްޓުވައިދިނުމަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ.

އެގޮތުން ޔާސިރު މިގޮތަށް އެދިފައިވަނީ އޭނާ ބަންދުގައި ބަހައްޓާފައިވާ ގޮޅީގެ މާހައުލުގެ ސަބަބުން އޭނާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންތަކެއް ލިބި، ސިއްހަތަށް ގެއްލުންވަމުން ދާތީއާއި މައްސަލައަށް ގޮތެއް ނިންމަންދެން ބަންދުގައި ބަހައްޓަން ޖެހިއްޖެ ނަމަ ދައުވާ ކުރާ ފަރާތުގެ ފުރާނައަށް ގެއްލުންވެދާނެ ކަމަށް ބަޔާންކޮށެވެ. އެހެންނަމަވެސް ސިވިލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް އިމިގްރެޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާސިރު ޔަހްޔާ ސާލިހު ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި އޭނާގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ.

ޔާސިރާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވަނީ އޭނާ އަކީ އެކި ގައުމުތަކުގައި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން މީގެކުރިންވެސް ރާއްޖެއިން ބޭރުގެ ޖަލުތަކުގައި އުޅެފައިވާ މީހެއްކަމަށާއި ޓެރަރިޒަމާ ގުޅުންހުރިކަމަށް ބެލެވޭ ފަރާތްތަކާ އޭނާއާ ގުޅުން އޮންނަކަން ބައިނަލްއަގުވާމީ ތަހުގީގީ އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ޔާސިރު ޔަހުޔާއަކީ ދުނިޔޭގެ "އޯޕަން މީޑިއާ" ގައި ޓެރަރިސްޓެއްގެ ގޮތުގައި ވާހަކަ ދެކެވޭ ފަރާތެއް ކަމަށާއި، އޭނާއާ ޓެރަރިޒަމާއި ގުޅުން ހުރި ބެކްގްރައުންޑު އޮތްކަން ދުނިޔޭގެ މީޑިއާއިން ވެސް ސާފުކޮށް ފެންނަން އޮތް ކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މިކަންކަމާއި ގުޅިގެން އާއިލާގެ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާސިރު ޔަހްޔާގެ މައްޗަށް ސަރުކާރުން ކުރި ތުހުމަތުތަކުގެ ހަގީގަތެއް ނެތް ކަމަށެވެ. ބަޔާނުގައި ބުނީ، އޭނާ އަކީ މުޖުތަމައަށް ނުރައްކާ މީހެއް ކަމަށް ސަރުކާރުން ބުނާއިރު، 2014 ވަނަ އަހަރު ރާއްޖެ އައި ފަހުން ތިން އަހަރު ވަންދެން ދޫކޮށްލާފައިވާ ކަމަށާއި އެ ތުހުމަތުތަކުގެ އަސާސެއް ނެތް ކަން އެކަމުން އެނގޭ ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން 2017 ވަނަ އަހަރު ޔާސިރު ހައްޔަރު ކުރުމަށް ފަހު، އެއްވެސް ތަހުގީގެއް އަދި ދައުވާއެއް އުފުލާފައި ނުވުމަކީ ވެސް ތުހުމަތުތަކުގައި އަސާސެއް ނެތްކަން އެނގޭ ކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ޝަރީއަތްކުރުމެއްނެތި ޔާސިރު ބަންދުކޮށްގެން ގެންގުޅުމު މައްސަލައިގައި އެ އާއިލާއާއި އެ އާއިލާގެ ވަކީލުންގެ އިތުރުން، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް ވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަމަލުކުރި ގޮތް ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް